Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިހިވެލި ބީޗް ރިސޯޓުގެ މައްސަލަ

ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ އާދީއްތަ ދުވަހު

އަޑުއެހުންތައް ފެށުމަށް ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 11:36
ރިހިވެލި ރިސޯޓު

ރިހިވެލި ރިސޯޓު

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ނިންމައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް އަންނަ މި މަހުގެ 26 ވަނަ ދުވަހު ފެށުމަށް, ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ހަމަޖައްސާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރުއެވެ. ކ. މަހާނައެޅި ހުރާގައި ތަރައްގީކޮށްފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީޑް އެއްބަސްވުން ބާތިލްކުރި މައްސަލަ "ސޭވް ދަ ޑްރީމް މޯލްޑިވްސް"ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ޝެއަރ ހޯލްޑަރުންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި, ރިސޯޓުގެ މައްސަލަ ހޫނުވެ, އެންމެ ފަހުން ރިސޯޓު ހިންގުމުގެ ލައިސަންސް ވަނީ ބާތިލުކޮށްފައެވެ. ސިވިލް ކޯޓުގެ އަމުރަށް ރިއާޔަތް ކުރުމަށްފަހު، ރިހިވެލި ބީޗް ރިސޯޓުގެ ހިންގުމުގެ ލައިސަންސް ބާތިލުކޮށްފައި ވަނީ 2 ސެޕްޓެމްބަރު ވީ ބުރާސްފަތި ދުވަހުއެވެ.

އެރިސޯޓުގެ ކުރީގެ މެނޭޖްމަންޓާ މިހާރުގެ މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މާހަލް ޓުއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް، 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.

އެއްބަސްވުން ބާތިލްކުރި ސަބަބާ ގުޅޭގޮތުން މާހަލް ޓުއަރސްއިން ބުނީ ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރުމުގެ ގޮތުން "ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާއެކު 8 މެއި 2018ގައި އެކުންފުނިން ވި އެއްބަސްވުން ބާތިލުކުރީ ދައްކަން ޖެހޭ ހެޑްލީޒް ރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުން ކަމަށެވެ. މާހަލް ޓުއަރސްއިން ބުނީ ހެޑްލީޒް ރެންޓުގެ ގޮތުގައި 323،188.79 ޔޫއެސް ޑޮލަރު (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ އަށްޑިހަ އަށް ޔޫއެސް ޑޮލަރު, ހަތްދިހަނުވަ ސެންޓް)، އަދި ސަބްލީޒް ރެންޓުގެ ގޮތުގައި އެއްމިލިޔަން ޔޫއެސް ޑޮލަރު ނުދައްކާ ކަމަށެވެ.

ރަށުގެ ހެޑްލީޒް ރެންޓު ނުދެއްކުމުން މީރާއިން ތަކުރާރުކޮށް ނޯޓިސްދެމުން ގޮސް މިހާރު ރެޑް ނޯޓިސް ފޮނުވާފައިވާ ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ. މާހަލް ޓުއަރސްއިން ބުނީ ކުލި ނުދެއްކުމުގެ އިތުރުން ސަބްލީޒް އެގްރީމެންޓް ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި އެރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީ ފަދަ ތަންތަން ވެއްޓޭ ހިސާބަށް ދިއުމާއި، ނަރުދަމާއާއި އަލިފާންނިވާ ނިޒާމާއި އިންޝުއަރެންސާއި ނުލައި ރަށް ހިންގުމާއި, އަދި އެތަކެއް މަސްދުވަސް ވަންދެން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ގިނަގުނަ ކަންތައްތައް ކުރުން ހިމެނޭ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަށް ސަރުކާރުން ގަބޫލުކުރާ މިންގަނޑަށް ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދައްކައި އެރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލުން ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ.

ރިހިވެލި ރިސޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް

ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް

13 ޖެނުއަރީ 2022
ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު

ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު

02 ޑިސެމްބަރު 2021
ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި

ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި

18 ސެޕްޓެމްބަރު 2021
ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައިނުވާނެ ކަމަށް 7 ހިއްސާދާރުން ބުނެފި

ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައިނުވާނެ ކަމަށް 7 ހިއްސާދާރުން ބުނެފި

02 ސެޕްޓެމްބަރު 2021
ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާހަލް ޓްއަރސް

ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާހަލް ޓްއަރސް

01 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު