Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިހިވެލި ބީޗް ރިސޯޓުގެ މައްސަލަ

ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާހަލް ޓްއަރސް

1 ސެޕްޓެމްބަރު 2021 | ބުދަ 01:56

އެއްބަސްވުން ބާތިލްކުރީ ހެޑްލީޒްރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުމުން

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2021 | ބުދަ 01:56
ރިހިވެލި ބީޗް ރިސޯޓު،

ރިހިވެލި ބީޗް ރިސޯޓު،

ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، އެރަށް ފަތުރުވެރިންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާހަލް ޓްއަރސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެރިސޯޓުގެ ކުރީގެ މެނޭޖްމެންޓާއި، މިހާރުގެ މެނޭޖްމެންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މާހަލް ޓްއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020 ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.

ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރުމުގެ ގޮތުން "ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެކު 8 މެއި 2018ގައި އެކުންފުނިން މި އެއްބަސްވުން ބާތިލުކުރި މައިގަނޑު އެއްސަބަބަކީ އެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީޒްރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުން ކަމަށް މާހަލް ޓްއަރސްއިން ބުނެއެވެ.

މާހަލް ޓްއަރސްއިން ބުނީ ހެޑްލީޒް ރެންޓުގެ ގޮތުގައި 323,188.79 ޔޫއެސް ޑޮލަރު (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ އަށްޑިހަ އަށް ޔޫއެސް ޑޮލަރު ހަތްދިހަނުވާ ސެންޓް)އަދި ސަބްލީޒް ރެންޓުގެ ގޮތުގައި 1,000,000.00 ޔޫއެސް ޑޮލަރު (އެއްމިލިޔަން ޔޫއެސް ޑޮލަރު) ނުދައްކާ ކަމަށެވެ. ރަށުގެ ހެޑްލީޒް ރެންޓު ނުދެއްކުމުން މީރާއިން ތަކުރާރުކޮށް ނޯޓިސްދެމުން ގޮސް މިހާރު ރެޑް ނޯޓިސް ފޮނުވާފައިވާ ކަމަށް މާހަލް ޓްއަރސްއިން ބުނެއެވެ.

މާހަލް ޓްއަރސްއިން ބުނީ ރެންޓު ނުދެއްކުމުގެ އިތުރުން ސަބްލީޒް އެގްރީމެންޓް ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި އެރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީ ފަދަ ތަންތަން ވެއްޓޭ ހިސާބަށް ދިއުމާއި، ނަރުދަމާއާއި އަލިފާންނިވާ ނިޒާމާއި އިންޝުއަރެންސާ ނުލައި ރަށްހިންގުމާއި އަދި އެތަކެއް މަސްދުވަސް ވަންދެން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ގިނަގުނަ ކަންތައްތައް ކުރުން ހިމެނޭ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަށް ސަރުކާރުން ގަބޫލުކުރާ މިންގަނޑަށް ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ދައުލަތަށް ދައްކަންޖެހޭ ޓެސްކްއާއި ފީތައް ދައްކާ އެރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލުން ކަމަށް މާހަލް ޓްއަރސްއިން ބުނެއެވެ.

ރިހިވެލި ރިސޯޓް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2022

ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް

13 ޖެނުއަރީ 2022
ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް
02 ޑިސެމްބަރު 2021

ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު

02 ޑިސެމްބަރު 2021
ރިހިވެލި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާއެއް ނުކުރެވޭނެ – ހައިކޯޓު
21 ސެޕްޓެމްބަރު 2021

ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ އާދީއްތަ ދުވަހު

21 ސެޕްޓެމްބަރު 2021
ރިހިވެލި އެއްބަސްވުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަންނަ އާދީއްތަ ދުވަހު
18 ސެޕްޓެމްބަރު 2021

ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި

18 ސެޕްޓެމްބަރު 2021
ރިހިވެލި ރިސޯޓުން ފައިބަން ދެކޮޅުހެދި ކެތީ، އެ ރިސޯޓުން ފުރައިފި
02 ސެޕްޓެމްބަރު 2021

ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައިނުވާނެ ކަމަށް 7 ހިއްސާދާރުން ބުނެފި

02 ސެޕްޓެމްބަރު 2021
ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައިނުވާނެ ކަމަށް 7 ހިއްސާދާރުން ބުނެފި
31 އޯގަސްޓު 2021

ސަބްލީސް އެއްބަސްވުން ބާތިލުވެފައިވާތީ މާހަލް ޓުއަރސްގެ ހުއްދަނެތި ރިހިވެލި ރިސޯޓުގައި ނުތިބެވޭނެ: ސިވިލް ކޯޓު

31 އޯގަސްޓު 2021
ސަބްލީސް އެއްބަސްވުން ބާތިލުވެފައިވާތީ މާހަލް ޓުއަރސްގެ ހުއްދަނެތި ރިހިވެލި ރިސޯޓުގައި ނުތިބެވޭނެ: ސިވިލް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް