Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ޝާހިދު

އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

އޮސްޓްރިއާއިން ސްޕީކަރސް ސަމިޓާއި، ވިމެން ސްޕީކަރސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުހަބާ ދެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ސެޕްޓެމްބަރު 2021 | ބުދަ 07:33
އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން

އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވުން

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އޮސްޓްރިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އޮސްޓްރިއާގެ ޗާންސެލަރ ސެބާސްޓިއަން ކަރޒްއާ ބައްދަލުކުރައްވައި، އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެމަނިކުފާނަށް އެރުވިއެވެ. އަދި އޮސްޓްރިއާއިން ސްޕީކަރސް ސަމިޓާއި، ވިމެން ސްޕީކަރސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުހަބާ ދެންނެވިއެވެ.

Advertisement - newsAdvertisement

އޮސްޓްރިއާގެ ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގްއާ ވެސް އަންގާރަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތަށް" ލިބޭނެކަމުގެ ޔަޤީންކަން އޮސްޓްރިއާއިން ދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮސްޓްރިއާގެ ދިފާޢީ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާ ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި އޮސްޓްރިއާ ޑިފެންސް މިނިސްޓްރީއިން ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ބައިނަލްއަޤްވާމީ ސުލްޙަ ދެމެހެއްޓުމަށް، ސުލްހަޙަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވިއެނާގައި ހުންނަ އދ.ގެ މަރުކަޒުގެ އިސްވެރިންނާއި، އަދި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދ.ގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު