Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ބޮޑުވަޒީރަކާ ހާދަ ވައްތަރެވެ"

8 ސެޕްޓެމްބަރު 2021 | ބުދަ 14:01

މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ގާސިމަކީ ބޮޑުވަޒީރު ކަމަށް ގާބިލް ބޭފުޅެއް ކަަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ސެޕްޓެމްބަރު 2021 | ބުދަ 14:01
ގާސިމް އިބްރާހީމް - މާމިގިލި ދާއިރާގެ މެމްބަރު

ގާސިމް އިބްރާހީމް - މާމިގިލި ދާއިރާގެ މެމްބަރު

ހުމް.. ހުމް.. ހާދަ ބޮޑު ވަޒީރަކާ ވައްތަރެވެ. މިއީ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ޗެޓް ލޮގް ތަކުން އަޅުގަނޑަށް ދޭހަވި އެއްޗެކެވެ. މީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތައުރީފު ކުރައްވައި އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކަވާފައިވަނީ ގާސިމް ނޫނީ ދެން ހަމަ ބޮޑުވަޒީރަކާ ވައްތަރު ބޭފުޅަކުވެސް މި ގައުމުގައި ނެތޭ ހީވާ ބީދަޔަކުންނެވެ.

ވާނީވެސް ދެން އެހެން ނޫންތޯއެވެ. ކަމެއް ވަކި ގޮތަކަށް އަނބުރާލަން ގާސިމަކީ ވަރަށްވެސް މުހިއްމު ބޭފުޅެކެވެ. ގާސިމަކީ، ރާއްޖެއަށް މިހާތަނަށް އައި ހުރިހާ ވެރިކަމެއްގައިވެސް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ގުޅި ވަޑައިގަންނާ ކޯލިޝަނަކީ އެއިރެއްގެ އިންތިޚާބު ކާމިޔާބު ކުރައްވާ ކޯލިޝަނެއްކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.

ދެން އޮތީ ބޮޑުވަޒީރުކަން ކުރަން ގެންނަން ބޭނުންވާ ނިޒާމެވެ. ބަރުލަމާނީ ނިޒާމެވެ. އެހެންކަމުން ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ކުރައްވާ މަސައްކަތުގައި ގާސިމްގެ ތާއީދަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވަނީ ވެފައެވެ.

ކޯލިޝަނުގެ ލީޑަރުންގެ ތެރެއިން ބަރުލަމާނީއާ އެންމެ ދެކޮޅަށް ވާހަކަދައްކަވާ ލީޑަރަކީ ގާސިމެވެ. ފާޅުގައި މީޑިއާތަކުގައި އެއީ މޮޔަކަމެއް ކަމަށް ސިފަވާގޮތަށް ވާހަކަ ދައްކަވަން ކެރިވަޑައިގެންނެވި ބޭފުޅަކީވެސް ގާސިމެވެ. އަދި އެއީ ވަކި ބޭފުޅެއްގެ އަމިއްލަ އެދުން އިސްކޮށް ވަކި ބޭފުޅަކަށް ބޮޑުވަޒީރުކަން ދިނުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވާންވެސް ކެރިވަޑަައިގަތީ ގާސިމަށެވެ.

ގާސިމް މިގޮތަށް ވާހަކަފުޅު ދައްކަވާތީ، މިއަދާ ހަމައަށްވެސް ގާސިމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުން މިއަދު ތަބަކަކަށް ލާފައި ގާސިމަށް ބޮޑުވަޒީރުކަން އަރުވައިފިއެވެ. ކޯލިޝަން ސަރުކާރުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދީފައި އޮތް ސްލޮޓްތަކުގެ ވާހަކަ މި ބޭފުޅުން ނުދައްކަވާ ދުވަހެއް ނުދެއެވެެ. ގާސިމް ފަދަ ބޭފުޅަކު ގޮވައިގެން ސަރުކާރު ހިންގަވާތީ އެކަމާވެސް މި ބޭފުޅުން ނުކިޔުއްވާކަށް އެއްޗެއް ނެތެވެ. ރައީސް ސާލިހު، އެއްފަޅީގައި ގާސިމް އަނެއް ފަޅީގައި އިމްރާން ބަހައްޓައިގެން އެމީހުން ބޭނުންވާހާ ގޮތަކަށް ސަރުކާރު ހިންގަނީ ކަމަށް ބުނެ ރައީސް ސާލިހަށްވެސް ފާޑު ވިދާޅުވީ އިއްޔެ މެންދުރުއެވެ. މިއަދު ހެނދުނު ހޭލި އިރު މުޅިން ރާގު ބަދަލުވެއްޖެއެވެ. ގާސިމް ވަރުގެ ބޭފުޅަކު ގައުމުގައިވެސް ނެތީއެވެ.

ބޮޑުވަޒީރުކަން ކުރަން ގާބިލު އަދި އެކަމަށް ކުފޫ ހަމަވާ ބޭފުޅަކު ގާސިމް ނޫނީ ނެތީއެވެ. ބޮޑުވަޒީރަކާ އެއަށްވުރެ ވައްތަރު ބޭފުޅަކުވެސް ހަމަ ނެތީއެވެ. ނަމުގެ ކުރިއަށް ބޮޑުވަޒީރު ލުމުން އެހާ ފުރިހަމަވެސް ވަނީއެވެ. ދެން ބާކީ އޮތީ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުން އެކަންޏެވެ.

އަދި މިހެން އެއްފަހަރު ކޮށްލާ ތައުރީފަކުން އެމަނިކުފާނު ބަދަލުކޮށްލަން ފަސޭހަ ނުވާނެކަން ޖަވާބު ދެއްވި ގޮތުން އެނގެއެވެ. ގާސިމް ވިދާޅުވެފައިވަނީ، ބޮޑުވަޒީރުކަން ކީއްކުރަން ޕިއޯނުކަން ދޭންވެސް އެމްޑީޕީން ބޭނުމެއް ނުވާނެ ކަމަށެވެ. މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ގާސިމަކީ ބޮޑުވަޒީރު ކަމަށް ގާބިލް ބޭފުޅެއް ކަަމަށް ވިދާޅުވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ. އަދި މި ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމުގައި އެ ގްރޫޕްގައި ހަލީމް ވިދާޅުވެފައިވެއެވެ. ހަލީމްގެ ވާހަކައަށް ތާއީދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދެއްކެވިއެވެ. އެމަނިފާނު ވިދާޅުވީ، ގާސިމަކީ ބޮޑުވަޒީރު ކަަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައީސް ނަޝިދުވެސް ހުންނެވީ، ބޮޑުވަޒީރު ކަމަށް ފައިންޕުޅު ނަންގަވައިގެންނެވެ.

މިބޭފުޅުންގެ މި ތައުރީފަށް ގާސިމް ވިދާޅުވީ، މިހާރު ގޯނީގެ މައްޗާ ހިސާބަށް ދެވިއްޖެ ކަމަށެވެ. ދެން ވީ ތުން ބަނދެލަން ކަމަށެވެ. ކޮންމެއަކަސް ކަންތައްވާ ގޮތް ބަލަން ތިބޭނީ ރައްޔިތުންނެވެ. މި ކުރައްވާ ތައުރީފުގެ ހުރި ވަރެއްވެސް އެނގެން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ. މިއީ ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2025

ބަންޑާރަ ނައިބަށް މިވީ ހާދަހާ ދެރަ ގޮތެކެވެ!

13 މެއި 2025
ބަންޑާރަ ނައިބަށް މިވީ ހާދަހާ ދެރަ ގޮތެކެވެ!
01 މެއި 2025

މުނައްވަރު ހާދަހާ މަޖަލެވެ!

01 މެއި 2025
މުނައްވަރު ހާދަހާ މަޖަލެވެ!
30 މާރިޗު 2024

"އަޅުގަނޑުމެން ހާދަ ލޯބިން ހޮވާފައި ބޭންދި ރައީސެކޭ ތިހެން ތިހެދީ"

30 މާރިޗު 2024
"އަޅުގަނޑުމެން ހާދަ ލޯބިން ހޮވާފައި ބޭންދި ރައީސެކޭ ތިހެން ތިހެދީ"
08 ޖެނުއަރީ 2024

ފިހިފަ އޮތް މޫނުގަ ހާދަ ވޭނެއް އަޅައެވެ... ލޯ ކުރިމަތީ އެތައް ކުދިންނެއް މަރުވަނީ ކޮށްދެވެނޭ ކަމެއް ނެތިއެވެ!

08 ޖެނުއަރީ 2024
ފިހިފަ އޮތް މޫނުގަ ހާދަ ވޭނެއް އަޅައެވެ... ލޯ ކުރިމަތީ އެތައް ކުދިންނެއް މަރުވަނީ ކޮށްދެވެނޭ ކަމެއް ނެތިއެވެ!
13 ޖެނުއަރީ 2022

އެއްބައިވަންތަކަން ނަގާލުމުގެ އުކުޅުތަކުގެ އެއްގޮތްކަން ހާދަހާ ބޮޑެވެ.

13 ޖެނުއަރީ 2022
އެއްބައިވަންތަކަން ނަގާލުމުގެ އުކުޅުތަކުގެ އެއްގޮތްކަން ހާދަހާ ބޮޑެވެ.
05 ނޮވެމްބަރު 2021

ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...

05 ނޮވެމްބަރު 2021
ރުއްޖެހެރަ ޕިކްނިކް އައިލެންޑް ހާދަ ޗާލެވެ. އެކަމަކު...
28 ސެޕްޓެމްބަރު 2021

އިންތި ނޫން ބޭފުޅަކު ވިދާޅުވިނަމަ ހާދަހާވާ ރަނގަޅެވެ.

28 ސެޕްޓެމްބަރު 2021
އިންތި ނޫން ބޭފުޅަކު ވިދާޅުވިނަމަ ހާދަހާވާ ރަނގަޅެވެ.
07 ޑިސެމްބަރު 2019

ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ

07 ޑިސެމްބަރު 2019
ފެނުނީ ހާދަ ބޭނުންވާ ތަސްވީރެކޭ
20 ސެޕްޓެމްބަރު 2018

"އިބޫ އަށް ތާއީދު ކުރުމަށް އެ ނުކުންނަނީ ހާދަ ބައެކެވެ"

20 ސެޕްޓެމްބަރު 2018
"އިބޫ އަށް ތާއީދު ކުރުމަށް އެ ނުކުންނަނީ ހާދަ ބައެކެވެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް