Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ފްލައިން ސްކޫލް

އޭއޭއޭގެ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފި

އެވިޑް ކޮލެޖުން ވެސް ނުރަސްމީ މަޝްވަރާގެ ތެރެއިން ވެސް އެދިފައިވަނީ، އޭއޭއާއެކު އޮތް އެއްބަސްވުން އައު ކުރުމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2021 | އާދީއްތަ 07:13
އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް އިން ބޭނުންކުރި ބައެއް ފްލައިޓްތައް

އޭޝިއަން އެކެޑަމީ އޮފް އެއިރޮނޯޓިކްސް އިން ބޭނުންކުރި ބައެއް ފްލައިޓްތައް

އައްޑޫ ފްލައިންގ ސްކޫލާއެކު ވެފައިވާ އެއްބަސްވުން އައު ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމައިފިއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވީ، އޭޝިއަން އެކެޑަަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) އާއެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ޖުލައި މަހުގެ 31ށް ވަނީ ހަމަވެފައެވެ. ގައިސް ވިދާޅުވީ، 2018 ވަނަ އަހަރު ވެސް އެއްބަސްވުން އައު ނުކުރުމަށް ބޯޑުން ނިންމި ނަމަވެސް، އެ އަހަރު ވެސް އޭއޭއޭގެ އެދުމުގެ މަތިން އެއްބަސްވުން އައު ކޮށްދިން ކަމަށެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އަނެއްކާވެސް ދަރިވަރުންގެ ކޯސް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތު ބޭނުން ކަމަށް ބުނުމުން އެ މުއްދަތު ވެސް އޭއޭއޭއަަށް ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުންވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު ހަވާލުވެފައެވެ. އެއާއެކު ބައެއް ތަމްރީނުތައް ވެސް މިހާރު ވަނީ ފަށާފައެވެ.

ގައިސް ވިދާޅުވީ، އެވިޑް ކޮލެޖުން ވެސް މިހާތަނަށް ރަސްމީ މަޝްވަރާއެއް މިކަމުގައި ކޮށްފައި ނުވާ ކަމަށެވެ. އެވިޑް ކޮލެޖުން ވެސް ނުރަސްމީ މަޝްވަރާގެ ތެރެއިން ވެސް އެދިފައިވަނީ، އޭއޭއޭއާއެކު އޮތް އެއްބަސްވުން އައު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން އެހެންވާން ނެތްކަމަށް އެ ކޮލެޖަށް ވެސް އަންގާފައިވާނެ ކަމަށް ގައިސް ވިދާޅުވިއެވެ.

އޭއޭއޭއިން ފްލައިން ސްކޫލް ހިންގުމަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ދަންކަންޖެހޭ ފައިސާ މިހާތަނަށް ހަމައަށް ދައްކަމުން ނާންނަ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު ކުރިއަށްދެއެވެ.

ބަދަލު ހޯދަން ހުށަހެޅީ އެ ސްކޫލުގައި ކިޔަވަމުންދާ 48 ދަރިވަރެކެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޝަރީއަތުން ކަނޑައަޅާ ބަދަލު ލިބެންދެން، އޭއޭއޭގެ އެއްވެސް މުދަލެއް ވިއްކާލުން ނުވަތަ ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެހެން ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެހެން ބޭންކުތަކަށް އަމުރު ކުރުމަށާއި، ކުންފުނި އުވާލުމުގެ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދިޔުމަށެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެ ނިންމުމުގައިވަނީ، މައްސަލައިގެ ދައުވާގައި އޭއޭއޭގެ އެއްވެސް މުދަލެއް ހޯދުމަށް އެދިފައި ނުވާ ކަމަށާއި، އެދިފައިވަނީ، ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. މައްސަލަ ރައްދުވާ ފަރާތަކީ ބޭރުގެ ފަރާތްތަކެއްގެ ހިއްސާ އޮންނަ ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މުދަލާއި ވަސީލަތްތައް ރާއްޖޭގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ހުރި ކަމަށާއި، އެ ތަކެތި ރާއްޖޭގެ އހުތިސާސް ހިނގާ ސަރަހައްދުން ބޭރަށް ބަދަލުކުރަން ނުވަތަ ވިއްކާލަން މަސައްކަތް ކުރަމުންދާކަން ޝަރީއަތަށް އަދި އެނގެން ނެތްކަމަށެވެ. އެހެންކަމުން އަމުރު ނުނެރުމުގެ ސަބަބުން ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.

އޭއޭއޭގެ މައްޗަށް ދައުވާ ސާބިތުވެ، ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ފަށާއިރު، މުދާ ވިއްކާލައި، ނުވަތަ މިލްކުވެރިކަން ބަދަލުކޮށްފައިވާނަމަ، އެ އެއްބަސްވުން ކޯޓަށް ބާތިލް ކުރެވޭނެ ކަމަށް ވެސް ނިންމުމުގައި ވެއެވެ.

މައްސަލަ ނިމި، ހުކުމް ކުރުމުގެ ކުރިން އޭއޭއޭގެ މުއާމަލާތްތައް ހުއްޓުވައި، ފައިސާގެ މުއާމަލާތްތައް ހުއްޓުވަައިފި ނަމަ އެ ކުންފުނީގެ ވިޔަފާރިއަށް ހުރަސް އެޅިދާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެފަދަ އަމުރެއް ނެރެދީފިނަމަ ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އެފަދަ އަމުރެއްގެ ސަބަބުން ބޮޑަށް ގެއްލުމާއި އުނދަގޫވާނީ އޭއޭއޭއަށް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ކަމެއް ވަގުތީ އަމުރަށް އެދުނު ފަރާތުން ހުށަހަޅާފައި ނުވާތީ، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ސިވިލް ކޯޓުގައި ދަރިވަރުން އެދިފައިވަނީ، އޭއޭއޭއިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، ތަމްރީނުތަކުގެ ނަމުގައި ނުހައްގުން ފައިސާ ނަގާފައިވާތީ އެ ފައިސާ ހޯދުމަށެވެ.

ތަމްރީނުދިނުމަށް އެކަށީގެންވާ ފެންވަރުގެ ޓްރޭނިންގ އެއާކްރާފްޓް ނެތުމުގެ ސަބަބުން އެކިފަހަރުގެ މަތިން އެހެން އެއާކްރާފްޓްތައް ބޭނުންކުރަން މަޖުބޫރުކުރުމުންނާއި އެކަމުގެ ސަބަބުން އެކަމަށް އިތުރަށް ދޭން ޖެހުނު ފައިސާއަކީ އޭއޭއޭއިން އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ވެސް އެދިފައިވެއެވެ.

ދައުވާގައި ދަރިވަރުން އިތުރަށް އެދިފައިވަނީ ޕައިލެޓްކަން ކިޔެވުމަށް އޭއޭއޭއަށް ދަރިވަރުން ދެއްކި 1,835,090.12 ޑޮލަރު، އެއީ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދަރިވަރުންނަށް ނަގައިދޭން ޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ފްލައިން ސްކޫލްގަން އިންޓަރނޭޝަނަލް އެއަރޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

ފަޔަރ ޓްރަކު ހަލާކުވެގެން ބަންދުކުރި ފުވައްމުލަކު އެއަރޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

03 ސެޕްޓެމްބަރު 2025
ގަމަކީ ރާއްޖޭގެ މުގޫ، ރާއްޖެ ތަރައްގީކުރެވޭނީ ގަން ތަރައްގީކޮށްގެން - އަސްލަމް

ގަމަކީ ރާއްޖޭގެ މުގޫ، ރާއްޖެ ތަރައްގީކުރެވޭނީ ގަން ތަރައްގީކޮށްގެން - އަސްލަމް

04 ޖޫން 2023
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މުޅި ދެކުނުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް: ގައިސް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ މުޅި ދެކުނުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް: ގައިސް

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު