Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ފްލައިން ސްކޫލް

އައްޑޫ ފްލައިން ސްކޫލްގެ އޮޑިޓް އަދިވެސް ނުނިމޭ

މެއި މަހުގެ 16އިން ފެށިގެން އޮޑިޓް ކުރިއަށް ދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 02:53
އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިން ސްކޫލް އެވިޑްގެ ދަށުން ހިންގުމަށް ސިވިލް އޭވިއޭޝަން ގަވާއިދުގެ ތެރެއިން ހުއްދަ ހޯދުމަށް އެވިޑް ކޮލެޖަށް އަންގާފައިވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، އެވިޑް ކޮލެޖާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އޭއޭއޭގެ އެކައުންޓަބަލް މެނޭޖަރ، އަކްބަރު ޖީވަންޖީ ބަދަލުކުރުމަށް ޖޫން މަހުގެ ތެރޭގައި އަންގާފައިވާނެ ކަމަށެވެ. އެހެންނަމަވެސް ސިވިލް އޭވިއޭޝަން ގަވާއިދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ، އޭނާ ބަދަލުކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގު ހޯދުމަށް ފިޔަވަޅުތަކެއް އަޅުއްވަން މެއި މަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވައި އެކަން އިއުލާން ކުރެއްވިއެވެ. އޭގެތެރޭގައި އޭއޭއޭގެ އޮޑިޓެއް ހެދުން ވެސް ހިމެނެއެވެ. ރައީސް އޮފީހުން ބުނީ މެއި މަހުގެ 16 ވަނަ ދުވަހު އޮޑިޓް ކުރުމުގެ މަސައްކަތް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފަށާފައިވާ ކަމަށެވެ. ޖޫން 16ގެ ނިޔަލަށް އޮޑިޓް ނިންމަން ކަނޑައަޅާފައި އޮތް ނަަމަވެސް އޮޑިޓްގެ މަސައްކަތް ނުނިމޭ ކަމަށާއި، އަދިވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އޮޑިޓް ނިމުމުން ރެކޮމެންޑޭޝަނަށް ބަލައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން މޯލްޑިވިއަންގެ ފްލައިން ސްކޫލް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްފައިވާކަމަށް ރައީސް އޮފީން މައުލޫމާތު ދެއެވެ.

ފްލައިން ސްކޫލް ހިންގުމަށް އޭޝިއަން އެކެޑަމީ އޮފް އެއިރޮނޮޓިކްސްއަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ދީފައިވާ ބިމުގެ އެގްރީމެންޓް މުއްދަތު ހަމަވެ މިހާރު އެތަން ހުސްކުރަން ވަނީ އަންގާފައެވެ. އެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވަނީ ނިންމާފައެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ.

ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ.

އައްޑޫ ފްލައިން ސްކޫލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ ކަންކަން މި މަސްތެރޭ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކުރެވޭނެ: މިހާދު

ފްލައިން އެކެޑެމީ މެނޭޖްކުރުމުގެ ކަންކަން މި މަސްތެރޭ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑަމީއާ ހަވާލުކުރެވޭނެ: މިހާދު

14 އޮކްޓޯބަރު 2021
އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ

އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ ކިޔެވުން އަންނަ ޑިސެމްބަރުމަހު ފަށަން ތައްޔާރުވަނީ

10 އޮކްޓޯބަރު 2021
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

10 ސެޕްޓެމްބަރު 2021
އައްޑޫ ފްލައިންގ ސްކޫލްގެ އޮޑިޓް ސެޕްޓެމްބަރުގައި ނިމޭނެ - އޮޑިޓް އޮފީސް

އައްޑޫ ފްލައިންގ ސްކޫލްގެ އޮޑިޓް ސެޕްޓެމްބަރުގައި ނިމޭނެ - އޮޑިޓް އޮފީސް

31 އޯގަސްޓު 2021
އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު