Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލައިން ސްކޫލް

އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

18 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:56

ސަރުކާރުން ކަންތައް ކޮށް ނުދެނީ ކަމަށްބުނެ އެވިޑުން ދައްކަނީ ރަނގަޅު ވާކައެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:56
އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް

އައްޑު ފްލައިންގ ސްކޫލުގައި ބޭނުންކުރި ބޯޓެއް

އެވިޑުން އޭއޭއޭ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފިއެވެ.

އެވިޑްގެ މެނޭޖްމެންޓުން ދައިވަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެކަން ދަރިވަރުންނާ ހިއްސާ ކުރަކުރަމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝާތާގު ރަޝާދު ވިދާޅުވީ އެ ކޮލެޖަށް އެއްބަސްވުން އުވާލަން ޖެހުނީ ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވިދާނެތީ ކަމަށެވެ.

ކިޔެވުން ކުރިއަށްގެންދެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި އެކަމަށް ދެ މަސް ދުވަހުގެ ތެރޭގައި މިލިއަނުން ރުފިޔާ ޚަރަދުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެބައްދަލުވުމުގައި ދަރިވަރުން ބުނީ ސަރުކާރުން ކަންތައް ކޮށްނުދެނީ ކަމަށް ބުނެ އެވިޑުން ދައްކަނީ ރަނގަޅު ވާކައެއް ނޫން ކަމަށެވެ. އެވިޑުން އެ މައްސަލަ ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އެބައްދަލުވުމުގައި ބައިވެރިވި ދަރިވަރުން ބުނީ އެވިޑުން މަސައްކަތްކުރީ ދަރިވަރުންނަށް އޮޅުވާލަން ކަމަށެވެ. އަދި ބައެއް ދަރިވަރުންގެ ކެރިއަރ ބަންދު ކުރުމުގެ މަސައްކަތްވެސް ކުރިކަން ސާބިތުވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބައްދަލުވުން ނިންމާލުމަށްފަހު ވަކި ދަރިވަރަކަށް ނިސްބަތްކޮށް އެއީ އެއްވެސް ޑިސިޕްލިންއެއް ނެތް ދަތިވަރެއްކަން އެެއަރލައިންތަކާ ހިއްސާކުރާކަމަށް ބުނެފައިވާ ކަމަށެެވެ. އެވާހަކަ ހޮނިހިރު ދުވަހު އޮތް ބައްދަލުވުމުގައި ހިއްސާކުރުމުން އެހެން ވިދާޅުނުވާ ކަމަށް ބުނެ އޮންލައިންކޮށް ބައިވެރިވި ދަތިވަރުންގެ ލައިން ޑިސްކަނެކްޓް ކޮށްލާފައިވާ ކަމަށެވެ.

އެއްވެސް ދަރިވަރަކާ ޒާތީ ނުވާނެ ކަމަށް ބުނެ މި ގޮތަށް އިންޒާރު ދިނުން ބަލައި ނުގަނެވޭ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ދަރިވަރުން ވަނީ ބުނެފައެވެ.

އޭއޭއޭގެ ހާލަތު ގޯސްވެ ދަރިވަރުންގެ ކިޔެވުން ހުއްޓިފައިވަނިކޮށް އެ ތަނުގެ ހިންގުމާ އެވިޑުން ހަވާލުވީ ޖޫން މަހުއެވެ. އޭގެ ފަހުން، ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަމުން އައީ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ.

ފްލައިން ސްކޫލްއެވިޑް ކޮލެޖް

އިތުރަށް ކިޔާލަން

01 އޯގަސްޓު 2022

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

01 އޯގަސްޓު 2022
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2022

ފްލައިން ސްކޫލުގެ ކިޔެވުން ފަށައިފި

10 ޖެނުއަރީ 2022
ފްލައިން ސްކޫލުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2022

ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!

09 ޖެނުއަރީ 2022
ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!
10 ސެޕްޓެމްބަރު 2021

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

10 ސެޕްޓެމްބަރު 2021
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު
10 އޯގަސްޓު 2021

އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟

10 އޯގަސްޓު 2021
އެވިޑް ކޮލެޖުން އޭއޭއޭ ހިމާޔަތް ކުރަނީ ކީއްވެ؟
08 އޯގަސްޓު 2021

އޭއޭއޭގެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފި

08 އޯގަސްޓު 2021
އޭއޭއޭގެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފި
08 ޖޫން 2021

ފްލައިން ސްކޫލުގެ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

08 ޖޫން 2021
ފްލައިން ސްކޫލުގެ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި
11 މެއި 2021

ފްލައިން ސުކޫލުގެ މައްސަލައާ ގުޅިގެން ރައީސްގެ ފިޔަވަޅުތަކެއް

11 މެއި 2021
ފްލައިން ސުކޫލުގެ މައްސަލައާ ގުޅިގެން ރައީސްގެ ފިޔަވަޅުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް