Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި އޮންނާނީ އަންނަ މަހުގެ 1-16 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 10:19
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒާއި އެފްއޭއެމުގެ ރައީސް ބައްސާމް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒާއި އެފްއޭއެމުގެ ރައީސް ބައްސާމް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް އުރީދޫން ނެގުމާއެކު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދިން އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް އެފްއޭއެމާ ވަރަށް ގާތުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، އަދި ފުޓްބޯޅައިގެ ކުރިމަގަށްވެސް އުރީދޫން ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށެވެ. އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މި އުފާވެރި ކާނިވަލުގައި ބައިވެރިވުމަށް އުރީދޫން ޓައިޓަލް ސްޕޮންސާޝިޕް ނެގުމުން، ދިވެހި ފުޓްބޯޅަ އާއިލާގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް އެ ކުންފުންޏަށް ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކުންފުންޏެއް ކަމަށާއި، އެގޮތުން ފުޓްބޯޅައަކީ އުރީދޫ ގްރޫޕުގައިވެސް ވަރަށް މަގުބޫލު ކުޅިވަރެއް ކަމަށެވެ. އަދި އެފްއޭއެމާއެކު ވެވުނު އެއްބަސްވުން ދެކެނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށާއި، އެގޮތުން މިފަދަ މުބާރާތެއް މި ދަނޑިވަޅުގައި ރާއްޖޭގައި ބޭއްވުމުން ދިވެހިންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖެއްސިއިރު، އެންމެ ފަހުން 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތާއި 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް ނެގީ ޖަޕާނުގެ ސުޒުކީ ކުންފުނިންނެވެ. އެހެންކަމުން އެ ދެ މުބާރާތް ބޭއްވީ "ސާފް ސުޒުކީ ކަޕް" ގެ ނަމުގައެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ފަށާފައިވާއިރު، މި އަހަރުގެ އޮފިޝަލް ތީމް ނަމެއްގެ ގޮތުގައި "މަގޭ މަހަލްދީބް" ނަން ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އަދި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިންގެ ސްލޯގަން އެއްގެ ގޮތުގައި ބޭނުންކުރާނީ، "ތިންވަނަ ފަހަރު، މީ އެ ފަހަރު" އެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އުރީދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު