Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިން

އިންޑިއާއިން 172،104 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 03:10
ރާއްޖެ އަންނަ ފަތުރުވެރިން

ރާއްޖެ އަންނަ ފަތުރުވެރިން

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ އެންމެ ފަހުގެ އަޕްޑޭޓުގައިވާގޮތުން މި އަހަރުގެ މިހާތަނަށް 788،846 ފަތުރުވެރިން ވަނި ރާއްޖެ އައިސްފައެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން އިންޑިއާ މާކެޓުން 172،104 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ރެކޯޑުކޮށްފައިވާ ރަޝިއާއިން 162،801 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ. ތިންވަނައިގައި ޖަރުމަނު ހިމެނޭއިރު، 46،218 ފަތުރުވެރިއަކު ޖަރުމަނުން އައިސްފައިވެއެވެ. މީގެ އިތުރުން ޔޫއެސްއޭ، ޔޫކްރެއިން، ސައުދި އަރަބިއާ، ސްޕެއިން، ޔުނައިޓެޑް ކިންގްޑަމް، ކަޒަކްސްތާނު އަދި ފްރާންސް ވެސް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި 10 މާކެޓުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ އަޕްޑޭޓުގައިވާގޮތުން މި ހިނގާ ސެޕްޓެމްބަރުގެ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މި މަހު 32،880 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހު ދުވާލެއްގެ މައްޗަށް 4،110 ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް ރެކޯޑުކުރެވިފައިވާކަމަށެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކުރާކަން ފާހަގަކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ އޮގަސްޓު މަހުއެވެ. އެ މަހު 143،599 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019ގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ ތެރޭ ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިން ވެސް އެންމެ ގިނައީ އޮގަސްޓު މަހު ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އެގޮތުން އޮގަސްޓު މަހު ކޮންމެ ދުވަހަކު ވެސް އެވަރޭޖްކޮށް 4،632 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާޗް މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖުލައި މަހުއެވެ. އެ މަހު 101،818 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރުގެ މާޗް ހިސާބުގައި ރާއްޖޭގެ ފަތުރުވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވަނީ އެ ދުވަސްވަރު ރާއްޖެއިން ފެނުނު ކޮވިޑް-19ގެ ކޭސްތައް ދަށްވުމާއެކު ދިން ލުއިތަކުގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި އެއަށްފަހު މެއި، ޖޫން މި ދެ މަހު ރާއްޖެއިން ފެނުނު ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވެއެވެ. އެއަށްފަހު ޖުލައި މަހު ފަތުރުވެރިކަން ރަނގަޅުވާން ފެށިގޮތަށް އެއް މަހަށްވުރެ އަނެއް މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން 850 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޖުމްލަ 50،438 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން 155 ރިސޯޓެއްގައި 36،832 އެނދު އޮޕަރޭޓްކުރަމުންދާއިރު، 552 ހޮޓެލް އަދި ގެސްޓްހައުސްތަކުގައި 10،778 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ އިތުރުން 143 ސަފާރީއެއްގައި 2،828 އެނދު އޮޕަރޭޓްކުރަމުންގެންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ރަނގަޅުވެ، ރާއްޖޭގެ އިގްތިސާދު ވެސް ރަނގަޅުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކުރެއެވެ. އަދި ސަރުކާރުގެ އަމާޒާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް އެމްއެމްއޭއިން ބުނަމުންދެއެވެ. މިކަން ކުރެވޭނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުންދީ، ބަލި ފެތުރުން ކޮންޓްރޯލްކުރެވިގެންނެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޓޫރިސްޓް ފެސިލިޓީރާއްޖޭގެ ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު