Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން ޓެނިސް މުބާރާތް

18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް

12 ސެޕްޓެމްބަރު 2021 | އާދީއްތަ 10:36

44 އަހަރަށްފަހު އިނގިރޭސި ފުރަތަމަ އަންހެން ޗެމްޕިއަން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 10:36
އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން

އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ، ޔޫއެސް އޯޕަންގެ ތަށި ހިފައިގެން

މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައި އުމުރުން 18 އަހަރުގެ އެމާ ރަޑުކާނީ ތާރީޚީ ގިނަ ރިކޯޑުތަކެއް ގާއިމުކޮށްފިއެވެ.

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން އެމާ ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ކެނަޑާގެ އުމުރުން 19 އަހަރުގެ ލޭލާ ފެނާންޑޭޒް އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ސެޓުތައް އެމާ ގެންދިޔައީ 6-4 އަދި 6-3 އިންނެވެ. އެއާއެކު މި ފަހަރުގެ މުބާރާތް އެމާ ކާމިޔާބުކޮށްފައިވަނީ މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން އެއްވެސް މެޗެއްގައި ސެޓެއް ގެއްލުވާނުލައެވެ.

އެއާއެކު ކުރު މުއްދަތެއްގެ ތެރޭގައި ވިދާލި އެމާ މިހާރު ވެފައިވަނީ 44 އަހަރަށްފަހު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ އިނގިރޭސި އަންހެން ކުުުޅުންތެރިއާއަށެވެ. އަދި ޓެނިހުގެ އޯޕަން އިރާ ފެށުނު ފަހުން މިހާތަނަށް ކޮލިފައިން ބުރުން ފަށައިގެން އައިސް ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާއަކީވެސް އެމާއެވެ. އަދި އެމާ ވެފައިވަނީ 2004 ވަނަ އަހަރަށްފަހު ގްރޭންޑް ސްލޭމެއް ކާމިޔާބުކުރި އެންމެ ޒުވާން އަންހެން ކުޅުންތެރިޔާއަށެވެ.

އަދި އެމާ އަކީ 2014 ވަަަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި ސެރީނާ ވިލިއަމްސްއަށްފަހު ސެޓެއް ނުގެއްލި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

މި އަހަރުގެ ޔޫއެސް އޯޕަން އެމާ ކާމިޔާބުކުރިއިރު، މީގެ ދެ މަހެއްހާ ދުވަސް ކުރިން އޭ ލެވަލް ޓެސްޓުތައް ހަދައި ހިސާބާއި އިކޮނޮމިކްސްއިން އެންމެ މަތީ މާކްސް ހޯދި އެމާ ޕްރޮފެޝަނަލް ޓެނިހަށް ފުރަތަމަ ފަހަަރަށް ނުކުތީ މި އަހަރުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގައެވެ. އެކަމަކު އެ މުބާރާތުގެ ގަދަ 16 ބުރުގެ މެޗުގެ ތެރެއިން އެމާއަށް ނޭވާލާން އުނދަގޫވެގެން މެޗު ދޫކޮށްލަން ޖެހުނެވެ.

މުޅިން އަލަށް އެމާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމާއެކު އޭނާ މިހާރު ވަނީ ދުނިޔޭގެ ރޭންކިންގެ 23 ވަނައަށް ޖެހިލާފައެވެ. އެއާއެކު އޭނާ ވެގެންގޮސްފައިވަނީ އިނގިރޭސި އަންހެން ކުުޅުންތެރިންނަށް ބަލާއިރު، އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާއަށެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތްއެމާ ރަޑުކާނީ

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

07 ސެޕްޓެމްބަރު 2025
ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި
12 ސެޕްޓެމްބަރު 2022

ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް

12 ސެޕްޓެމްބަރު 2022
ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް
11 ސެޕްޓެމްބަރު 2022

ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

11 ސެޕްޓެމްބަރު 2022
ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި
13 ސެޕްޓެމްބަރު 2021

ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

13 ސެޕްޓެމްބަރު 2021
ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް