Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކުގެ މުސާރައާއި އެލަވަންސް

އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންނަށް ދެވޭ އެލަވަންސް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފި

8 ސެޕްޓެމްބަރު 2021 | ބުދަ 08:30

އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގައި އެއްވެސް ފަރަގެއް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ސެޕްޓެމްބަރު 2021 | ބުދަ 08:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންނަށް ދެވޭ އެލަވަންސް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންގެ މުސާރައާއި ލިވިންގ އެލަވަންސް އަދި ސިޓިންގ އެލަވަންސްގެ އިތުރުން "އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންނަށް ދެވޭ އެލަވަންސް"ގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ދިނުމަށް މާލިޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާތީ، ރިޕޯޓަށް ވޯޓަށް އަހާފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

އިތުރު އެލަވަންސެއް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގައި އެއްވެސް ފަރަގެއް ނެތުމުންނެވެ.

އެކަން ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާ ގުޅިގެން, ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ އިޞްލާހާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުން، އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތްތަކާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި އެއްވެސް ފަރަގެއްނުވާކަން ފާހަގަކުރައްވައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ މާލިއްޔަތު ކޮމިޓީން އިތުރަށް ދިރާސާކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން އުސޫލެއްގެ ގޮތުން އަތޮޅު ކައުންސިލްތަކުގެ ނާއިބުރައީސުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތްތަކާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި ފަރަގެއް ހުންނަންޖެހޭނެކަމަށް ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި، އަތޮޅު ކައުންސިލްތަކުގެ ރައީސް ނެތް ހާލަތްތަކުގައި، ރައީސްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނީ ނާއިބުރައީސް ކަމަށްވުމުން، މަގާމުގެ މަސްއޫލިއްޔަތުތަކުގެ ބުރަދަނަށް ބަލައި، އިތުރު އެލަވެންސެއް ދިނުމަށް ކޮމިޓީން ނިންމީކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ނެޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ "ޤާނޫނުއަސާސީންނާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކާއި، ބޯޑުތަކާއި، ކޮމިޓީ އަދި ކައުންސިލް/މަޖިލިސްތަކުގެ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑު"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެންބަރުންނަށް އެ އޮނިގަނޑުގެ ލެވެލް 3 ގައިވާ ގޮތުގެ މަތިން ސިޓިންގ އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ކަނޑައަޅައި، އަދި އެ އޮނިގަނޑުގައިވާ ފަދައިން މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނެ ސިޓިންގ އެލަވަންސްގެ މިންވަރަކީ 2000 ރުފިޔާކަމުގައި ކަނޑައެޅުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެލަވަންސް ދިނުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު މިހާރު އަތޮޅު ކައުންސިލްގައި ހިމެނެނީ އަތޮޅު ކައުންސިލްގެ ރައީސުންގެ އިތުރުން އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ. އަތޮޅު ކައުންސިލްގެ ރައީސަކީ އިންތިޚާބު ކުރާ މަގާމެއްވިޔަސް އަތޮޅު ކައުންސިލްގެ ނާއިބުރައީސް ހޮވަނީ އަތޮޅު ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފަހުން ފާސްކުރި އޮނިގަނޑާއެކު އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 22،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 5،600 އާއެކު ޖުމްލަ 28،000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 15،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 4،600 ރުފިޔާއާއެކު ޖުމްލަ 20،000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ނާއިބުރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމްލަ 15،000 ރުފިޔާ ލިބޭއިރު ކައުންސިލްގެ މެމްބަރުންނަށް 10،600 ރުފިޔާ އަދި އިނާޔަތުގެ ގޮތުގައި 2،400 ރުފިޔާ އާއެކު ޖުމްލަ 13،000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް