Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުވޭލާ

ވެނެޒުވޭލާގެ މުޒާހަރާ ބޮޑުވެ މިލިއަނުން މީހުން ނުކުމެއްޖެ

މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 ޖުލައި 2017 | ހުކުރު 09:35
ވެނެޒުވޭލާ ގެ ގިނަ ސިޓީތަކެއްގައި ފުލުހުންނާއި މުޒާހިރީންނާއި ދެމެދު ދަނީ ކުރިމަތިލުން ހިނގަމުން

ވެނެޒުވޭލާ ގެ ގިނަ ސިޓީތަކެއްގައި ފުލުހުންނާއި މުޒާހިރީންނާއި ދެމެދު ދަނީ ކުރިމަތިލުން ހިނގަމުން

ވެނެޒުވޭލާގެ ގާނޫނު އަސާސީ އަލުން އެކުލާވާުލުމަށްޓަކައި އިންތިޚާބު ކުރާ މަޖީލީހާ ދެކޮޅަށް ވެނެޒުވޭލާގައި މިލިއަނުން މީހުން މުޒާހަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ވެނެޒުވޭލާގެ ސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެގައުުމުގެ ސަރުކާރުން ދާދިފަހުން ވަނީ ބުނެފައެވެ.

ވެނެޒުވޭލާ އިން އާ ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން އެމެރިކާ އިން ވަނީ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަަށްވެސް އިންޒާރުކޮށްފައެވެ. ވެނެޒުވޭލާގެ ފޮރިން މިނިސްޓަރު ސަމުއެލް މޮންކަޑާ ވިދާޅުވީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަލައި ބަޔަކު އިންތިޚާބު ކުރުމަކީ އެގައުމަށް ލިބެގެންވާ ސިޔާސީ މިނިވަންކަމުގެ ތަރަހައިގެ ތެރެއިން ލިބިދޭ ހައްގައެއް ކަމަށެވެ. އަދި އެކަން ދާނީ ހިނގަމުން ކަމަށާ އެއީ އެއްވެސް ފަރާތަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް ނިކޮލަސް މަޑޫރޯ ގާނޫނު އަސާސީ އެކުލަވާލަ މަޖިލިސް އެކުލަވާލުމަށް ހަމަޖެހިފައި ވަނީ ވަނީ ޖުލައި 30 ގައެވެ.

ވެނެޒުވޭލާގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާއިރު ވެނެޒުވޭލާގެ އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހު ފެށި ބޮޑު މުޒާހަރާގައި، މުޒާހިރީންނާއި އަދި ފުލުހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާތަނަށް 300 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ބުރާސްފަތި ދުވަހު ފެށި މުޒާހަރާގައި ވެރިރަށް ކަރާކަސް އާއި އަދި އެހިނިހެން ސިޓީތަކުގައި މުޒާހިރީން ދަނީ މަގުތައް ބޮލޮކްކޮށް މުޒާހަރާ ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގައުމުގެ 85 އިން ސައްތަ ރައްޔިތުން މުޒާހަރާގައި ބައިވެރިވި ކަމަށެވެ.

ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުުރުން ހުއްޓާލުމަށް ކޮލަމްބިއާ، ފްރާންސް، ސްޕެއިން، އެމެރިކާ އަދި އީޔޫ އިން ވަނީ ވެނެޒުވޭލާގެ ސަރުކާރަށް ގޮވާލާފައެވެ.

މުޒާހަރާ އާއި ބެހޭގޮތުން ރައީސް މަޑޫރޯ ވިދާޅުވެފައި ވަނީ މުޒާހަރާގައި ގައުމުގެ މައި ސިނާއަތްތަކުގެ މީހުން ބައިވެރި ނުވާކަމަށެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
30 އެޕްރީލު 2017

ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި

30 އެޕްރީލު 2017
ރައީސް ކަމަށް ޕޫޓިން ވާދަނުކުރެއްވުމަށް ގޮވާލާ މުޒާހަރާކުރި ބަޔަކު ހައްޔަރުކޮށްފި
26 އެޕްރީލު 2017

ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

26 އެޕްރީލު 2017
ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު