Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނުގެ ޝަރީއަތް

"އަޅުގަނޑުގެ އުނަގަނޑުގައި މައްސަލަ ހުރޭ، ކޮންމެ ދުވަހަކު އެހާ ގިނައިރު އިށީނދެ އިންނަން ދަތިވޭ"

2 ގަޑިއިރުވަންދެން ގޮނޑިއެއްގައި އިންނަވަންވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 04:33
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

އުނަގަނޑުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތަކުގައި ގިނަ ވަގުތު އިންނަވަން ދަތިފުޅުވާކަމަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އެމަނިކުފާނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުމުގައެވެ. އެގޮތުން އެމަނިކުފާނުުގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްތިއުނާފީ ނުކުތާތައް ވަކީލުން ހުށައެޅުއްވުމުގެ ކުރިން އިދާރީ ގޮތުން ފާހަގަކޮށްލައްވަން ބޭނުންވާ ކަމެއް އޮތްކަމަަށް ވިދާޅުވެ ރައީސް ޔާމީނު ވަނީ ޝަރީއަތުގެ އަޑުއެހުމުގައި އެ ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާއި، 2 ގަޑިއިރުވަންދެން ގޮނޑިއެއްގައި އިންނަވަންވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ. ވުމާއެކު ޝަރީއަތުގައި އެހާ ގިނަވަގުތު އިންނެވުން ނުހަނު ދަތިފުޅުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުއްވުމަށް ފަނޑިޔާޒު މަހާޒު ވަނީ އަންގަވާފައެވެ. އަދި ކޯޓަށް ލިޔެކިޔުންތައް ލިބުމުން ޝަރީއަތުން އެކަމާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، އިސްތިއުނާފީ ނުކުތާތައް އިއްވުމަށް 6 ގަޑިއިރެއްހާއިރު ހޭދަވެފައިވާއިރު، ހުށައެޅިފައިވަނީ 11 ނުކުތާއެއް ކަމަށެވެ. މި ސްޕީޑަކީ ރަނގަޅު ސްޕީޑެއްކަމަށް ދެންނެވެން ނެތްކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލަށް ބަލާއިރު 156 ސޮފްޙާ އެޕީލް ފޯމުގައި ހިމެނޭ ކަމަށެވެ. މި ނުކުތާތައް އަކުރުން އަކުރަށް ވިދާޅުވާނަމަވެސް 6 ގަޑިއިރަކީ އޭގެ ޒާތުގައި ގިނަ ވަގުތުތަކެއްކަމަށް މަހާޒް ވިދާޅުވިއެވެ.

އެއާއެކު، ވީހާވެސް ވަގުތު ބޭކާރު ނުވާނެ ގޮތަށް މި މަޖިލީހުގައި ދައްކަވާ ވާހަކަތަކުގެ އަސާސްތައް ބިނާ ކުރެއްވުމަށް ފަނޑިޔާރު ވަނީ އެދިވަޑައިގަންނަވާފައެވެ. މަހާޒް ވިދާޅުވީ، ވަގުތު މެނޭޖް ކުރުމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކީލުންގެ އެއްބާރުލެއްވުން ބޭނުންވާނެ ކަމަށެވެ. އެގޮތުން އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދައްކަވާއިރުވެސް ވާހަކަތައް ތަކުރާރުވާނެހެން އަމަލުތައް ނުބެހެއްޓެވުމަށް ފަނޑިޔާރު މަހާޒް ވަނީ އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން، އިސްތިއުނާފީ ނުކުތާތައް ކުރިއަށް ގެންދަވާއިރު، މިއީ ހައިކޯޓުގެ ނިންމުމުގެ އިސްތިއުނާފީ އަޑުއެހުމެއްކަން ހަނދުމަ ކުރެއްވުމަށްވެސް ފަނޑިޔާރު ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، މި ހަފްތާގެ އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ އޭގެ ތެރެއިން 7 ނުކުތާގެ ތަފްސީލެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ 4 ނުކުތާއެވެ.

ރައީސް ޔާމީންކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު