Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލައިންގ ސްކޫލް

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

ރިފަންޑް ލިބޭނެ ގޮތެއް އޮތްތޯ ބަލައި ދޭނެ ކަމަށާއި، އެހާ ހިސާބުން އެ ދަރިވަރެއްގެ ކޯސް ޑްރޮޕް ކޮށްލަން ޖެހޭނެކަމަށް ވިދާޅުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 14:02
އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަމުންދާ ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެވިޑް ކޮލެޖާ ހިއްސާ ކުރުމުން އެދެވޭ ހައްލެއް ނުލިބުނު ކަމަށް ދަރިވަރުން ބުނެފިއެވެ.

ގާތްގަނޑަކަށް ވިއްސަކަށް ދަރިވަރުން ހިމެނޭ ގޮތަށް އެވިޑް ކޮލެޖްގެ އިސްވެރިންނާ ބައްދަލުކުރީ އެ ކޮލެޖުން، އޭ.އޭ.އޭ މެނޭޖްކުރުމަށް ސޭލްސް ޕަރޗޭސް އެގްރީމެންޓެއް ހަދައި، އެ އެއްބަސްވުމުގެ ދަށުން އައްޑޫ ފްލައިންގ ސްކޫލު ހިންގުމާ ހަވާލުވާން މަސައްކަތްކުރަމުން ދަނިކޮށެވެ. އެގްރިމެންޓެއް ހެދި ނަމަވެސް އެވިޑް ސްކޫލް އޮފް އޭވިއޭޝަންގެ ފެކަލްޓީގެ ނަމުގައި އެވިޑް ކޮލެޖުން ހިންގަން ނިންމާފައިވާ އައްޑޫ ފްލައިންގ ސްކޫލްގެ އެއްވެސް ކަހަލަ ލައިސެންސްއެއް ހޯދުމަށް އެ ކޮލެޖުން މިހާތަނަށް ސަރުކާރުގެ ރަސްމީ އިދާރާއެއްގައި އެދިފައެއް ނުވެއެވެ.

Advertisement - newsAdvertisement

ދަރިވަރުން ބުނީ، އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤް ރަޝާދު ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންގެ ހުރި ގިނަ ކަންބޮޑުވުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވި ނަމަވެސް އެ ކަންބޮޑުވުންތަކަށް އެއްވެސް ކަހަލަ ހައްލެއް ލިބުމުގެ ކޮޅުމައްޗެއް އަދި ނެތް ކަމަށާއި ދަރިވަރުން އުފުލި ޝަކުވާތަކަށް އެވިޑް ކޮލެޖުގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.

އަދި ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ނުދެވުނުކަން ވެސް ދަރިވަރުން ފާހަގަކުރިއެވެ. ދަރިވަރުން ވަނީ އެ ކުދިން ކިޔެވުމަށްޓަކައި އޭ.އޭ.އޭ.އަށް ދައްކާފައިވާ ފައިސާގެ ރީފަންޑް ލިބޭނޭ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައެވެ. ފައިސާ ލިބޭނެތޯ ދަރިވަރުން ކުރި ސުވާލުގެ ޖަވާބުގައި މުޝްތާޤް ވިދާޅުވެފައިވަނީ ދަރިވަރުން ވަކިވަކިން ރިފަންޑަން އެދުމުން އެ ލިބޭނެ ގޮތެއް އޮތްތޯ ބަލައި ދޭނެ ކަމަށާއި، އެހާ ހިސާބު އެ ދަރިވަރެއްގެ ކޯސް ޑްރޮޕް ކޮށްލަން ޖެހޭނެ ކަމަށެވެ. ދަރިވަރުން ބުނީ، މިހާތަނަށް އޭ.އޭ.އޭ.އަށް ފައިސާ ދައްކައިގެން ކިޔެވުން ފުރިހަމަ ނުވެ މިދިޔަ ދުވަސްތަކަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އަދި ރީފަންޑުގެ މައްސަލައިގައި ދަރިވަރުން އެވިޑް ކޮލެޖަށް އީމެއިލް ކުރުމަށްވެސް އެދުނެވެ.

މީގެ އިތުރުން ވެސް އެވިޑް ކޮލެޖުން އޭ.އޭ.އޭ.އާ ހަވާލުވުމަށްފަހު ދަރިވަރުންނަށް މޮކް އިމްތިހާނެއް ހަދަން ދޭން އުޅުމުން އެކަމުގެ ކަންބޮޑުވުން ވެސް ދަރިވަރުން ހިއްސާކުރިއެވެ. އަދި އައްޑޫގައި ސްކޫލް ހިންގޭނެ ފުރުސަތެއް ނެތް ކަމަށާއި އެތަނުގައި ކުދިންގެ ކޯސް ނިންމަން ބޭނުންވާ މަތިންދާބޯޓެއް ނެތްކަމުގެ ޝަކުވާ ވެސް ދަރިވަރުން ވަނީ އުފުލައިފައެވެ.

މުޝްތާޤް ވިދާޅުވެފައިވަނީ، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިންގ ސްކޫލް ހިންގަމުން އައި ތަން ހުސްކުރުމަށް އަންގާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، އެވިޑާއެކު ރަސްމީ މަޝްވަރާތަކެއް ކޮށްފައި ނުވާ ކަމަށާއި، ނުރަސްމީ ވާހަކަތަކުގެ ތެރެއިންވެސް ދެން އިތުރު މުއްދަތެއް ދެވެން ނެތްކަމަށް އަންގާފައިވާނެ ކަމަށެވެ.

އެވިޑް ކޮލެޖުން އައްޑޫ ނޫން އެހެން ތަނެއްގައި ފްލައިންގ ސްކޫލު ހިންގަން ވިސްނާ ކަމަށްވެސް މި ބައްދަލުވުމުގައި މުޝްތާގް ފާހަގަކުރެއްވިއެވެ. އެވިޑް ކޮލެޖުން މިހާރު ތިބީ ސަރުކާރުން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިޝާރާތެއް ކުރަންދެން ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫ ފްލައިންގ ސްކޫލްގެ އޮޑިޓެއް މިހާރު ކުރިއަށްދާއިރު ސެޕްޓެމްބަރުގައި ނިމޭނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ އިވެލުއޭޝަން މަސައްކަތް ކަމަށާއި، ރިޕޯޓް ސެޕްޓެމްބަރު މަހު އާންމު ކުރާނެ ކަމަށެވެ. އޭޭ.އޭ.އޭ.ގެ އޮޑިޓް ފަށާފައިވަނީ މެއި މަހުގެ 16ވަނަ ދުވަހުއެވެ. އޮޑިޓް ނިންމުމަށް ޖޫން މަހުގެ 16ވަނަ ދުވަސް ކަނޑައަޅާފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އޮޑިޓްގެ މަސައްކަތްތައް ނުނިމެއެވެ.

ރައީސް އޮފީހުން ބުނީ، އޮޑިޓް ނިމުމުން ރެކޮމެންޑޭޝަނަށް ބަލައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެވިޑްގެ ދަށުން އައްޑޫ ފްލައިންގ ސްކޫލް ހިންގުމަށް ސިވިލް އޭވިއޭޝަން ގަވާއިދުގެ ތެރެއިން ހުއްދަ ހޯދުމަށް އެވިޑް ކޮލެޖަށް އަންގާފައިވާނެކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނީ، އެވިޑް ކޮލެޖާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އޭ.އޭ.އޭ.ގެ އެކައުންޓަބަލް މެނޭޖަރ އަކްބަރު ޖީވަންޖީ ބަދަލުކުރުމަށް ޖޫން މަހުގެ ތެރޭގައި އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ސިވިލް އޭވިއޭޝަން ގަވާއިދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ އޭނާ ބަދަލުކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.

ސަރުކާރުން މޯލްޑިވިއަންގެ ފްލައިންގ ސްކޫލް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެކަމާގުޅޭ ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ފްލައިންގ ސްކޫލް ހިންގުމަށް އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސްއަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ދީފައިވާ ބިމުގެ އެގްރީމެންޓް މުއްދަތު ހަމަވެ މިހާރު އެތަން ހުސްކުރަން ވަނީ އަންގާފައެވެ. އެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވަނީ ނިންމާފައެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ.

ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ. މައްސަލައިގެ ފުރަތަމަ އަޑު އެހުމަށްފަހު އިތުރު އަޑު އެހުމެއް ބާއްވާފައެއް ނުވެއެވެ.

ފްލައިން ސްކޫލްއައްޑޫ ފްލައިން ސްކޫލްއެވިޑް ކޮލެޖް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

01 އޯގަސްޓު 2022
ފްލައިން ސްކޫލުގެ ކިޔެވުން ފަށައިފި

ފްލައިން ސްކޫލުގެ ކިޔެވުން ފަށައިފި

10 ޖެނުއަރީ 2022
ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!

ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!

09 ޖެނުއަރީ 2022
ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ ކަންކަން މި މަސްތެރޭ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކުރެވޭނެ: މިހާދު

ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ ކަންކަން މި މަސްތެރޭ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކުރެވޭނެ: މިހާދު

14 އޮކްޓޯބަރު 2021
އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ

އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ

10 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު