Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދުވާފަރުގައި ކަރަންޓް އަޕްގްރޭޑްކުރުން

ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދޭ، މިމަހުގެ މެދުތެރެއިން މަސައްކަތް ނިމޭނެ: ޝާހު

ދުވާފަރުގައި ޔޫޓިލިޓީ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދަނީ އެމްޑަބްލިއުއެސްސީގެ ފަރާތުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2022 | ހުކުރު 09:35
ރ.ދުވާފަރު

ރ.ދުވާފަރު

ރ.ދުވާފަރުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ދުވާފަރުގައި ޔޫޓިލިޓީ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދަނީ އެމްޑަބްލިއުއެސްސީގެ ފަރާތުންނެވެ. އެގޮތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފުޅާކޮށް، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެއެވެ.

Advertisement - newsAdvertisement

ދުވާފަރުގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ޝާހު ވިދާޅުވީ މިދިޔަ ރޯދަ މަހު ކަރަންޓުގެ ޑިމާންޑް ވަރަށް ބޮޑުވި ކަމަށާއި، ހަވީރުގެ ވަގުތުގައި ވަރަށް ގިނައިން ކަރަންޓު ކެނޑިގެންދާ ކަމަށެވެ. މި މައްސަލައަށް ހެއްލު ގެނައުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަހަށްވުމާއެކު، އޭގެ ކުރިން މަސައްކަތް ނިންމުމަށް އަމާޒު ހިފައިވާ ކަމަށެވެ. އެގޮތުން މިހާރު އެރަށަށް އިތުރު ޖެން ސެޓާއި، ޓްރާންސްފޯމަރު ގެންދެވިފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އިންޖިނިއަރުންގެ ޓީމުން ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުގެ މައްސަލައެއް ދިމާނުވާނެ ކަމަށެވެ. އަދި މާޗް މަހުގެ މެދެއްހާ ހިސާބުގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުވާފަރުގައި ޔޫޓިލިޓީ ހުރިހާ ޚިދުމަތްތަކެއް އެމްޑަބްލިއުއެސްސީގެ ފަރާތުން ފޯރުކޮށްދެމުންދާއިރު، ތަރައްގީއަށް ކުރާ ހުރިހާ މަސައްކަތްތަކެއްގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން އެކުންފުނިން ފާހަގަކުރެއްވިއެވެ. ރަށަށް އަންނަ ތަރައްގީއާއެކު، ޚިދުމަތްތައް ފުޅާވެ، އިތުރަށް ތަރައްގީވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ދުވާފަރުއެމްޑަބްލިޔުއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

45 ވަނަ މަސްވެރިންގެ ދުވަސް ރަސްމީ ކޮށް ފާހަގަ ކުރުމަށް މައިގަނޑު ގޮތެއްގައި އޮތީ މަޖާ ކަންކަމާއި ކެއްކުމާއި ކެއުން

10 ޑިސެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު