Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

އިޓަލީގެ ރިކޯޑު ކުރިއަށް، އިންގްލެންޑުގެ ރިކޯޑު ނިމުމަކަށް

ޕޮލެންޑާއި އިންގްލެންޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 02:21
ލިތުއޭނިއާ އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން

ލިތުއޭނިއާ އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ބުދަ ދުވަހުގެރޭ ލިތުއޭނިއާ ބަލިކޮށް އިޓަލީން ރިކޯޑު ދެމެހެއްޓިއިރު، ޕޮލެންޑާ އެއްވަރުވެ އިންގްލެންޑުގެ ރިކޯޑަށް ނިމުން އައިސްފިއެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ ލިތުއޭނިއާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރިން ކޮލިފައިންގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑާ އެއްވަރުކޮށް އިޓަލީން ބައިނަލްއަގުވާމީ މެޗުތަކުގައި ޖެހިޖެހިގެން ބަލިނުވެ މީގެ ކުރިން ސްޕެއިނާއި ބްރެޒިލުން ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. ލިތުއޭނިއާ އަތުން ހޯދި މޮޅާއެކު އެންމެ ފަހުން ކުޅުނު 37 މެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި އިޓަލީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 11 ވަނަ މިނެޓުގައި މޮއިސް ކީން ވަނީ އެ ގައުމަށް ލީޑު ނަގާދީފައެވެ. މިއީ ދާދި ފަހުން ޔުވެންޓަސްއާ އަލުން ގުޅުނު ކީން 2019 ވަނަ އަހަރަށްފަހު އިޓަލީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިތުއޭނިއާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އިޓަލީން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޖިއަކޮމޯ ރަސްޕަޑޯރީ އިޓަލީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ފަސް މިނެޓު ފަހުން ކީން ވަނީ އެ ގައުމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެން މި މެޗުގައި އިޓަލީން ކާމިޔާބުކުރި ފަސްވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯއެވެ.

މި މޮޅާއެކު ކޮލިފައިންގެ ގްރޫޕް ސީގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްވިޓްޒަލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ކޮލިފައިންގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑް ވަނީ އަޔަލެންދާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އައިގައި ހިމެނޭ ޕޮލެންޑާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ކޮލިފައިންގައި އިންގްލެންޑުން ދަމަހައްޓަމުން އައި ސައްތައިން ސައްތަ ރިކޯޑަށް ވަނީ ނިންމުން އައިސްފައެވެ.

ޕޮލެންޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވި ނަމަވެސް، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންގްލެންޑުންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. އެކަމަކު މެޗުގެ އިތުރު ވަގުުތުގައި ޕޮލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ކެޕްޓަން ރޮބަޓް ލެވަންޑޯސްކީގެ އެހީއާއެކު މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑެމިއަން ޒިމާންސްކީއެވެ.

މި ނަތީޖާއާއެކުވެސް ކޮލިފައިންގެ ގްރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ބުދަ ދުވަހުގެރޭ ސެން މެރީނޯ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވި އަލްބޭނިއާއެވެ. އެ ގައުމަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފައެވެ. އަދި އިންގްލެންޑާ އެއްވަރުކުރި ޕޮލެންޑް އޮތީ ތިންވަނައިގައި ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

20 މެއި 2017
ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

27 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު