Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިހިވެލި ބީޗް ރިސޯޓުގެ މައްސަލަ

ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައިނުވާނެ ކަމަށް 7 ހިއްސާދާރުން ބުނެފި

2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:18

ތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ހިންގުމަކީ، ޝެއަރ ހޯލްޑަރުންގެ ހައިސިއްޔަތުން، އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:18
ރިހިވެލި ބީޗް ރިސޯޓު

ރިހިވެލި ބީޗް ރިސޯޓު

މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒްކޮށްފައިވާ ރިހިވެލި ބީޗަށް އަރައި, މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް އެ ކުންފުނީގެ 7 ހިއްސާދާރުން ބުނެފިއެވެ.

އެ ކުންފުނީގެ ހިއްސާދާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުން އެ ރިސޯޓުން ބޭލުމަށް, ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ކަމަށް ބުނެ ބަޔަކު އެ ރިސޯޓަށް އަރައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން ހިންގާފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ ބައިވެރިވުން އޮވެގެން ނޫން ކަމަށާއި, ތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ހިންގުމަކީ (ޝެއަރ ހޯލްޑަރުންގެ ހައިސިއްޔަތުން) އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ ހިއްސާތަަކަށް ބަދަލު ގެނެސްފައިވާ ގޮތާއި, ޑިރެކްޓަރުންގެ ބޯޑާމެދު ޤާނޫނީ މައްސަލަތަކެއް އުފެދިފައިވާތީ އެ މައްސަލަތައް ޝަރުޢީ ކޯޓުތަކުގައި ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. ރިހިވެލި ބީޗް ރިސޯޓުގެ ޢުމްރާނީ ހާލަތު ބަދަލުކޮށް، އެރަށް ފަތުރުވެރިންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

އެރިސޯޓުގެ ކުރީގެ މެނޭޖްމަންޓާއި މިހާރުގެ މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މާހަލް ޓުއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020 ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް, 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.

ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރުމުގެ ގޮތުން "ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"އާއެކު 8 މެއި 2018ގައި އެކުންފުނިން މި އެއްބަސްވުން ބާތިލުކުރި މައިގަނޑު އެއް ސަބަބަކީ އެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީޒްރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުން ކަމަށް މާހަލް ޓްއަރސްއިން ބުނެއެވެ.

މާހަލް ޓުއަރސްއިން ބުނީ ހެޑްލީޒް ރެންޓުގެ ގޮތުގައި 323,188.79 ޔޫއެސް ޑޮލަރު (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ އަށްޑިހަ އަށް ޔޫއެސް ޑޮލަރު ހަތްދިހަނުވަ ސެންޓް), އަދި ސަބްލީޒް ރެންޓުގެ ގޮތުގައި 1,000,000.00 ޔޫއެސް ޑޮލަރު (އެއްމިލިޔަން ޔޫއެސް ޑޮލަރު) ނުދައްކާ ކަމަށެވެ. ރަށުގެ ހެޑްލީޒް ރެންޓު ނުދެއްކުމުން މީރާއިން ތަކުރާރުކޮށް ނޯޓިސްދެމުން ގޮސް މިހާރު ރެޑް ނޯޓިސް ފޮނުވާފައިވާ ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ.

މާހަލް ޓުއަރސްއިން ބުނީ ރެންޓު ނުދެއްކުމުގެ އިތުރުން ސަބްލީޒް އެގްރީމެންޓް ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި އެރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީ ފަދަ ތަންތަން ވެއްޓޭ ހިސާބަށް ދިއުމާއި، ނަރުދަމާއާއި އަލިފާންނިވާ ނިޒާމާއި އިންޝުއަރެންސާ ނުލައި ރަށްހިންގުމާއި އަދި އެތަކެއް މަސްދުވަސް ވަންދެން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ގިނަގުނަ ކަންތައްތައް ކުރުން ހިމެނޭ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަށް ސަރުކާރުން ގަބޫލުކުރާ މިންގަނޑަށް ރިހިވެލި ބީޗް ރިސޯޓުގެ ޢުމްރާނީ ހާލަތު ބަދަލުކޮށް، ދައުލަތަށް ދައްކަންޖެހޭ ޓެސްކްއާއި ފީތައް ދައްކާ އެރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލުން ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ.

ރިހިވެލި ރިސޯޓް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2022

ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް

13 ޖެނުއަރީ 2022
ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް
02 ޑިސެމްބަރު 2021

ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު

02 ޑިސެމްބަރު 2021
ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު
21 ސެޕްޓެމްބަރު 2021

ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ އާދީއްތަ ދުވަހު

21 ސެޕްޓެމްބަރު 2021
ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ އާދީއްތަ ދުވަހު
18 ސެޕްޓެމްބަރު 2021

ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި

18 ސެޕްޓެމްބަރު 2021
ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި
01 ސެޕްޓެމްބަރު 2021

ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާހަލް ޓްއަރސް

01 ސެޕްޓެމްބަރު 2021
ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާހަލް ޓްއަރސް
31 އޯގަސްޓު 2021

ސަބްލީސް އެއްބަސްވުން ބާތިލުވެފައިވާތީ މާހަލް ޓުއަރސްގެ ހުއްދަނެތި ރިހިވެލި ރިސޯޓުގައި ނުތިބެވޭނެ: ސިވިލް ކޯޓު

31 އޯގަސްޓު 2021
ސަބްލީސް އެއްބަސްވުން ބާތިލުވެފައިވާތީ މާހަލް ޓުއަރސްގެ ހުއްދަނެތި ރިހިވެލި ރިސޯޓުގައި ނުތިބެވޭނެ: ސިވިލް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް