Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ.ގެ އާއްމު މަޖިލީސް

އދ.ގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުން މިނިސްޓަރ ޝާހިދަށް ރައީސްގެ މަރުހަބާ

ޚާރިޖީ ގުޅުންތައް ދެމެހެއްޓުމާއެކު ދިވެހި ޚާރިޖިއްޔާއިން އިތުރު ހަރުފަތްތަކަކަށް ދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ސެޕްޓެމްބަރު 2021 | ބުދަ 03:36
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގަންނަވަނީ

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ޝާހިދު ހަވާލުވެވަޑައިގަންނަވަނީ

އދ.ގެ ރިޔާސަތާ ރަސްމީކޮށް ހަވަލުވެވަޑައިގަތުމުން ފޮރިން މިނިސްޓަރ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިއީ ރާއްޖޭގެ ޚާރިޖިއްޔާއިން ހޯދި ފުރިހަމަ ކާމިޔާބީއެއް ކަމަށާއި، މިއީ އުފާވެރިކަމުން ފުރިގެންވާ ވަގުތެއް ކަމަށެވެ. އަދި ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާ އޮތް ގުޅުން ބަދަހި ކަމުގެ ހެއްކެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ޚާރިޖީ ގުޅުންތައް ދެމެހެއްޓުމާއެކު ދިވެހި ޚާރިޖިއްޔާއިން އިތުރު ހަރުފަތްތަކަކަށް ދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ، 14 ސެޕްޓެމްބަރ، 2021ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ. އަދި ދިވެހި ރާއްޖެ އދ.ގައި މި ދަރަޖާގައި ތަމްސީލު ވެގެންދާ ފުރަތަމަ ފަހަރު ވެސް މެއެވެ.

އަންގާރަ ދުވަހުގެރޭ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން، ފޮރިންގ މިނިސްޓަރ ޝާހިދުވަނީ މަގާމްގެ ހުވާ ކުރެއްވުމަށްފަހު، އާންމު މަޖިލީހުގެ ރިޔާސަތުގައި ތަގުރީރު ކުރައްވާފައެވެ.

މިގޮތުން ރިޔާސަތުގައި ވާހަކަދައްކަވަމުން ޝާހިދުވަނީ، އެމަނިކުފާނުގެ ރިޔާސަތުގައި، އިސްކަންދެއްވާނެ މުހިންމު ކަންކަމުގެ މައްޗަށް އަލި އަޅުއްލައްވާފައެވެ. އަދި ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، ރިޔާސަތުގައި މަސައްކަތް ކުރައްވާނީ، އދ. ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ގައުމުތަކެއްގެ މެދުގައި ހަމަހަމަ ކަން ގާއިމްކުރައްވަމުން ކަމުގައި ވިދާޅުވިއެވެ. ޝާހިދު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ހުރިހާ މަސައްކަތްތަކެއް ވެސް ބިނާވެގެން ދާނީ އދ.ގެ މަސްލަހަތުގައި ކަމަށާއި، އެ މަސައްކަތުގައި ވަކިފަރާތަކަށް ބުރަ ނުވެ ވަކި ގައުމަކަށް އިސްކަން ދިނުމެއް ނެތި ކަމަށެވެ.

މަގާމާ ހަވާލު ވެވަޑައިގަތުމަށް ފަހު، މެމްބަރު ގައުމުތަކާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ، 75 ވަނަ ސެޝަންގެ ރައީސްކަމުގެ ދައުރު ފުރިހަމަ ކުރައްވާ ވަޑައިގަންނަވާ، ރައީސް ވޮލްކަން ބޮޒްކިރް، އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ދެއްކެވި ހިންގުންތެރި ކަމަށް އައްސަރިބަހާއި ސާބަސް އަރިސްކުރައްވާފައެވެ. އަދި ޝާހިދުވަނީ، އެމަނިކުފާނު ހިފެހެއްޓެވި ފުރިހަމަ އަޒުމާއި، ކެރުމާއި ހިތްވަރަށްޓަކައި އާންމު މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ވޮލްކަން ބޮޒްކިރްއަށް ޝުކުރުދަންނަވާފައެވެ.

ރައީސް ސޯލިހުޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާއެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު