Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލައިން ސްކޫލް

ފްލައިން ސްކޫލުގެ ކިޔެވުން ފަށައިފި

ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2022 | ހޯމަ 14:36
ފްލައިންގ ސްކޫލުގެ އޮންލައިން ޓްރެއިނިންގ ސެޝަންގެ ތެރެއިން

ފްލައިންގ ސްކޫލުގެ އޮންލައިން ޓްރެއިނިންގ ސެޝަންގެ ތެރެއިން

ފްލައިން ސްކޫލުގެ ކިޔެވުން ޖެނުއަރީ 10 ގައި ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ފުރަތަމަ ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ކަމަށެވެ. އަދި މިއީ ސީއޭއޭ އެޕްރޫވްކޮށްފައިވާ ކޯހުގެ ދަށުން ފްލައިޓް ޓްރެއިނިން އޮންލައިންކޮށް ކިޔަވައިދޭ ފުރަތަމަ ފަހަރު ކަމަށް ވެސް އެކުންފުނިން ބުންޏެވެ. އައު ކުންފުންޏެއްގެ ދަށުން ފްލައިން ސްކޫލުގެ ކިޔެވުން ފަށާފައިވަނީ އައްޑޫގައި ހިންގި ފްލައިން ސްކޫލް ހުއްޓި އެތަނުގައި ކޯސް ހަދަމުން އަންނަ ދަރިވަރުންގެ ކިޔެވުން މެދުކެނޑިފައިވާތާ އެތަކެއް މަސްތަކެއް ވެފައިވަނިކޮށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލެއް ވިދާޅުވީ، ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގުމަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ ކުންފުންޏަށް މުއައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިންޖިނިއަރިންގ 6 މުއައްޒަފުން، އެޑްމިންއަށާއި ފައިނޭންސްގެ ޑިމާޕްމެންޓަށް މުއައްޒަފުން ނަގާނެ ކަމަށެވެ. އަދި ޒިންމާދާރު ވެރިއެއް ނަގާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. މުއައްޒަފުން ނަގަނީ މަދުންކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، އައިލޭންޑް އޭވިއޭޝަންގައި މަސައްކަތްކުރާ މުއައްޒަފުންނާއި އެމްއެންޔޫގެ މުއައްޒަފުން ބޭނުންކުރާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭއޭއޭގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު އޭރު ބައްދަލުވުމެއް ވެސް ބޭއްވިއެވެ. މި ބައްދަލުވުމުގައި އޭއޭއޭގެ ދަރިވަރުން ވަނީ އެ ދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އެ ދަރިވަރުން ބުނީ ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ، އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ވެސް އެބަހުރި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވަނީ ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ.

ފްލައިން ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

01 އޯގަސްޓު 2022
ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!

ފްލައިންގ ސްކޫލުގެ ކިޔެވުން މާދަމާ ފަށަނީ!

09 ޖެނުއަރީ 2022
އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

އޭއޭއޭގެ މައްސަލަ ހައްލު ނުވާނެކަން ޔަގީންވެ އެވިޑުން އަމާން ދީފި

18 ސެޕްޓެމްބަރު 2021
ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުނު

10 ސެޕްޓެމްބަރު 2021
އޭއޭއޭގެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފި

އޭއޭއޭގެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފި

08 އޯގަސްޓު 2021

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު