Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެސް އޯޕަން

ފުރަތަމަ ފަހަރަށް ސްވިއަޓެކް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

11 ސެޕްޓެމްބަރު 2022 | އާދީއްތަ 03:42

ސްވިއަޓެކް އަންހެން ސިންގަލްސްގެ ޓެނިސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓިއުނީޝިއާގެ އޮންސް ޖެބޯގެ މައްޗަށް ކުރި ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 03:42
ޔޫއެސް އޯޕަން ކާމިޔާބުކުރި ސްވިއަޓެކް

ޔޫއެސް އޯޕަން ކާމިޔާބުކުރި ސްވިއަޓެކް

މިއަހަރުގެ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސްގެ ޓެނިސް ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޕޮލެންޑުގެ އީގާ ސްވިއަޓެކް ހޯދައިފިއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި އޮތް ސްވިއަޓެކް އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޓިއުނީޝިއާގެ އޮންސް ޖެބޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފައިނަލްގައި ސްވިއަޓެކް ވަނީ ސީދާ ދެ ސެޓުން ޖެބޯގެ މައްޗަށް ކުރި ހޯދާފައެވެ. މެޗުގެ ސެޓުތައް ސްވިއަޓެކް ކާމިޔާބުކުރީ 2-6 އަދި 6-7 އިންނެވެ.

މި ކާމިޔާބީއާއެކު ސްވިއަޓެކް ވެގެން ގޮސްފައިވަނީ 2013 ވަަނަ އަހަރުގެ ފަހުން އެއް އަހަރެއްގައި ފްރެންޗް އޯޕަން އަދި ޔޫއެސް އޯޕަން ކާމިޔާބުކުރި ފުރަތަމަ ޓެނިސް ކުޅުންތެރިޔާއެވެ. 2013 ވަނަ އަހަރު ސެރީނާ ވިލިއަމްސް ވަނީ ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބުކޮށްފައެވެ.

މިއީ ސްވިއަޓެކް ކާމިޔާބުކުރި ތިންވަނަ ގްރޭންޑް ސްލޭމް ޓްރޮފީއެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ތިން ވަނަ މޭޖަރ މުބާރާތެވެ. ޔޫއެސް އޯޕަންގެ އިތުރުން އޭނާ ވަނީ ނޯތު އެމެރިކާގައި އޮތް އިންޑިއަން ވެލްސް އާއި މިއާމީ ވެސް ކާމިޔާބުކޮށްފައެވެ.

ކާމިޔާބަށްފަހު ވާހަކަ ދައްކަމުން ސްވިއަޓެކް ބުނީ މިއީ ވަރަށް ބޮޑުު ޗެލެންޖިން މުބާރާތެއް ކަމަށެވެ. ނަމަވެސް ދިމާވި ކަންކަން ކަޑަތުކުރުމަށްފަހު ޔޫއެސް އޯޕަން ކާމިޔާބުކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތްސްވިއަޓެކް

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2025

ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި

07 ސެޕްޓެމްބަރު 2025
ސަބަލެންކާ ޔޫއެސް އޯޕަން ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދައިފި
12 ސެޕްޓެމްބަރު 2022

ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް

12 ސެޕްޓެމްބަރު 2022
ޔޫއެސް އޯޕަން ކާމިޔާބުކޮށް ޒުވާން އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް
13 ސެޕްޓެމްބަރު 2021

ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް

13 ސެޕްޓެމްބަރު 2021
ޖޮކޮވިޗް ބަލިކޮށް ޗެމްޕިއަންކަން މެޑްވެޑޭވަށް
12 ސެޕްޓެމްބަރު 2021

18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް

12 ސެޕްޓެމްބަރު 2021
18 އަހަރުގެ އެމާ: ތާރީޚީ ރިކޯޑުތަކަކާއެކު ޗެމްޕިއަނަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް