Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިންގާޑް ޔުނައިޓެޑް ދޫކޮށްލުން

ޔުނައިޓެޑުގެ އެއްބަސްވުން އާކުރަން ލިންގާޑް ދެކޮޅު

8 ސެޕްޓެމްބަރު 2021 | ބުދަ 14:42

ޔުނައިޓެޑުގައި ލިންގާޑަށް ފުރުސަތު ލިބުން ވަނީ މަދުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ސެޕްޓެމްބަރު 2021 | ބުދަ 14:42
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް

މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން އިންގްލެންޑުގެ މިޑްފީލްޑަރު ޖެސޭ ލިންގާޑް ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ލިންގާޑް ޔުނައިޓެޑާއެކު މިހާރު ހަދާފައި އޮތް އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެއެވެ. އެއާއެކު ލިންގާޑުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ޔުނައިޓެޑުން ވަނީ ފަށާފައެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ފުރުސަތު ލިބުން މަދުވުމާއެކު، ކުލަބު ބަދަލުކުރަން ލިންގާޑް ބޭނުންވެއެވެ. އެހެންކަމުން ޔުނައިޓެޑުގެ އެއްބަސްވުން އާކުރަން އޭނާ ދެކޮޅު ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ޔުނައިޓެޑުން މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ތިން މެޗެއް ކުޅެފައިވީ ނަމަވެސް، ލީގުގައި ލިންގާޑް މިހާތަނަށް އެ ޓީމަށް ކުޅެފައިވަނީ އެންމެ ހަތަރު މިނެޓަށެވެ. އެއީ ލީގުގައި ރަށުން ބޭރުގައި ސައުތެމްޓަނާ 1-1 ގެ ނަތީޖާއަކުން ޔުނައިޓެޑް އެއްވަރުވި މެޗުގައެވެ.

ޔުނައިޓެޑުގައި ލިންގާޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެ، އެ ޓީމުގައި ލިންގާޑް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެސްޓް ހޭމަށް ކުޅެދިން 16 މެޗުގައި އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ.

އެއާއެކު ލިންގާޑް އަލުން އަނބުރާ ގެންދަން ވެސްޓް ހޭމުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާއަށް ފާރަލަމުން އަންނަ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ފަހަކަށް އައިސް ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން މަދުވި ނަމަވެސް، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 211 މެޗުގައި 33 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

06 ޖުލައި 2017

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި
13 ޖޫން 2017

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
19 މެއި 2017

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

19 މެއި 2017
ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް