Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފް

ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ޖަވާބު މާދަމާ

ޝަރީއަތުގައި އެހާ ގިނަ ވަގުތު އިންނެވުން ނުހަނު ދަތިފުޅުކަމަށް ރައީސް ޔާމީން ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 11:09
ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދޭ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ދައުލަތުން ޖަވާބުދިނުމަށް ބާއްވާ އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި މިހުފްތާގެ ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި އިސްތިއުނާފީ ނުކުތާތައް ހުށައެޅުމަށް ބޭއްވި 5 ވަނަ އަޑުއެހުމެކެވެ. މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ އޭގެ ތެރެއިން 7 ނުކުތާގެ ތަފްސީލެވެ. އަދި ހޯމަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ 4 ނުކުތާއެވެ. އެއަށްފަހު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައިވެސް އިސްތިއުނާފީ ހުރިހާ ނުކުތާއެއް ހުށައެޅިފައެއް ނުވެއެވެ. ވުމާއެކު މި ހަފުތާގެ ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ބާކީ ހުރި ނުކުތާތައް ތަފްސީލުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނުގެ ފަރާތުން ބަލި ހާލަތާއި ގުޅިގެން ހުށައަޅުއްވާފައިވާހުށައެޅުއްވުމަކާއިގުޅިގެން ހޯމަ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ 09:00ން ފެށިގެން 12:00 އަށެވެ. ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ހުށައެޅުއްވުމާއެކު، ދެން އޮންނާނީ ދައުލަތުން އެ ނުކުތާތަކަށް ޖަވާބު ދިނުމެވެ. ޝަރީއަތުން ވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ 09:00 ގައި ދައުލަތުން ޖަވާބު ދިނުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ދައުލަތުން ޖަވާބު ހުށައެޅުމަށްފަހު، ރައީސް ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ ކަފާލާތާއި ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމުގެ އަމުރާއި ގުޅޭގޮތުން ވާހަކަ ދެއްކުން އޮންނާނެ ކަމުގައެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީންކްރިމިނަލް ކޯޓްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު