Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫއެސް އޯޕަން

ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް

ފައިނަލްގައި އަލްކަރާޒް ވަނީ ތިން ސެޓު އެއް ސެޓުން ރޫޑްގެ މައްޗަށް ކުރި ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 04:00
ޔޫއެސް އޯޕަން ކާމިޔާބުކުރި އުމުރުން 19 އަހަރުގެ އަލްކަރާޒް

ޔޫއެސް އޯޕަން ކާމިޔާބުކުރި އުމުރުން 19 އަހަރުގެ އަލްކަރާޒް

މިއަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި ސްޕެއިންގެ ޒުވާން ކާލޯސް އަލްކަރާޒް ތާރީޚުގެ ތެރެއަށް ޖެހިލައިފިއެވެ.

ފިރިހެން ޑިވިޝަންގެ ސިންގަލްސް ފައިނަލްގައި އުމުރުން 19 އަހަރުގެ އަލްކަރާޒް ވާދަކޮށްފައިވަނީ ނޯވޭގެ ކެސްޕާ ރޫޑްއާއެވެ. ރޫޑް އަކީ މިއަހަރު އޮތް ފްރެންޗް އޯޕަންގެ ފައިނަލްގައި ވެސް ވާދަކޮށްފައިވާ ކުޅުންތެރިޔެކެވެ. ފްރެންޗް އޯޕަންގެ ފައިނަލްގައި ރޫޑް ބަލިވެފައިވަނީ ސްޕެއިނުގެ ލެޖެންޑް ރަފައެލް ނަޑާލް އަތުންނެވެ.

ފައިނަލްގައި އަލްކަރާޒް ވަނީ ތިން ސެޓު އެއް ސެޓުން ރޫޑްގެ މައްޗަށް ކުރި ހޯދާފައެވެ. ފުރަތަމަ ސެޓު 4-6 އިން އަލްކަރާޒް ހޯދި ނަމަވެސް، ރޫޑް ވަނީ 6-2 އިން ދެ ވަނަ ސެޓު ހޯދާފައެވެ. ތިން ވަނަ ސެޓުގެ ކުޅުން ފެނުނީ ވަރަށް ފޯރި ގަދަކޮށެވެ. ވާދަވެރި ކުޅުމަކަށްފަހު ތިން ވަނަ ސެޓު 6-7 އިން ކާމިޔާބުކޮށް އަލްކަރާޒް ވަނީ ލީޑު ނަގާފައެވެ. ހަތަރު ވަނަ ސެޓަށް ނިކުމެ އަލްކަރާޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ސެޓު އޭނާ ކާމިޔާބުކުރީ 3-6 އިންނެވެ. މިއާއެކު އަލްކަރާޒް ވަނޫ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ޖެހިލައިފައެވެ. އަދި އޭނާ އަކީ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ޓެނިސް ލެޖެންޑު ނަޑާލް 2005 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ވާދަކުރި ފަހުން، ގްރޭންޑް ސްލޭމް ފައިނަލެއްގައި ވާދަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަކީ އަލްކަރާޒްއެވެ. ނަޑާލް ވަނީ މިހާތަނަށް 22 ސްލޭމް ގްރޭންޑް ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ނަޑާލް އޭނާގެ އެންމެ ފުރަތަމަ ތަށި ހޯދީ އުމުރުން 19 އަހަރުގައެވެ. އެއީ ފްރެންޗް އޯޕަންއެވެ. މީގެ އިތުރުން އަލްކަރާޒް އަކީ 1990 ވަނަ އަހަރުގެ ފަހުން ޔޫއެސް އޯޕަންގެ ފައިނަލްގައި ވާދަކުރި ވެސް އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ފައިނަލަށްފަހު އަލްކަރާޒް ބުނީ ފާއިތުވި ދެ ހަފްތާއަކީ ވަރަށް ތަފާތު އަދި ވަރަށް ޓަފް މެޗުތަކެއް ކުޅެން ޖެހުނު ދުވަސްތަކެއް ކަމަށެވެ. އަލްކަރާޒް ބުނީ މި ކާމިޔާބީ ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށާއި، އެކަމުގައި އޭނާ އަށް އެކި ގޮތް ގޮތުން އެހީތެރިކަން ދިން އެންމެހައި ފަރާތްތަަކަށް ޚާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތްކާލޯސް އަލްކަރާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

07 ސެޕްޓެމްބަރު 2025
ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

11 ސެޕްޓެމްބަރު 2022
ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

13 ސެޕްޓެމްބަރު 2021
18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް

18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް

12 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު