Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯގެ އިންޖީނުގެތައް

ސްޓެލްކޯގެ ދުންހޮޅިތައް އުސްކުރުމަށް ކޮމިޓީން ފާސްކޮށްފި

ބެކަޕް ޕަވަރ ހައުސްތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނާއި ވަގުތީ ތާވަލެއް ސްޓެލްކޯ އިން އެކުލަވާލަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 ސެޕްޓެމްބަރު 2021 | ބުދަ 10:44
ރަސްދޫގައި އިމާރަތްކުރާ އައު އިންޖީނުގެ

ރަސްދޫގައި އިމާރަތްކުރާ އައު އިންޖީނުގެ

ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެ އިންޖީނުތައް ސައުންޑް ޕްރޫފްކޮށް، ދުންހޮޅިތައް އުސްކުރަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފިއެވެ.

ސްޓެލްކޯ ހުންނަ ސަރަައްދުގައި ދިރިއުޅޭ މީހުންނަށް އެ ކުންފުނީގެ އިންޖީނުތަކުގެ ސަބަބުން ވާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރު ދިރާސާކޮށް، އެ ކަން ހައްލުކުރުމަށް ސަބް ކޮމިޓީއަކުން ފާއިތުވި ހަފުތާގައި ރިކޮމެންޑޭޝަންތަކަކާއެކު ރިޕޯޓް ވަނީ ހުށަހަޅާފައެވެ.

މީހުން ދިރިއުޅޭ ސަރަހައްދާ މާ ކައިރީގައި ސްޓެލްްކޯގެ ޖަނަރޭޓަރުތައް ބެހެއްޓުމުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް ހުށަހެޅި ގަރާރު ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓު ދިރާސާކުރުމަށް ބުދަ ދުވަހު ބޭއްވި ތިމާވެއްޓާ ބެހޭ ކޮމެޓީ އާއި އެސްއޯއީގެ ޖޮއިންޓް ކޮމިޓީން އިސްލާހުތަކެއް ހުށަހަޅާފައި ނުވެއެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓުގައި ހިމެނެނީ، އިންޖީނުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކުޑަކުރާ ސިސްޓަމެއް ހަރުކޮށް، ދުންހޮޅިތައް އުސްކުރަން އެންގުމެވެ. އެ މަސައްކަތް 2022 ގެ ނިޔަލަށް އެންމެ ލަސްވެގެން ކުރުމަށެވެ. އެ ރިޕޯޓް މަޖިލީހުން ފާސްކުރާތާ 45 ދުވަހުގެ ތެރޭގައި ބެކަޕް ޕަވަރ ހައުސްތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނާއި ވަގުތީ ތާވަލެއް ސްޓެލްކޯ އިން އެކުލަވާލައި އެސްއޯއީ ކޮމިޓީ އަށް ފޮނުވަން ޖެހެއެވެ.

ސްޓެލްކޯގެ އިންޖީނުގެ އެހެން ތަނަކަށް ބަދަލު ނުކުރެވޭނަމަ އެ ސަަރަހައްދުގައި އުޅޭ އާންމުންނަށް އެހެން ގޮތެއް ހޯދައި ދިނުމަށްވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ. މުސްތަގުބަލުގައި މާލެއަށް ކަރަންޓުދޭން ރާވާފައިވަނީ ތިލަފުއްޓާއި ހުޅުމާލެއިން ކަމަށްވާތީ، އެކަން ކުރުމަށް ކަނޑައަޅާފައިވާ ސުންގަނޑިތަކަށް އެ މަސައްކަތް ނިންމުން އަވަސްކުރަން ކަމާބެހޭ އިދާރާތަކަށް އަންގަން ޖެހެއެވެ.

އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ޕޮލިސީ ލެވެލެއްގައި ގޮތްތަކެއް ނިންމުމަށް އެންގުމާއި، ސްޓެލްކޯގެ ގޯތިތެރޭގައި ހުރި ތެޔޮ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ދިމާނުވާނެ ކަން ކަށަވަރުކުރުމާއި ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލަން އެންގުންވެސް ހިމެނެއެވެ. އަދި ކޮމިޓީގެ ރިޕޯޓު ސްޓެލްކޯ އިން ތަންފީޒު ކުރަމުންދޭތޯ އެސްއޯއީ ކޮމިޓީން ގަވާއިދުން މޮނިޓާކުރުމަށްވެސް ވަނީ ހިމަނާފައެވެ.

މި މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ޖޫން މަހު މީކާއިލް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުން އަވަސް ކުރުމަށާއި އެ މަސައްކަތް ނިމެންދެން ވަގުތީ ހައްލެއް ހޯދައިދެއްވުމަށެވެ.

ސްޓެލްކޯރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު