Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރުގެ ކޮވިޑް-19ގެ ހާލަތު

ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް

173 އެކްޓިވް ކޭސް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2021 | ހޮނިހިރު 08:46
ރ.ދުވާފަރުގެ މަގެއް،

ރ.ދުވާފަރުގެ މަގެއް،

ރ.ދުވާފަރުން އިތުރު 13 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 745ށް އަރައިފިއެވެ.

ދުވާފަރު ސިއްހީ މަރުކަޒުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 66 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 14 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 745 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި 568 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. 173 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 04 މީހަކު ބަލީގައި ނިޔާވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސިއްހީ މަރުކަޒުން ބުނީ ބަލީ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ. ސާމްޕަލިންގެ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، މިހާތަނަށް 5064 ސާމްޕަލެއް ނަގާފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ. އަދި 84 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ވެސް އެމަރުކަޒުން ބުނެފައިވެއެވެ.

ދުވާފަރުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށަށް ބަލާއިރު، މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސްވީ ރަށަކީ ވެސް ދުވާފަރެއެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ދުވާފަރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
12 މާރިޗު 2024

މެންބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި

12 މާރިޗު 2024
މެންބަރު އިސްމާއިލްގެ މައްޗަށް ދަރަނި ދައްކަން ކުރި ހުކުމް ބާތިލްކުރަން ހުށަހަޅައިފި
21 މެއި 2023

ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން

21 މެއި 2023
ދުވާފަރު ކޮރަޕްޝަން: ޕީޖީ އޮފީހުގެ ވިސްނުމަކީ ނަސޭހަތުގެ އެއްބަސްވުމެއް ނުވަތަ އިއުތިރާފުގެ އެއްބަސްވުމަކަށް ދިއުން
04 މާރިޗު 2022

ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު

04 މާރިޗު 2022
ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު