Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލީކުވިކަމަށް ބުނާ އޯޑިއޯގެ މައްސަލަ

ފަނޑިޔާރުންގެ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލުކުރުމަށް އިދިކޮޅުން ފުލުހުންނަށް ހުށަހަޅައިފި

ޙުކުމުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލުކުރުމަށް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2021 | ބުދަ 05:17
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ލީކުވެގެން އުޅޭ އޯޑިއޯކަމަށް ބުނާ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލުކޮށް ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ލީކްވެގެން އުޅޭ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލަކާއެކު މިނިވަން ތަޙުޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ޕީޕީއެމްގެ ފަރާތުން ވަނީ ސިޓީއެއް ފޮނުވާފަައެވެ.

އިދިކޮޅު ކޯލިޝަނުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރިފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޙުކުމެއްކަމުގައި އެ ކޯލިޝަނާއި ދިވެހި ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯތަކަކުން ވެސް އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން، ރައީސް ޔާމީންގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ރަހީނުކޮށް ބިރު ދައްކާފައިވާކަމަށް ބުނެފައިވާ ކަމަށެވެ.

މި ސިޓީގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއް ވެސް ލީކުވެފައިވާ ކަމަށެވެ. އެހެންކަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލަކާ އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވައިދެއްވާ، އެ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުން އެދޭކަމަށެވެ. އަދި މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ، އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި ދެކޭތީ، އެކަން އަވަސް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

މީގެ އިތުރުންވެސް، މި މައްސަލައާ ގުޅިގެން ސީޕީއާ މަޝްވަރާކޮށް އިތުރަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތު ހުރުމާއެކު، ކޯލިޝަންގެ ލީޑަރޝިޕާއި ސީޕީއާ ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓެއް ވީ އެންމެއަވަހަކަށް ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ.

ލީކުކޮށްލާފައިވާ އޯޑިއޯ ރެކޯޑިންތަކުގެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އޯޑިއޯ ސާމްޕަލް ނަގާފައިވާކަމަށް އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙު ވިދާޅުވެފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެދުމަކަށް ކަމަށް ޔޫނުސް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގެ ތަހުގީގަށް އޯޑިއޯ ސާމްޕަލް ދިނުމަށް ފަނޑިޔާރުން ރުހުން ދިފައިވަނީ ހޯމަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ, ހޯމަ ދުވަހު މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަހުގީގުކުރުމަށް ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެކަމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު