Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީޖަނަލް ކޮމިޓީ ބައްދަލުވުން

ސިއްޙީ ދާއިރާގެ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާ ގުޅޭ ގަރާރެއް

10 ސެޕްޓެމްބަރު 2021 | ހުކުރު 08:49

މިއީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2021 | ހުކުރު 08:49
ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ސިއްޙީ ދާއިރާގެ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާ ގުޅޭ ގަރާރެއްގައި ރާއްޖެއިން ވެސް ސޮއިކޮށްފިއެވެ.

މި ގަރާރުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މި މަހުގެ 6ން 10ށް ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މި ސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި، ޚާއްޞަ މަންދޫބުންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑައިރެކްޓަރ ޖެނެރަލްގެ އިތުރުން މި ސަރަޙައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެވަޑައިގެންފައިވާކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހެލްތް މިިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސަރަޙައްދުގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމުނު މި ބައްދަލުވުމުގައި، ބައިވެރިން ވަނީ ކޮވިޑް-19ގެ ޙާލަތުގައި ޞިއްޙީ ދާއިރާއިން ދެމުންގެންދާ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް، ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ޓަކައި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ ޚާއްޞަ ޤަރާރެއްގައި ސޮއިކުރައްވާފައެވެ. މި ޤަރާރުގެ ސަބަބުން ކޮވިޑް-19 ފަދަ އާލަމީވަބާގެ ޙާލަތްތަކުގައި ޞިއްޙީ، އަދި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް މެންބަރު ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން ދެމުންގެންދާ އެހީ މިހާރަށްވުރެ ފުޅާކުރެވިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

އޭގެ އިތުރުން، މި ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކްޓިވް ބޯޑުގައި، މެއި 2022 ން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ ތަމްޞީލްު ކުރުމަށާއި، ޕްރޮގްރާމް ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ކޮމެޓީގައި ހަމަ އެ މުއްދަތުން ފެށިގެން މި ސަރަޙައްދު ތަމްޞީލްކުރުމަށް ދިވެހިރާއްޖޭގެ ނަން މި ސަރަޙައްދުގެ މެމްބަރު ޤައުމުތަކުން ނޮމިނޭޓް ކޮށްފައިވާކަން ވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ޞިއްޙީ ދާއިރާގެ ގިނަ މަޢުޟޫތަކަށް މަޝްވަރާކޮށް، 75 ވަނަ ވަރލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުމަށްޓަކައި ނިންމުންތަކެއް ވެސް ނިންމާފައިވާއިރު، އޭގެ ތެރޭގައި، އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ފަދަ ބަލިތައް ފެތުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭންތަކާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، އެކަން ކޮންޓްރޯލްކުރުމަށް ޓަކައި ޤައުމުތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ޞިއްޙީ ދާއިރާއިން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުން ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޑަބްލިޔުއެޗްއޯޑަބްލިއު އެޗްއޯ މޯލްޑިވްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
08 ޖުލައި 2025

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ
07 ޖޫން 2025

ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖޫން 2025
ކާބޯތަކެތީގެ ރައްކާތެރި ކަމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
06 އެޕްރީލު 2024

"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"

06 އެޕްރީލު 2024
"ދިރިހުއްޓަސް ދިރުމެއް ނެތް، ފުރާނަ ހުއްޓަސް ރޫޙެއް ނެތް"
20 މާރިޗު 2024

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް
01 ނޮވެމްބަރު 2023

ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ

01 ނޮވެމްބަރު 2023
ޖުޒާމްބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް