Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސްކޫލާ ދެކޮޅަށް ބެލެނިވެރިޔަކު ކޯޓަށް

ދަރިވަރެއްގެ ބޮލުގެ އިސްތަށިގަނޑު ގަދަކަމުން ކޮށައިލުމުން 1 މިލިޔަން ޑޮލަރު ހޯދުމަށް ސްކޫލާ ދެކޮޅަށް ދައުވާކޮށްފި

ސްކޫލުން ބުނަނީ ބޮލުގެ ދެފަރާތް އެއްވަރު ކުރުމަށްޓަކައި ކޮށާލި ކޮށާލުމެއް ކަމަށް

ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 05:51
ދަރިވަރުގެ އިސްތަށިގަނޑުގެ އެއްބައި އެންމެ ފުރަތަމަ ބުރިކޮށްލީ ސްކޫލް ބަހުގެ ތެރޭގައި އެ އުމުރުގެ އެހެން ކުއްޖެއް

ދަރިވަރުގެ އިސްތަށިގަނޑުގެ އެއްބައި އެންމެ ފުރަތަމަ ބުރިކޮށްލީ ސްކޫލް ބަހުގެ ތެރޭގައި އެ އުމުރުގެ އެހެން ކުއްޖެއް

އެމެރިކާގެ ސައުތު ކެރޮލައިނާގެ ޕްރައިމަރީ ސްކޫލެއްގައި އުމުރުން 7 އަހަރުގެ އަންހެން ދަރިވަރެއްގެ ބޮލުގެ އިސްތަށިގަނޑު ބެލެނިވެރިޔާގެ އިޒުނަ ނެތި އެ ސްކޫލުގެ ޓީޗަރަކު ކޮށާލާފައިވާތީ ބަދަލުގެ ގޮތުގައި ސްކޫލުން 1 މިލިޔަން ޑޮލަރު ހޯދުމަށް ކުއްޖާގެ ބައްޕަ ކޯޓުގައި ދައުވާކޮށްފިއެވެ.

އެ ކުއްޖާއަކީ ކަޅު މަންމަޔަކާއި ދޮން ބައްޕައެއްގެ ދަރިއެކެވެ. ބައްޕަ ބުނެފައިވަނީ މިކަމަކީ ނަސްލީގޮތުން އޭނާގެ ދަރިފުޅު ދެރަކޮށް ލަދު ގަންނަވާލުމުގެ ގޮތުން ޓީޗަރު ކޮށްފައިވާ ކަމެއް ކަމުގައެވެ. ސްކޫލު ހިންގާ ފަރާތަށް ޓީޗަރުންނާއި މުވައްޒަފުން އެކަށީގެންވާ ގޮތަށް ތަމްރީނު ނުކުރެވޭތީ މިޒާތުގެ ކަންކަން ހިނގައި ދަރިވަރުންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާވެސް ލިބެމުންދާ ކަމަށާއި އެހެންވެގެން ބަދަލު ހޯދަން ސްކޫލާ ދެކޮޅަށް ދައުވާކުރަން ނިންމީ ކަމަށް ބުނެފައިވެއެވެ.

މައްސަލަ ހިނގި ގޮތާއިމެދު ސްކޫލުން ބުނެފައިވަނީ ސްކޫލުން ގެޔަށް ދިޔަަ މަގުމަތީގައި ކުއްޖާގެ ބޮލުގެ އެއް ފަރާތުން އިސްތަށިގަނޑުގެ އެއްބައި ބުރިކޮށްލީ ސްކޫލު ބަހުގެ ތެރޭގައި އެ އުމުރުގެ އެހެން ދަރިވަރެެއް ކަމުގައެވެ. އޭގެ ދެތިން ދުވަސް ފަހުން ޓީޗަރު އެ ކުއްޖާގެ އިސްތަށިގަނޑުގެ އަނެއް ފަރާތް ކޮށައިލީ ދެފަރާތް އެއްވަރު ކުރުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު މިއީ ބެލެނިވެރިޔާގެ އިޒުނަ އޮވެގެން ނޫނީ ކޮށްގެންވާނެ ކަމަކަށް ނުވާތީ އެ ޓީޗަރަށް ނަސޭހަތްދީ ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ބުނެއެވެ.

ކުއްޖާގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ އިސްތަށިގަނޑު ކޮށައިލީ ދަރިފުޅުގެވެސް ނުރުހުމުގައި ގަދަކަމުން ކަމަށާއި މި އަމަލު ހިންގުމުގައި ސްކޫލުގެ އިތުރު ދެ ޓީޗަރެއްގެ ބައިވެރިވުންވެސް އޮތް ކަމުގައެވެ. މިއީ ދަރިފުޅުގެ ގާނޫނީ ހައްގަކަށް އަރައިގަނެ އިންސާނީ ކަރާމާތްވެސް ނަގައިލުމަކަށްވާތީ އެހާ ލުއިކޮށް މި މައްސަލަ ނިންމާލަން ބޭނުން ނުވާކަމަށް ބުނެފައިވެއެވެ.

އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު