Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންދިވެހި ލަވައިގެ ރަންއަޑުގެ ވެރިޔާ

މަސްއޮޑި އިބްރާހިމް ހަމްދީ

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:32

"ހިތާ ރޫހުން އަސަރު ކުރަނީ، ޚިޔާލު މިހެން ވެވޭތީއޭ"

| 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:32
މަސްއޮޑި އިބްރާހިމް ހަމްދީ

މަސްއޮޑި އިބްރާހިމް ހަމްދީ

"ހިތާ ރޫހުން އަސަރު ކުރަނީ، ޚިޔާލު މިހެން ވެވޭތީއޭ" މިއީ އެއްވެސް ޒަމާނެއްގައި ދިވެހިންގެ ތެރޭގައި އެއްވެސް ލަވައެއް މަޝްހޫރު ނުވާހާ ބޮޑަށް މަޝްހޫރު ވެގެންދިޔަ ލަވައެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ލަވަހޮޅިޔަށް އަޅައިގެން ޖަހަން ފެށުނު ދިވެހި ލަވަތަކުގެ ތެރެއިން އެއް ލަވަޔަކީވެސް މިލަވައެވެ. މިއީ ދިވެހި ލަވައިގެ ޓޮޕް ޓެން ޗާޓުގައި ވިހި ތިރީސް އަހަރު ވަންދެން އެއްވަނާގައި ފިޔަ ޖެހި ލަވައެވެ. އަޑުގެ ވެރިޔަކީ އެއްވެސް ދިވެެއްސަކަށް އިތުރު ތައާރަފަކަށް ބޭނުން ނުވާނޭ މަސްއޮޑި އިބްރާހިމް ހަމްދީއެވެ. މަސްއޮޑި އާއިލާއަކީ ދިވެހި މިއުޒިކާއި ލަވައިގެ އެއްވަނަ އާއިލާ ކަމުގައި ދެބަސްވެވެން ނެތްއިރު އެ އާއިލާއިން އުފެދުނު ފުރަތަމަ ސުޕަރ ސްޓާރަކީ ހަމްދީއެވެ.

ހަމްދީގެ ދައުރަށްވުރެ ކުރީގައިވެސް މަސްއޮޑި އާއިލާ މަޝްހޫރެވެ. މަސްއޮޑި އިބްރާހިމް ޚަލީލާއި މަސްއޮޑި މުހައްމަދު ޚަލީލާއި ހަސަން ޚަލީލަކީ މާލެއިން ހޮވާލެވުނު ފަންނާނުންނެވެ. މީގެ ތެރެއިން މުހައްމަދު ޚަލީލަކީ ހަމްދީގެ ބައްޕައެވެ. ހަމްދީގެ ނަމުގެ ކުރިއަށް މަސްއޮޑި އައީ އެގޮތުންނެވެ.

ހަމްދީގެ މަންމައަކީ ބެރުގޭ ނަޖީބާއެވެ. ބެރުގެ އާއިލާއަކީ މާލޭގެ ދެން އެންމެ މަޝްހޫރު މިއުޒިކް އާއިލާއެވެ. އެހެންވީމާ ހަމްދީގެ މިފަންނު އެވަނީ ލޭގެ ގުޅުމުން ޑަބަލްވެފައެވެ. ހަމްދީގެ ރަން ދައުރުގައި އޭނާއަކީ ދިވެހިރާއްޖޭގެ އެލްވިސް ޕްރިސްލީއެވެ. އެއަޑުގެ ޖާދޫގައި ނުޖެހޭ ޒުވާނަކު ނެތެވެ. އެއަޑަށް އިންތިޒާރު ނުކުރާ ދިވެއްސަކު ނުހުރެއެވެ. ހަމްދީގެ އެންމެ މަޝްހޫރުވެގެން ދިޔަ ލަވަތަކުގެ ތެރެއިން "ނާޒުކް ލޯބި ދިޔައިމާ ރުއިމޭ" މިލަވަ އަޑު އިވިފައި ލޮލުން ކަރުނަ ނުހިލޭ ދިވެއްސަކު ނެތެވެ. ހިތާމަޔާއި ރިހުން އޭގެ އެންމެ މަތީ ދަރަޖައަށް އެކުލެވިގެންވީ އެލަވަޔަކީ ހަމްދީގެ ފުރަތަމަ ދަރިފުޅު ދުނިޔެ ދޫކޮށް ދިޔުމާ ގުޅިގެން އެހިތާމައިގައި ކިޔާފައިވާ ލަވައެކެވެ.

"ދުނިޔެ ދޫކުރީ، ބައްޕަގެ ލޯތްބޭ، ބައްޕަގެ ސާފު ނިޝާނޭ" މިއީ އެލަވައިގެ ދެން އޮތް ބައެވެ. ހަމްދީގެ އަލަތު ދަރިފުޅަކީ އައްޑުއަތޮޅު ފޭދޫ މަރިޔަމް ވަހީދާއާ ކައިވެނިކޮށްގެން ލިބުނު ކުއްޖެކެވެ. މިހާރު އުމުރުން 74 އަހަރުވީ ހަމްދީއަށް ޖުމްލަ ހަތަރު ކައިވެންޏަކުން ލިބުނު ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ހަތަރު ކުދިންނެވެ. އެއީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. މީގެ ތެރެއިން އެއް ކުއްޖެއްގެ މަންމަޔަކީ އުއްސަކުރު ފައުޒިއްޔާ ހަސަނެވެ. އަނެއް ތިން ކުދިންގެ މަންމަޔަކީ އައްޑުއަތޮޅު ހިތަދޫ އަތަރުލާގެ ފާތިމަތު ޝަމްޝާދެވެ. ހަމްދީގެ އެންމެ ފަހުގެ ކައިވެންޏަކީ މޫނިމާގޭ ޒަރާނާ ޒަރީރާއެކު ކުރެވުނު ކައިވެންޏެވެ.

މާލޭގައި އުފެދުނު އެންމެ މަޝްހޫރު ބޭންޑުތަކުގައި ހަމްދީ ވަނީ ދައުރެއް އަދާކޮށްފައެވެ. މާލޭ ޒަމާނީ މިއުޒިކާއި އޮލިމްޕިއަންސް ފަދަ ބޭންޑުތަކުގައެވެ. އެދުވަސްވަރު ރާއްޖޭގައި ބޭންޑެއް ބޭންޑަކަށް ވަނީވެސް ހަމްދީގެ ބައިވެރިވުމެއް އޮތިއްޔާއެވެ. އެހާވެސް އޭނާގެ މަގްބޫލުކަން ބޮޑެވެ. އެކި ބޭންޑުތަައް ކުޅޭތަން ބަލަން ޓިކެޓް ގަނެގެން ގިނަ މީހުން ވަންނަނީވެސް ހަމްދީ ދެކިލައި އަޑު އަހައިލުމުގެ އެދުމުގައެވެ. ދިވެހި މިއުޒިކާއި ލަވައިގެ ދާއިރާގައި ހަމްދީ ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް ސަރުކާރުން 1983 ވަނަ އަހަރުގެ ތެރޭގައި އޭނާއަށް އާއްމު ޚިދުމަތުގެ ގައުމީ އިނާމު ވަނީ ދީފައެވެ.

މަސްއޮޑި އިބްރާހިމް ހަމްދީއަށް ނިސްބަތްވާ ކޮންމެ އެއްޗެއްވެސް ރީއްޗެވެ. އޭނާގެ ރަން އަޑުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ދައްކާނެއެވެ. ހަމައެގޮތަށް އޭނާގެ އަތު ލިޔުންވެސް އެހާ ރީއްޗެވެ. އެހާ ފުރިހަމައެވެ. އޭނާގެ ބޮޑުއަކުރު އެޅުމަކީ އެފަދަ ދެވަނައެއް ނެތް ކަމެކެވެ. އެކަމަކު ހަމްދީގެ އަތުލިޔުމާއި ބޮޑުއަކުރު އެޅުމުގެ ފަންނަކީ މާގިނަ ބަޔަކަށް އެނގިފައިވާ ފަންނެއް ނޫނެވެ. ކަންދިމާކުރި ގޮތުން ހަމްދީއާއެކު ގާތްގަޑަކަށް 15 އަހަރު އެއްތަނެއްގައި އެކީގައި އުޅުމުގެ ފުރުސަތު ލިބިފައިވާ މީހަކަށްވާތީ އަޅުގަޑަށް ހަމްދީގެ މި ފަންނު ވަރަށް ރަގަޅަށް ވަނީ ފެނިފައެވެ. ތަޖުރިބާކުރެވިފައެވެ. އެހާ ޗާލުކޮށް ތާނަ ލިޔާ ދެވަނަ މީހަކު ރާއްޖެއިން އަޅުގަޑު ނުދެކެމެވެ. ހަމައެގޮތަށް އެހާ ފުރިހަމަޔަށް ބޮޑުއަކުރު ލިޔާ މީހެއްވެސް އަދި އިޝްތިހާރު ތާނައޭ މިކިޔުނު ވައްތަރުގެ ތާނަ ލިޔާ މީހެެއްވެސް ނުދެކެމެވެ.

ކޮމްޕިއުޓަރުން ތާނަ ލިޔުމުގެ ސަގާފަތް ދިވެހި ނޫސްވެރިކަމަށް ތައާރަފުވުމާ ހަމަޔަށް ހަވީރު ނޫހުގެ މުހިއްމު ސަފުހާތަކުގެ ކެލިގްރަފީ މަސައްކަތްކުރީ ހަމްދީއެވެ. ކޮމްޕިއުޓަރު ތައާރަފު ވުމަށް ފަހުވެސް ހަވީރުގެ އެންމެ މަގްބޫލު ސަފުހާ ކަމަށްވާ ފަހު ސަފުހާގެ ކެލިގްރަފީ ވަކި މުއްދަތަކަށް ކުރިއަށް ގެންދިޔައީ ހަމްދީއެވެ. ހަމްދީގެ އަތުލިޔުމަށް ނޫހުގެ އަހުލުވެރިން ހޭނިފައިވާ މިންވަރުގެ ބޮޑުކަމުން ކުއްލިއަކަށް ހުރިހާ ލިޔުމެއް ކޮމްޕިއުޓަރަށް ބަދަލުކުރުމަށް ވަގުތު ނެގިއެވެ. އައު ފޮންޓުތަކުގެ އައިބުކަން ކެނޑެން ދުވަސްތަކެއް ނެގިއެވެ. މަޝްހޫރު މަޖައްލާތަކުގެ ލޯގޯއަށް ނަން ލިޔެދީފައިވަނީ ވެސް ހަމްދީއެވެ. މީގެ މިސާލަކީ ހުވާސް މަޖައްލާއެވެ. ހަމްދީގެ ލިޔުމެއް ނޫން ލިޔުމެެއް ގިނަ މީހުންގެ ލޮލަށް ފަސޭހައެއްވެސް ނޫނެވެ.

މަސްއޮޑި އިބްރާހިމް ހަމްދީއަށް ލިބިގެންވީ މި ހުނަރަކީ މަދު ދިވެއްސަކަށް ނޫނީ ދިވެހި ކެލިގްރަފީގައި ލިބިގެންވީ ހުނަރެއް ނޫނެވެ. ހަވީރު ނޫހުގެ އިސް ކެލިގްރަފާރުގެ ގޮތުގައި މަސައްކަތް ކުރުމުގެ ކުރީގައިވެސް އެ ދާއިރާއިން ހަމްދީގެ ޚިދުމަތް އެދުވަސްވަރުގެ ބައެއް ނޫސް މަޖައްލާތަކަށް ލިބުނެވެ. މިފަންނުގައި ހަމްދީގެ ހުނަރުވެރިކަން ތަރައްގީވެގެން އައީ އިޝްތިހާރު ތާނަ ލިޔުމުގެ ތެރެއިންނެވެ. ކުރީގެ ބައެއް ސިނަމާތަކުގައި ފިލްމު އިޝްތިހާރު ކުރުމަށް ޕޯސްޓަރު ތައްޔާރު ކުރުމަކީ އޭރު ވަރަށް އަގުހުރި މަސައްކަތެކެވެ. އިޝްތިހާރު ތާނަ ތައާރަފުވީވެސް އެކަމުގެ ތެރެއިންނެވެ. މިކަމުގެ އެންމެ އިސް އެދުރަކީ މަރުހޫމް ސައިކުރާ އިބްރާހިމް ނައީމެވެ. އިބްރާހިމް ހަމްދީގެ މިފަންނު ކުރިއަރައި ތަރައްގީ ވުމުގައިވެސް ނައީމުގެ ހިއްސާ އޮތެވެ.

މަސްއޮޑި އިބްރާހިމް ހަމްދީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2024

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

04 ސެޕްޓެމްބަރު 2024
ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ
26 ޖޫން 2024

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

26 ޖޫން 2024
ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
30 މެއި 2024

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

30 މެއި 2024
ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
14 މެއި 2024

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
04 މެއި 2024

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

04 މެއި 2024
ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
30 އެޕްރީލު 2024

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

30 އެޕްރީލު 2024
އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
30 މާރިޗު 2024

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

30 މާރިޗު 2024
ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
21 މާރިޗު 2024

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

21 މާރިޗު 2024
އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
16 ފެބުރުއަރީ 2024

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

16 ފެބުރުއަރީ 2024
ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
13 ފެބުރުއަރީ 2024

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

13 ފެބުރުއަރީ 2024
އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް