Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިޔަވަތީގައި ހިނގާދިޔަ ހާދިސާ

ފިޔަވަތީގައި ހިނގި ހާދިސާ ގާތުން މިދަނީ ބަލަމުން، ކުދިންގެ ކަރާމާތަށް ގެއްލުންވާ ކަމެއް ނުކުރުމަށް އިލްތިމާސްކުރަން: އޮމްބަޑްސްޕާސަން

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ހާދިސާ ގާތުން އަންނަނީ މޮނިޓަރ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:30
ހުޅުމާލޭގައި ހުންނަ ފިޔަވަތި

ހުޅުމާލޭގައި ހުންނަ ފިޔަވަތި

ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިން ތިބޭ މަރުކަޒުކަމަށްވާ ފިޔަވަތީގައި 17 ސެޕްޓެމްބަރ ވީ ހުކުރު ދުވަހު ހިނގާދިޔަ ހާދިސާއާ ގުޅިގެން، އެ ސަރަހައްދަށްގޮސް އެތަން މޮނިޓަރ ކުރުމުގެ މަސައްކަތް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކޮށްފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

އެހާދިސާ އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް އެ އޮފީހުން ބުނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ހާދިސާ ގާތުން މޮނިޓަރކޮށް އިވެލުއޭޓް ކުރަމުންދާކަމަށް އެކަމާއި ގުޅިގެން އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާއެކު ގާތުން މަސައްކަތްކުރަމުން ދާކަމަށްވެސް ބުނެއެވެ.

މީގެއިތުރުން މި ހާދިސާއާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ބައެއް ނޫސްތަކުގައި، އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކިއެކި ފަރާތްތަކުން އާންމުކުރަމުން ގެންދިޔަކަން ހިތާމައާއެކު ފާހަގަކުރާކަމަށް އެއޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން، އެންމެހައި ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ މިފަދަ ޢަމަލުތައް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ އެ ކުދިންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއިން އެކުދިންނަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދެމިތިބުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާދިސާތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކާއި މުޅި މުޖުތަމައުގެ ފަރާތުން ކުދިންގެ ރައްކާތެރިކަން އިސްކޮށް އެކުދިންގެ މަސްލަޙަހަތު ހިމާޔަތްކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެކުގައި މަސައްކަތްކުރުމަށާއި މިކަންކަން ހާސިލްކުރުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަމަށް އެ އޮފީހުން ބުނެއެވެ.

2019 ވަނަ އަހަރު ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނުނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ ނަމުގައި މިނިވަން ވަކި މަގާމެއް ވަނީ އުފައްދާފައެވެ. އެއީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި ޢައްޔަންކޮށްފައިވާ މީހެކެވެ. އެމަގާމަށް މީހަކު އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު