Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް: ބައްސާމް

13 ސެޕްޓެމްބަރު 2021 | ހޯމަ 02:43

ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޯބަރު މަހުގެ 1-16 ގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 13 ސެޕްޓެމްބަރު 2021 | ހޯމަ 02:43
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ ބިޑް ރާއްޖޭން ކާމިޔާބުކޮށްފައިވަނީ ނޭޕާލާ ވާދަކުރުމަށްފަހުއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ފެށުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑް ކާމިޔާބުކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަރަށް ބޮޑު އެއްބާރުލުން ދެއްވި ކަމަށެވެ. އަދި މި ބިޑް ކާމިޔާބުކުރެވުނީ އެންމެން އެކުގައި ގުޅިގެން ކުރި މަސައްކަތުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ލިބުނު ވަގުތަކީ މުނާސަބު ވަގުތެއް ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދޮޅު އަހަރު ދިވެހި ރައްޔިތުން ވަރަށް އުނދަގޫ ދަތި ހާލުގައި ތަހަންމަލު ކޮށްފައިވާ ކަމަށާއި، ކުރިއަށް ފިޔަވަޅުތަކެއް އަޅާއިރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަކީ ދިވެހި ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ވެއްދުމަށް ކުރަންހުރި މަސައްކަތް އެފްއޭއެމުން ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕާއެކު ރާއްޖޭގެ އިގުތިސޯދު ބިނާވެފައިވާ ފަތުރުވެރިކަމަށްވެސް އޭގެ ސަބަބުން މަންފާތަކެއް ކުރާނެ ކަމަށާއި، އެގޮތުން ފުޓްބޯޅައިގެ ޒަރިއްޔާއިން ފަތުރުވެރިކަން ޕްރޮމޯޓުކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފުޓްބޯޅައިން ރާއްޖޭން ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި 12 ވަނަ ކުޅުންތެރިޔާގެ ކަމަށްވާ ދިވެހި ސަޕޯޓަރުންގެ ހިއްސާވާ ކަމަށާއި، އެހެންކަމުން މިފެށުނު ކެމްޕެއިނާއެކު އުއްމީދަކީ ގައުމީ ރޫހުގައި އެއްބައިވަންތަކަން މަތީ ދިވެހި ޓީމަށް ސަޕޯޓުކުރުމުގައި އެންމެން ތިބުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް ފަށާއިރު، މި މުބާރާތުގެ މެޗުތައް ކުރިއަށްގެންދާނީ ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ. މި އަހަރުގެ މުބާރާތަށް ރާއްޖެއިން ނުކުންނައިރު، އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މި މުބާރާތް ރާއްޖެއިން އެންމެ ފުރަތަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީ ލަންކާއާ ގުޅިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް