Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރިޔަމް ނަޒާހާ

ފިރިމީހާ މަރާލި މައްސަލަ: "ލަހުން ނަމަވެސް، ނަޒާހާގެ އަޑު ޝަރީއަތަށް އިއްވަން ބޭނުންވޭ"

ބުދަ ދުވަހު ބޭއްވި އަޑުއެހުމަކީ އެކަމާ ގުޅޭ އިޖުރާއީ އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 07:07
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ދައުވާލިބޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި ދައުވާލިބޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިނުގަތުމުން އޭނާގެ ފަރާތުން ހުށައެޅި އިޖުރާއީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު 2010 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެހާކަންހާއިރު މަރުވީ، ނަޒާހާ އޭނާގެ ބުރަކަށްޓަށް ވަޅިހެރުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން ސާބިތުވެ ދަށު ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެ ނިންމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. އެއާއެކު އޭނާގެ ފަރާތުން ރަޖިސްޓަރާގެ އެ ނިންމުން އިސްތިއުނާފު ކޮށްފައިވާތީ ބުދަ ދުވަހު ބޭއްވި އަޑުއެހުމަކީ އެކަމާ ގުޅޭ އިޖުރާއީ އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ޑރ އަޒްމިރަލްދާ ޒާހިރު އަދި މުޙައްމަދު އިބްރާހިމްއެވެ.

ކުރީގެ ޑެޕިއުޓީ ޕީޖީ ނަޒާހާގެ ވަކީލަކަށް

އަޑުއެހުން ފައްޓަވަމުން ދައުލަތުގެ ވަކީލުން ވަނީ ނަޒާހާގެ ވަކީލަކީ 2016ން 2019ށް ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަ ކުރައްވައި، މި މައްސަލަ އޭރު ކުރިއަށްދިޔައިރުވެސް އޭނާ ޕީޖީ އޮފީހުގައި އުޅުއްވިކަމަށް ވިދާޅުވެފައެވެ. ވުމާއެކު ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން އޭނާއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން މި މައްސަލައިގައި ނަޒާހާގެ ވަކީލެއްގެ ގޮތުގައި އިންނެވީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތުއެވެ. އޭރު ނިހާޔަތު ޙަވާލުވެވަޑައިގެން ހުންނެވީ ޕީޖީ އޮފީހުގެ އެޕީލް ޔުނިޓާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވަކީލު އިތުރަށް ވިދާޅުވީ، އެޕީލް ޔުނިޓާ ޙަވާލުވެ ހުންނެވި ފަރާތެއްގެ ހައިސިއްޔަތުން ނިހާޔަތަކީ ހައިކޯޓުގެ ނިންމުން އޭރު ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމާއި ނުކުރުމާމެދު ގޮތެއް ނިންމުމުގެ އިޚުތިޔާރުވެސް އޮތް ފަރާތެއް ކަމަށެވެ. އެކަން ފާހަގަކުރައްވައި ސުޕްރީމް ކޯޓަށް ސިޓީއެއްވެސް ފޮނުވާފައިވާއިރު، ޝަރީއަތުން ވަނީ އެ ސިޓީގެ ޖަވާބުވެސް ފޮނުވާފައިވާނެކަން ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ، ނިހާޔަތު ޕިޖީ އޮފީހުގެ މަޤާމަށް ވަޑައިގެންފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމިފަހުން ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 31 މެއި 2015 ގައެވެ. އަލީ ރަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓަށްވެސް މި މައްސަލަ ހުށައަޅާފައިވަނީ ނިހާޔަތު ޕީޖީ އޮފީހުން ވަކިވެވަޑައިގެން ފަހުން ކަމަށެވެ. ވުމާއެކު މި މައްސަލައިގައި ނަޒާހާގެ ވަކީލެއްގެ ގޮތުން ނިހާޔަތު އިންނެވުމަކީ މައްސަލައެއް ނޫންކަމަށް ފަނޑިޔާރުންގެ ބެންޗަށް ޤަބޫލު ކުރެވޭކަމަށްވެސް އަލީ ރަޝީދު ވިދާޅުވިއެވެ.

ނަޒާހާގެ ފަރާތުން ފާހަގަކުރި ކަންކަން:

ނަޒާހާގެ ވަކީލު ނިހާޔަތު ވިދާޅުވީ، ނަޒާހާއަކީ ގިނަ އަހަރުތަކެއް ވަންދެން އޭނާގެ ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއް ކަމަށެވެ. އެކަން ސިއްޙީ ރެކޯޑުތަކުންވެސް ދައްކާކަން ނިހާޔަތު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އޭނާއަށް ކުރިމަތިވި އަނިޔާތަކާއި ނަފްސާނީ ގެއްލުން ވަޒަން ކުރުމަށް އެއްވެސް ވަރަކަށް އެސެސްމަންޓެއް ހެދިފައިނުވާކަން ފާހަގަ ކުރައްވައި ނިހާޔަތު ވިދާޅުވީ، އޭނާ މިހާތަނަށްވެސް ނަފްސާނީ އަނިޔާތައް ތަޙައްމަލު ކުރަމުންދާ ކަމަށެވެ. އަދި އޭރު ނަޒާހާގެ ދަރިއަކުވެސް ހުރި ކަމަށާއި، ދަރިފުޅުގެ ޙައްޤުގައިވެސް ވިސްނަންޖެހޭ ކަންކަން ހުރި ކަމަށް ނިހާޔަތު ވިދާޅުވިއެވެ.

ނިހާޔަތު ވިދާޅުވީ، ހައިކޯޓުގެ މަރުޙަލާގައިވެސް ނަޒާހާގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އޭނާއަށް ކޯޓުގެ ނިންމުމާއެކު ބޮޑު މާޔޫސްކަމެއް ލިބިގެންދިޔަ ކަމަށެވެ. އޭރުވެސް މި މައްސަލައާއި ގުޅުވައި ނަޒާހާގެ ދަރިފުޅާއި އޭނާގެ އާއިލާއަށް އެކިކަހަލަ ފުރައްސާރަ ކުރިމަތިވިކަން ފާހަގަ ކުރައްވައި ވަކީލާ ވިދާޅުވީ އެމީހުންނަށް އިތުރު ތަކުލީފެއް ނުދިނުމަށް އޭރު އޭނާ މިކަމުގައި ކުރިއަށް ނުދިޔައީ ކަމަށެވެ. ނަމަވެސް މިހާރު ދަރިފުޅު ބޮޑުވެ، ކަންކަން ވިސްނޭވަރު ވެއްޖެ ކަމަށާއި، ލަހުން ނަމަވެސް، އޭނާގެ އަޑު ޝަރީއަތަށް އިއްވަންޖެހޭކަން ނަޒާހާއަށް ޤަބޫލު ކުރެވޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ނަޒާހާ ފާހަގަކުރި ކަންކަން:

އަޑުއެހުމުގައި ވާހަކަ ދައްކަމުން ނަޒާހާ ބުނީ، މަރުގެ މައްސަލައެއް ނަމަވެސް މިއީ އާއިލީ ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން މައްސަލައިގެ ސަބަބުން ދަރިފުޅަށް ސުކޫލުންނާއި އެހެން ދަރިވަރުންގެ ފަރާތުން ކުރިމަތިވި ކަންކަމާއި، އާއިލާ މީހުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވި ކަންކަން ނަޒާހާ ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިފުޅަށް އެއްވެސް ކަހަލަ ނަފްސާނީ މައްސަލައެއް ކުރިމަތިވާން ނޭދޭތީއާއި، ދަރިފުޅު ބޮޑުވުމުން ވިސްނައިދިނުމަށްފަހު އެކަމުގައި ކުރިއަށްދާން މަޑުކުރީކަން ނަޒާހާ ފާހަގަ ކުރިއެވެ.

ދައުލަތުން ފާހަގަކުރި ކަންކަން:

ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލަ ހައިކޯޓުން ނިންމިއިރު އިސްތިއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އެ މުއްދަތަށް އިސްތިސްނާއެއް އަންނަނީ އަމިއްލަ ބާރު ނުފޯރާ ކަމެއް މެދުވެރިވެގެން އެ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް އެކަނި ކަމަށެވެ. ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅީ މައްސަލަ ނިންމިތާ 6 އަހަރާއި، 1 މަހާއި 5 ދުވަސް ފަހުން 5 ޖުލައި 2021 ގައެވެ. އަދި އޭނާ ހުށައަޅާފައިވާ ސަބަބުތަކަކީ އެކަށީގެންވާ އަދި އަމިއްލަ ބާރު ނުފޯރުވޭފަދަ މަޤްބޫލު ސަބަބެއްކަމަށް ދައުލަތަށް ނުފެންނަކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ނަޒާހާގެ މައްޗަށް ކޮށްފައިވާ ޙުކުމާއި ގުޅިގެން އޭނާ ވަނީ ކްލެމެންސީ ބޯޑަށް އަދަބު ލުއިކޮށްދިނުން އެދި ސިޓީއެއްވެސް ހުށައަޅާފައެވެ. ނަޒާހާ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ ޝާހިދުގެ ވާރުތަވެރިންގެ ތެރެއިން އެކަކު މަރަށްމަރު ހިފަން ބޭނުން ނުވާ ކަމަށް ބުނުމުންނެވެ. އެގޮތުން މިހާރު އޭނާ ޖަލުގައި 11 އަހަރާއި 3 މަސް ހޭދަކޮށްފައިވާއިރު، ޙުކުމުގެ ބާކީ އޮތް މުއްދަތުން 5 އަހަރު އުނިކުރުމަށް ކްލެމެންސީ ބޯޑުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ފަނޑިޔާރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު، ނިންމަވާ ގޮތެއް ލިއުމުން އަންގަވާނެކަމަށް ޝަރީއަތުން ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުމަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަނީ

17 ޖުލައި 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު