Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

މުމްބާއީގެ %90 މީހުންގެ ގައިގައި އެންޓިބޮޑީ އެބަހުރި: ދިރާސާ

މިސަރވޭގައި 8674 ބޮޑެތި މީހުން ބޭނުންކޮށްފައިވާއިރު ސަރވޭގައި ބައިވެރިވި 65 އިންސައްތަ މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:28
މުމްބާއީގެ ރޭލެއްގައި މީހުން މާސްކު އަޅައިގެން

މުމްބާއީގެ ރޭލެއްގައި މީހުން މާސްކު އަޅައިގެން

އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒުކަމުގައި ބެލެވޭ މުމްބާއީގައި ދިރިއުޅެމުންދާ މީހުންގެ 90 އިންސައްތަ މީހުންގެ ގައިގައި ކޮވިޑް-19ގެ އެންޓޮބޮޑީސް އެބަހުރި ކަމަށް ސަރވޭއަކުން ހާމަވެއްޖެއެވެ.

ދަ ފިފްތު ބްލަޑް ސެރަމް އިން ކުރިޔަށް ގެންދިޔަ އެންޓިބޮޑީސް ޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ކުރީކޮޅާ ހަމައަށެވެ. މިސަރވޭގައި 8674 ބޮޑެތި މީހުން ބޭނުންކޮށްފައިވާއިރު ސަރވޭގައި ބައިވެރިވި މީހުންގެ 65 އިންސައްތަ މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުންނެވެ.

ސަރވޭގެ ނަތީޖާ ހުކުރު ދުވަހު ވަނީ ހާމަކޮށްފައެވެ. މިނަތީޖާ ދައްކާގޮތުން ކޮވިޑް-19 އެންޓިބޮޑީސް ހުރި އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ އިތުރެވެ. އަންހެނުންގެ ގައިގައި އެންޓިބޮޑީސް ހުރިކަމަށް ސަރވޭއިން ހާމަވެފައިވަނީ 88.29 އިންސައްތަ އަންހެނުންގެއެވެ. ފިރިހެނުންގެ އެއަދަދު ހުރީ 85.07 އިންސައްތައިގައެވެ.

މިސަރވޭއިން އިތުރަށް ހާމަވެފައިވާ ގޮތުގައި ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވާނަމަވެސް އެމީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް ހުރި މިންވަރު ވެކްސިން ނުޖަހާ މީހުންނަށްވުރެ އިތުރެވެ. އަދި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ގައިގައި އެންޓިބޮޑީސް ހުރި މިންވަރުވެސް އިތުރެވެ. އެހެންކަމުން މިހާރު ކުރިޔަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރަން ޖެހޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މުމްބާއީއަކީ އިންޑިޔާއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ދެ ވަނަ ރާޅުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދެވެ.

މިސަރވޭގެ ނަތީޖާ ހާމަވެފައިމިވަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް އިންޑިޔާއަށް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށެވެ. އިންޑިޔާގައި ހުކުރު ދުވަހު 34،403 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ކޮވިޑް-19އިންޑިއާ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު