Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފި

12 ސެޕްޓެމްބަރު 2021 | އާދީއްތަ 16:29

ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޯބަރު މަހުގެ 1-16 ގެ ނިޔަލަށް

އަތޫފް އާތިފް
އަތޫފް އާތިފް | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 16:29
ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ރައީސް ޞާލިޙް ފައްޓަވައިދެއްވަނީ

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ރައީސް ޞާލިޙް ފައްޓަވައިދެއްވަނީ

މި އަހަރުގެ އޮކްޓޯބަރު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކެމްޕެއިން ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓުމަށް އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އިތުރުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ލޯންޗުކޮށްދެއްވީ ރައީސް ޞާލިޙެވެ.

މި ރަސްމިއްޔާތުގައި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލޯގޯ ދައްކާލިއިރު، އެ ލޯގޯގައި ވަނީ މަސްތަކެއް ބޭނުންކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމުން ވަނީ ބްރޭންޑެއް ކަނޑައަޅާފައެވެ. އެގޮތުން މި ބްރޭންޑުގައި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ދައްކުވާލައިދީފައިވާއިރު، މީގެ އިތުރުން "ސްނެޕާ" ގެ ނަމުން ނަންދީފައިވާ މެސްކޮޓެއްވެސް ވަނީ ދައްކާލާފައެވެ. އެފްއޭއެމުން ބުނީ ކެމްޕެއިންގެ ބްރޭންޑް އުސޫލުތައް ބޭނުންކޮށްގެން މި މުބާރާތުގެ ކެމްޕެއިން ހަރަކާތްތައް ކޮންމެ ބަޔަކަށްވެސް ބޭނުންކުރެވޭނެ ކަމަށެވެ.

މި އަހަރުގެ އޮފިޝަލް ތީމް ނަމެއްގެ ގޮތުގައި "މަގޭ މަހަލްދީބް" ނަން ބޭނުން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އެފްއޭއެމުން ބުނީ މަހަލްދީބް ބޭނުންކުރުމަށް ނިންމާފައިވަނީ އަވައްޓެރި ގައުމުތަކުން ރާއްޖެއަށް މުޚާތަބުކުރަނީ މަހަލްދީބުގެ ނަމުން ކަމަށްވާތީ ކަމަށެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިންގެ ސްލޯގަން އެއްގެ ގޮތުގައި ބޭނުންކުރާނީ، "ތިންވަނަ ފަހަރު، މީއެ ފަހަރު" އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރުގެ މުބާރާތް ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވިއިރު، ރާއްޖެއިން ވަނީ އެ ފަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވިއިރު، ރާއްޖެއިން ވަނީ ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބާއްވާއިރު، ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް