Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީނުގެ ޝަރީއަތް

ޔާމީނުގެ އުނަގަނޑުގައި މައްސަލަ ހުންނާތީ، މައްސަލަ ތާވަލު ކުރާއިރު އެކަމަށް ކޯޓުން ރިއާޔަތް ކުރާނެ

20 ސެޕްޓެމްބަރު 2021 | ހޯމަ 04:15

ރައީސް ޔާމީނު ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ކަންބޮޑުވުން ހިއްސާ ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ސެޕްޓެމްބަރު 2021 | ހޯމަ 04:15
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

އުނަގަނޑުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތަކުގައި ގިނަ ވަގުތު އިންނަވަން ދަތިފުޅުވާކަމަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާތީ ސުޕްރީމް ކޯޓުން އެކަމަށް ރިއާޔަތް ކުރުމަށް ނިންމައިފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ ރައީސް ޔާމީނުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ކުރިއަށްގެންދާ 4 ވަނަ އަޑުއެހުމެވެ. މި އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރު މަޙާޒް އަލީ ޒާހިރު ވަނީ ރައީސް ޔާމީނުގެ ސިއްޙީ ހާލުކޮޅާއި ގުޅިގެން އެންމެ ފަހު އަޑުއެހުމުގައި ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ޝަރީއަތުން ނިންމަވާފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން އުނަގަނޑުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތަކުގައި ގިނަ ވަގުތު އިންނަވަން ދަތިފުޅުވާކަމަށް ރައީސް ޔާމީނު ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާއި، 2 ގަޑިއިރުވަންދެން ގޮނޑިއެއްގައި އިންނަވަންވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ. ވުމާއެކު ޝަރީއަތުގައި އެހާ ގިނަވަގުތު އިންނެވުން ނުހަނު ދަތިފުޅުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުއްވުމަށް ފަނޑިޔާޒު މަހާޒު އޭރު ވަނީ އަންގަވާފައެވެ. އަދި ކޯޓަށް ލިޔެކިޔުންތައް ލިބުމުން ޝަރީއަތުން އެކަމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރު މަހާޒު އޭރު ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީނުގެ ހުށައެޅުއްވުން ބަލައިގަނެ، މެންދުރު ފަސް ވަންދެން އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އެހެންނަމަވެސް، އަޑުއެހުންތައް މާބޮޑަށް ފަސްވެ ދިގު ދެމިގެންދާނަމަ މެންދުރު ފަހުގެ ސެޝަންގައި ވެސް ޝަރީއަތް ކުރިއަށް ގެންދަން ޖެހިދާނެކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު މަހާޒް ވަނީ ވީހާވެސް ވަގުތު ސަލާމަތް ކުރެވޭނެ ގޮތަށް، ޝަރީއަތުގެ ވަގުތުތައް ބޭކާރުނުވާނެ ގޮތަށް ނުކުތާތައް ހުށައެޅުއްވުމަށް ހަނދުމަ ކޮށްދެއްވާފައެވެ.

ރައީސް ޔާމީނުގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ކުރިއަށްދާ ސްޕީޑަކީ ރަނގަޅު ސްޕީޑެއްކަމަށް ދެންނެވެން ނެތްކަމަށް މަހާޒް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އެގޮތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލަށް ބަލާއިރު 156 ސޮފްޙާ އެޕީލް ފޯމުގައި ހިމެނޭކަން ފާހަގަ ކުރައްވައި މަހާޒް ވަނީ ވީހާވެސް ވަގުތު ބޭކާރު ނުވާނެ ގޮތަށް މި މަޖިލީހުގައި ދައްކަވާ ވާހަކަތަކުގެ އަސާސްތައް ބިނާ ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޔާމީންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް