Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް19، ދުވާފަރުގެ ހާލަތު

ދުވާފަރުގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ލުއި ދީފި

ކާފިއު ވަގުތަކީ ރޭގަނޑު 9:00ން ފަތިހު 4:00ށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 14:20
ރ.ދުވާފަރު

ރ.ދުވާފަރު

ރ.ދުވާފަރުގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ލުއި ދީފިއެވެ.

ދުވާފަރު ކައުންސިލުން ބުނީ ވޭތުވެދިޔަ 2 ހަފްތާގެ ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހު، ދުވާފަރުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ކާފިއުވަގުތަށް ލުއި ދިނުމަށް ދުވާފަރު ޓާސްކްފޯހުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ސެޕްޓެމްބަރ 20ވީ ހޯމަ ދުވަހުން ފެށިގެން ކާފިއު ވަގުތަކީ ރޭގަނޑު 9:00ން ފަތިހު 4:00ށް ކަމަށާއި, އަދި މި ނުރައްކާތެރި ބަލި ފެތުރުން ކުޑަކުރުމަށް ކުރިންވެސް އަޅާފައިވާ ފިޔަވަޅުތައް ދެމި އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ކާފިއު ވަގުތުތައް ފިޔަވައި އެހެނިހެން ވަގުތުތަކުގައި ވެސް 3 މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅެވޭނެ ކަމަށާއި، މޮނިޓަރިންގ ހާލަތު އުވާލެވެންދެން ޖޯލިފަތިތަކާއި، ޕާކްތަކާއި، ފިނިމައިޒާންތަކާއި، ހަޓުތަކާއި، ބީޗްތަކާއި، ހިއްކިފަސްގަނޑު އަދި ދަތުރުވެރިންގެ ހިޔާ ފަދަ ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއް ކަމަށެވެ. އަދި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކޮށް ހެދުމަކީވެސް މަނާކަމެއް ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ އާންމުންގެ ތެރެއަށް ނިކުމެ އުޅޭ ވަގުތުތަކުގައްޔާއި، ގޭތެރޭގައި އުޅޭ ވަގުތުތަކުގައި ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ބަލި މީހުންނާއި، ރޯގާގެ އަލާމާތްތައް ހުރި މީހުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ގިނަގިނައިން އަތް ދޮވެ, މާސްކް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓާސްކްފޯހާއި ކައުންސިލުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން ދުވާފަރު މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ މެއި މަހު 25 ވަނަ ދުވަހުއެވެ.

ދުވާފަރު

ކޮމެންޓް

އިތުރަށް ކިޔާލަން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
މެންބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

މެންބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

12 މާރިޗު 2024
ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން

ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން

21 މެއި 2023
ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު

ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު

04 މާރިޗު 2022

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު