Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގައްޒާގެ ހާލަތު

ފިހިފަ އޮތް މޫނުގަ ހާދަ ވޭނެއް އަޅައެވެ... ލޯ ކުރިމަތީ އެތައް ކުދިންނެއް މަރުވަނީ ކޮށްދެވެނޭ ކަމެއް ނެތިއެވެ!

8 ޖެނުއަރީ 2024 | ހޯމަ 02:11

ޖިސްމާނީ ވޭނުގެ އިތުރަށް، ނަފްސާނީ އަނިޔާއަކީވެސް މިއަދު ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭނެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 8 ޖެނުއަރީ 2024 | ހޯމަ 02:11
އިސްރާއިލުގެ ހަމަލާއެއްގައި ފިހިފައި އިން ޒުވާނެއް

އިސްރާއިލުގެ ހަމަލާއެއްގައި ފިހިފައި އިން ޒުވާނެއް

މޫނުގެ އެއް ފަޅިއާއި ފައިގެ ބޮޑު ސަރަޙައްދެއް އިންތިހާއަށް ފިހިފައި ވާ ޙާލު، އޭނާގެ ހަށިގަނޑުގައި އަޅަމުންދާ ގަދަފަދަ ވޭނާއެކު މުޅި ދުވަސް، ރީމް ޢަލީ ޖާބިރު ހޭދަ ކުރަމުން ދަނީ ޝުހާދާ އަލް-އަޤްޞާ ހޮސްޕިޓަލުގައެވެ. އެއީ ނިރުބަވެރި ޔަހޫދީންގެ ޤަތުލުޢާންމު ހިންގަމުން ދާ ޣައްޒާގެ މެދު ތެރޭ ސަރަޙައްދުގައި މިއަދު ކިރިއާވެސް ޚިދުމަތެއް ދެވޭ ފެންވަރުގައި ހުރި ހަމަ އެކަނި ހޮސްޕިޓަލެވެ.

ރީމްގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ބުރެއިޖު ރެފިއުޖީ ކޭމްޕުގައެވެ. އެ ކޭމްޕުގައި 80 ވަރަކަށް ދުވަސް ވީ ފަހުން، ރީމްއަށް މަޖުބޫރުވީ އޭނާގެ ތިމާގެ މީހެއްގެ ގާތަށް ބަދަލު ވާށެވެ. އެހާ ހިސާބުން އޭނާ ބަދަލުވީ ނުސައިރާތު ކޭމްޕަށެވެ. ޔަހޫދީންގެ ޙަމަލާ އަމާޒު ކުރީ އެ ކޭމްޕަށެވެ. ރީމްގެ ޢާއިލާއަށް ހޭލެވުނީ ހަފުސްކޮށްލާފައި އޮތް ކޭމްޕަކަށެވެ. ޒަޚަމްވެފައި ތިބި އެތައް ބަޔަކު ތިބި ކޭމްޕަކަށެވެ.

ރަނގަޅު ފަރުވާއެއް ލިބޭތޯ ރީމް އެތައް މަސައްކަތެއް ކުރިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ގަދަ ވޭނާ އެކުގައިވެސް އަލް-އަވްދާ ހޮސްޕިޓަލުން ޝުހާދާ އަލް-އަޤްޞާ ހޮސްޕިޓަލަށް ބަދަލުވިއެވެ.

ވޭނީ ދަތުރަކަށް ފަހު ޝުހާދާ އަލް-އަޤްޞާ ހޮސްޕިޓަލަށް ދެވުމަކުން އަދި ރީމްއަކަށް ހަމަޖެހުމެއް ނެތެވެ. އެތަނުން އޭނާއަށް ފެނުނީ ސިހުން ގެނުވަނިވި އެތައް މަންޒަރެކެވެ. ބަލިމީހުންގެ ޢަދަދު ގިނަ ކަމުންނެވެ. ޙާލު ދެރަ މީހުންގެ އިތުރުވަމުން ދާތީއެވެ. އެތައް ދުވަހެއް ވަންދެން، ޚުދު ރީމްވެސް ހޭދަ ކުރީ އިންތިހާ ވޭނާއި ކެކުޅުމުގައެވެ. ފިނިކޮށްލާނެ ފަންކާއެއް ނެތުމުގެ ސަބަބުން، ފިހިފައި ހުރި ތަންތަނުން ނަގަމުން ދިޔަ އިންތިހާ ދިލައިގެ ސަބަބުންނެވެ. އިސާހިތަކު، އެ ތަނުގައި އޮތް އެހެން ބަލި މީހެއްގެ އަތުން، ވަގުތުކޮޅަކަށް ފަންކާއެއް ހޯދާ، ފިނި ވައިޖައްސާލަން ފެށިއެވެ.

ޖިސްމާނީ ވޭނުގެ އިތުރަށް، ނަފްސާނީ އަނިޔާއަކީވެސް މިއަދު ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭނެކެވެ. ފަރުވާއެއް ލިބެން ނެތްތާ، ޤަތުލުޢާންމު މަޑުޖައްސާލާނެ ދުވަހެއްވެސް އެނގެނީއެއް ނޫނެވެ.

ޝުހާދާ އަލް-އަޤްޞާ ހޮސްސްޕިޓަލު ތެރޭގައި ހިނގަން އޮންނަ މަގުތަކުގައިވެސް މީހުންނެވެ. ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކާއި، ބަލިމީހުންނެވެ. ހޮސްޕުޓަލުގެ އެމަރޖެންސީ ޑިޕަރޓްމަންޓްގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން ގެންދާ، ޑރ ރަޝީދު ޢަބްދުލްޙާދީ ބުނި ގޮތުގައި، އެ ހޮސްޕިޓަލު މިއަދު އޮޕަރޭޓް ކުރަމުން ދަނީ ޙަޤީޤީ ކެޕޭސިޓީގެ 800 ޕަސެންޓް އިތުރަށް ކަމަށެވެ.

ޑރ ރަޝީދު ފާހަގަ ކުރި ގޮތުގައި އިޒްރޭލުގެ ޢުދުވާންތަކުގައި ހޮސްޕިޓަލުތައް ސުންނާފަތި ކުރަމުން ދިއުމުގެ ސަބަބުން، ޝުހާދާ އަލް-އަޤްޞާ ހޮސްޕިޓަލަށް ގިނަ ޢަދަދެއްގެ ބަޔަކު ބަދަލު ކުރެއެވެ. ގެދޮރު ގެއްލިފައި އެތައް ބަޔަކުވެސް ޖަމާވަނީ ހަމަ އެ ހޮސްޕިޓަލަށެވެ. އެތައް ކުދިންނެއް މި ދުނިޔެއާ ވަކިވެ ދަނީ ލޯ ކުރިމަތީގައެވެ. ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަ ކުރި ގޮތުގައި، ޣައްޒާގެ ޞިއްޙީ ދާއިރާގައި މިހާރު މަސައްކަތް ކުރަމުން ދަނީ، ޤަތުލުޢާންމުގެ ކުރިން އެ ދާއިރާގައި ޚިދުމަތް ކުރަމުން ދިޔަ މީހުންގެ އެންމެ 30 ޕަސެންޓް މީހުންނެވެ. އަނެއް ބައި މީހުން ވީ ޢުދުވާންތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. ނުވަތަ ޔަހޫދީންގެ ޖަލުތަކުގައި ޤައިދުކޮށްފައެވެ. ނުވަތަ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. ސާފުތާހިރުކަން ކުޑަވުމާއި ބޭހުގެ ދަތިކަން ކުރިމަތިވެފައި އޮތުމުގެ ސަބަބުން، ޒަޚަމްތަކަށް ފަރުވާ ހޯދާ ޕޭޝަންޓުންނާއި، ދާއިމީ ގޮތެއްގައި ޤަވައިދުން ޞިއްޙީ ފަރުވާ ހޯދަން ޖެހޭ ޕޭޝަންޓުންނަށްވެސް އިންތިހާ ތަކުލީފު ވަނީ ޖެހިފައެވެ. އޭގެ ތެރޭގައި ކީމޯތެރަޕީއާއި ޑައެލަސިސް ފަދަ ސީރިއަސް ފަރުވާތައް ހޯދާ ޕޭޝަންޓުން ހިމެނެއެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 22000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެއީ 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ ޖުމުލަ އާބާދީގެ ގާތްގަނޑަށް 1 ޕަސެންޓް މީހުންނެވެ. އިޒްރޭލުގެ ޢުދުވާންތަކަކީ، ނަސްލު ދޮވެލުމަށް ހިންގާ ޤަތުލުޢާންމެކޭ ނުބުނާންވީ އެއްވެސް ސަބަބެއް އެބަ އޮތް ހެއްޔެވެ؟

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟
16 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން

16 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން - ފިރުމާލާފަ ކަނާތުން ތި ޖެހީ މޫނުގަ ވާތުން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
22 އޯގަސްޓު 2017

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
28 ޖުލައި 2017

އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!

28 ޖުލައި 2017
އެކްސްޗޭންޖް ރޭޓް ބޮޑުވުމަކީ ވިޔަފާރިތަކަށް އޮތް ހުރަހެއް!
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް