ކ. މާލެ
|
9 ޖެނުއަރީ 2022 | އާދީއްތަ 17:33
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް
ފްލައިންގ ސްކޫލުގެ ކިޔެވުން
ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!
 
ފުރިހަމައަށް ވަނީ ތައްޔާރުވެފައި
 
މުއައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދޭ
 
ފުރަތަމަ ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް

ފްލައިންގ ސްކޫލުގެ ކިޔެވުން ޖެނުއަރީ 10ގައި ފެށޭނެ ކަމަށާއި، ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލެއް ވިދާޅުވީ، ރާއްޖޭގައި ފްލައިންގ ސްކޫލެއް ހިންގުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ ކުންފުންޏަށް މުއައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިންޖިނިއަރިންގ 6 މުއައްޒަފުން، އެޑްމިންއަށާއި ފައިނޭންސްގެ ޑިމާޕްމެންޓަށް މުއައްޒަފުން ނަގާނެ ކަމަށެވެ. އަދި ޒިންމާދާރު ވެރިއެއް ނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މުއައްޒަފުން ނަގަނީ މަދުންކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، އައިލޭންޑް އޭވިއޭޝަންގައި މަސައްކަތްކުރާ މުއައްޒަފުންނާއި އެމްއެންޔޫގެ މުއައްޒަފުން ބޭނުންކުރާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ޖެނުއަރީ 10 ވަނަ ދުވަހު ކްލާސްތައް ފެށޭނެ ކަމަށެވެ. އަދި ފުރަތަމަ ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ކުންފުންޏެއްގެ ދަށުން ފްލައިން ސްކޫލުގެ ކިޔެވުން މިފެނީ އައްޑޫގައި ހިންގި ފްލައިންގ ސްކޫލް ހުއްޓި އެތަނުގައި ކޯސް ހަދަމުން އަންނަ ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތާ އެތަކެއް މަސްތަކެއް ވެފައިވަނިކޮށްށެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ، އޭއޭއޭގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު އޭރު ބައްދަލުވުމެއް ވެސް ބޭއްވިއެވެ. މި ބައްދަލުވުމުގައި އޭއޭއޭގެ ދަރިވަރުން ވަނީ އެ ދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ.

އެ ދަރިވަރުން ބުނީ ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ، އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ވެސް އެބަހުރި ކަމަށެވެ. އެކަމާ ގުޅޭގޮތުން ރައީސް ވަނީ ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
50%
0%
0%
0%
ކޮމެންޓް