Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖާބިރާ ދެކޮޅަށް މުޒާހަރާކުރުން

މަތިވެރި ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ: ޖާބިރު

ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެ ރަށަށް ވަޑައިގަންނަވާނެ ކަަމަށް ޖާބިރު ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 09:00
ޕޮލިސް ސްޓޭޝަން ސަރަހައްދަށް ރައްޔިތުން އެއްވެ، އަޑު އުފުލަނީ

ޕޮލިސް ސްޓޭޝަން ސަރަހައްދަށް ރައްޔިތުން އެއްވެ، އަޑު އުފުލަނީ

އއ. މަތިވެރި ކައުންސިލަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަތިވެރި ކައުންސިލަށް ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ، އަންގާރަ ދުވަހު އެ ރަށަށް އަރަން މަސައްކަތް ކުރުމުން އެ ރަށު ރައްޔިތުން ވަނީ ނިކުމެ މުޒާހަރާކޮށްފައެވެ. އަދި ޖާބިރަށް އަނިޔާވެސް ކޮށްފައިވެއެވެ. މި ހަމަނުޖެހުން ހިންގަން ފެށުމުން އެރަށު ފުލުހުން ވަނީ ޖާބިރު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި ފަހުން އެސްއޯ ފުލުހުންނާއެކު ޖާބިރު ޕޮލިސް ސްޓޭޝަނުން ނިކުންނެވި ވަގުތުގައި ވެސް ހަމަލާދީފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހަދާފައި އޮންނަ އެގްރީމަންޓަށް އިހްތިރާމް ކުރެވެން ޖެހޭނެ ކަމަށާއި އަނެއްކާވެސް ބުދަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ މަތިވެރީގެ ރައްޔިތުން ޖާބިރާ ދެކޮޅަށް މުޒާހަރާއަށް ނުކުތީ ކައުންސިލަށް ދައްކަން ޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާތީ ކަމަށާއި، އެފައިސާ ދައްކަން ރައްޔިތުން ޑިމާންޑް ކުރި ކަމަށެވެ.

ގެސްޓްހައުސް ތަރައްގީ ކުރުމަށް، ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަތިވެރީ ބިމުން ކުއްޔަށް ދޫކޮށްފައިވާ ގެސްޓްހައުސް ބިން 1 އަދި ގެސްޓްހައުސް ބިން 2ގެ ކުލި ގަވާއިދުން ނުދައްކާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގަވާއިދުން ބިމުގެ ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކި ފަހަރު މަތިން ޖާބިރުއާ މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަތިވެރީގައި ގެސްޓްހައުސް ތަރައްްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވާ ބިމާބެހޭ އެއްބަސްވުން ބަލައިގަތުމަށް މަތިވެރީ ކައުންސިލުން ވަނީ ދެކޮޅު ހަދާފައެވެ.

މިމައްސަލައާ ގުޅިގެން ކައުންސިލުން އާއްމުކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އެރަށު ބިމުގެ ހުޅަނގު ދެކުނުފަރާތުގައިވާ ޓޫރިޒަމް ޒޯން-1 ގައި ހިމެނޭ މި 2 ބިމަކީ މަތިވެރީ ކައުންސިލްގެ ފުރިހަމަ އިޚްތިސާސްގައި ހިމެނޭ 2 ބިން ކަމަށެވެ. އަދި މި 2 ބިން، ޓޫރިޒަމް މިނިސްޓްރީއިން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ, މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނދައެޅުމާބެހޭ އުސޫލާ ޚިލާފަށް، މަތިވެރީ ކައުންސިލްގެ ބަހެއް ނެތި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާ ރިޗް ކްލަބް މޯލްޑިވްސްއާ ދެމެދު 29 ސެޕްޓެމްބަރ 2019ގައި ވެފައިވާ މަތިވެރީގެ ބިމާބެހޭ އެއްބަސްވުން އެކުލަވާލައިފައިވަނީ، 2017 ވަނަ އަހަރު މިނިސްޓްރީން އާންމުކޮށްފައިވާ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓު ގެސްޓުހައުސް ތަރައްގީ ކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާބެހޭ އުސޫލުގެ ދަށުންނެވެ. ނަމަވެސް މި އުސޫލުގެ 6 ވަނަ މާއްދާގައިވާ ގޮތުން، މިފަދަ ބިމެއް ޓޫރިޒަމް މިނިސްޓްރީން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރެވޭނީ، އެ ބިން ހިމެނޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބަށް މަތިވެރީގެ ބިމުން ޖުމްލަ 46280.25 އަކަފޫޓުގެ މި ބިން، 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ މަތިވެރީ ކައުންސިލާއި އެއްވެސް ކަހަލަ މަޝްވަރާއެއް ނުކޮށް ކަމަށް ކައުންސިލްގެ ގަރާރުގައި ވެއެވެ.

މަތިވެރިއަބްދުﷲ ޖާބިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު

މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު

09 ޑިސެމްބަރު 2024
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު