Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޞާލިހް

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް: ސަރުކާރުގެ ޚިދުމަތާ ގުޅިގެން ޝަކުވާތައް ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރަށް

14 ސެޕްޓެމްބަރު 2021 | އަންގާރަ 06:29

އޮފީސްތައް ބަންދު ގަނޑީގައި ވެސް ޚިދުމަތަށް ހުށަހެޅޭނެ

އާމިރު ސަލީމް
އާމިރު ސަލީމް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 06:29
ގަވަމަންޓް އެމްވީ އިފްތިތާހު ކުރުން

ގަވަމަންޓް އެމްވީ އިފްތިތާހު ކުރުން

ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތު އޮތީ އެންސީއައިޓީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޚިދުމަތަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެ ކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކަމެއް ހުށަހެޅުމަށްޓަކައި މީހާ އެ އޮފީހަކަށް ދާން ނުޖެހުމާ އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަން ނުޖެހުން މިއީ މި ޚިދުމަތުގެ ސަބަބުން ލިބޭނެ ފަސޭހައެއް ކަމަށް ވިދާޅުވިއެވެ. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ޖެހުން މި ޚިދުމަތުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން ކަމަށެވެ. އަދި ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ، ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފައިސާގެ މުޢާމަލާތްތަކާއި، ޤައުމުތަކަށް އެތެރެވެ ބޭރުވުމާއި، ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް