Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީގެ ޔޫތު ސީރީސް މުބާރާތްތައް

ޓިއުނީޝިއާ މުބާރާތުގައި ދީމާ ވާދަކުރާނެ

އޮކްޓޯބަރު މަހު އޮމާނުގައި ބާއްވާ މުބާރާތުގައިވެސް ވާދަކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 15:10
ރާއްޖޭގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީ

ރާއްޖޭގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީ

ވިސާގެ ކަންކަން ހަމަޖެހި ޓިއުނީޝިއާގައި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ރާއްޖޭގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީ ވާދަކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ދަށުން މި އަހަރު ބާއްވާ ތިން މުބާރާތެއްގައި ދީމާ ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތާއި، ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގެ އިތުރުން އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައެވެ.

އޭގެ ތެރެއިން ޓިއުނީޝިއާ މުބާރާތާއި ޕޯޗުގަލް މުބާރާތް އޮންނާނީ މި މަހުއެވެ. އެގޮތުން ޓިއުނީޝިއާ މުބާރާތް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާއިރު، ޕޯޗުގަލް މުބާރާތް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަށްފަހު އޮމާން މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓިއުނީޝިއާ މުބާރާތުގައި ދީމާ ވާދަކުރާއިރު، ވިސާގެ ކަންކަން މިހާތަނަށްވެސް ހަމަޖެހިފައި ނުވާތީ ޕޯޗުގަލް މުބާރާތުގައި ދީމާއަށް ވާދަކުރެވޭނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ވިސާގެ ކަންކަން ހަމަޖެހި ޓިއުނީޝިއާ މުބާރާތުގައި ދީމާ ވާދަކުރާނެ ކަމަށެވެ. އެކަމަކު ޕޯޗުގަލަށް ދާން އަދި ވިސާ ހަމަޖެހިފައި ނުވާ ކަމަށާއި، މިހާރު މަސައްކަތްކުރަނީ ޓިއުނީޝިއާއަށް ގޮސް، އެ ގައުމުގެ އެމްބަސީ މެދުވެރިކޮށް ޕޯޗުގަލުގެ ވިސާގެ ކަންކަން ހަމަޖެއްސުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ދީމާއަށް ޕޯޗުގަލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އައްޔަ ވިދާޅުވިއެވެ.

މި އަހަރު ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ތިން މުބާރާތެއްގައި ދީމާ ބައިވެރިކުރަން މަސައްކަތްކުރަމުން އަންނައިރު، މި މުބާރާތްތަކުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގެރީގައެވެ.

ވޯލްޑް ރޭންކިންގެ ކުރީގައި ހިފަހައްޓަން ދީމާ މަސައްކަތްކުރަމުން އަންނައިރު، މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެކަމަކު މިހާރު ދީމާ އޮތީ ރޭންކިންގެ 11 ވަނައިގައެވެ.

ޓީޓީގައި ދީމާގެ ވިދުން ގަދަވެފައިވާއިރު، އޭނާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއެވެ.

އެކަމަކު އޭގެ ފަހުން ދީމާ ރާއްޖެ ބަދަލުވިއިރު، ގައުމީ ފެންވަރުގައި މީގެ ހަތަރު އަހަރު ކުރިން ޓޭބަލް ޓެނިސް ކުޅެން ފެށި ދީމާ މިހާތަނަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އުމުރުން އެންމެ 11 އަހަރުގައި އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑެއްޔާއެކު، އައިއޯއައިޖީގައި އެންމެ ކާމިޔާބު ދިވެހި އެތުލީޓަށް ދީމާ ވެގެންދިޔައެވެ.

އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ މީގެ ކުރިން ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ހޯދިއެވެ. އަދި މިހާރު އޭނާގެ އަމާޒަކީ އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބީއެއް ހޯދުން ކަމަށް ދީމާ ވަނީ ބުނެފައެވެ.

ފާތިމަތު ދީމާ އަލީޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު