Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަން

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

ފުރަތަމަ ބުރުގައި ހަތަރު ނަސީބުވެރިއަކަށް އިނާމު ހަވާލުކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ސެޕްޓެމްބަރު 2021 | ހޯމަ 02:27
ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން

ކޮކާ-ކޯލާ އިން ކުރިއަށްގެންދާ "ކޯކް، ފުޑް އެންޑް ފުޓްބޯލް" ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ފުޓްބޯޅައަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށްޓަކައި ކޮކާކޯލާ އިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ވަނީ ހޮވައިފައެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މިޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު އައިޝަތު ނާއިފާ، ހުސެއިން ރިޔާޒު، ފަހީމާ ގާސިމް އަދި ފާތިމަތު ރަޝީދު އަށް ވަނީ އިނާމުގެ ގޮތުގައި ސްމާޓްފޯނާއި، 50 އިންޗީގެ ސްމާޓް ޓީވީ އަދި ކޮކާކޯލާ ލޯގޯ ޖަހާފައިވާ މިނީ ފްރިޖުތައް ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

ކޮކާ-ކޯލާއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެގެން ސްމާޓްފޯނާއި 50 އިންޗީގެ ޓީވީ އާއި މިނީ ފްރިޖު އަދި ކޯކުގެ ލޯގާ ޖަހާފައިވާ އެކި ހަދިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިން ހޮވާނެއެވެ. އެހެންކަމުން، މިއީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ކޮކާ-ކޯލާއިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.5 މީޓަރު އަދި 2 ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. އެގޮތުން، ޕްރޮމޯޝަނަށް ޚާއްސަކޮށްގެން ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތިޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އިނާމު ބަލައި ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ ކަމަށް ކޮކާ-ކޯލާއިން ބުނެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ ގެ ޚިދުމަތް ފޯރުކޮށްދެމުންދާތާ 135 އަހަރު ވަނީ ވެފައެވެ.

ކޮކާކޯލާ

އިތުރަށް ކިޔާލަން

05 މެއި 2024

ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް

05 މެއި 2024
ޔޫރޯގެ ފައިނަލް ބަލަން ޖަރުމަނަށް ދިއުމަށް ކޮކާ ކޯލާއިން ރަނުގެ ފުރުސަތެއް
23 ޖޫން 2023

ރާއްޖެއަށް "ޗަރޖްޑް" ތައާރަފުކޮށް، އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް

23 ޖޫން 2023
ރާއްޖެއަށް "ޗަރޖްޑް" ތައާރަފުކޮށް، އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަނެއް
16 އޮކްޓޯބަރު 2022

ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ

16 އޮކްޓޯބަރު 2022
ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކޮށްލަނީ
01 ސެޕްޓެމްބަރު 2022

ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި

01 ސެޕްޓެމްބަރު 2022
ކޮކާ ކޯލާއިން ފީފާ ވޯލްޑް ކަޕްގެ ޕްރޮމޯޝަން ފަށައިފި
30 ސެޕްޓެމްބަރު 2021

ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި

30 ސެޕްޓެމްބަރު 2021
ފެހި ކުލައިގެ ފުޅި ދޫކޮށް، ސްޕްރައިޓުން އެތެރެ ފެންނަ ފުޅިއަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު