Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި މައްސަލަ

ނޮޅިވަރަމްގައި އެމްބިއުލާންސެއް ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް

8 ސެޕްޓެމްބަރު 2021 | ބުދަ 05:23

ދުއްވާނެ އެމްބިއުލާންސެއް ނެތް އިރު ސިއްހީމަރުކަޒުގައި ބޭނުން ކުރަމުން ދަނީ ޕިކަޕެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ސެޕްޓެމްބަރު 2021 | ބުދަ 05:23
 މުހައްމަދު ނަޝީދު އަބްދުﷲ - ނޮޅިވަރަމް ދާއިރާގެ މެމްބަރު

މުހައްމަދު ނަޝީދު އަބްދުﷲ - ނޮޅިވަރަމް ދާއިރާގެ މެމްބަރު

ހދ. ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ގޯސްވެ، ބަލި މީހުން އުފުލުމަށް އެމްބިއުލާންސެއް ނެތުމުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 32 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައި ކަމަށެވެ. އާބާދީގައި 2770އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަމުގައި މިއަދާ ހަމައަށް ކޮވިޑު ބައްޔަށް 202 މީހުން ޕޮޒިޓިވް ވެފައިވާއިރު ރަށުގެ ސިއްހީ މަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތް ކަމަށާއި ސިއްހީމަރުކަޒުގައި ބޭނުން ކުރަމުން ދަނީ ޕިކަޕެއް ކަމަށެވެ.

ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ ތެރެއިން 3 މީހަކު މިހާރު ވެސް ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށާއި، މިހާލަތުގައި ރަށަށް އަރައި ފޭބުމަކީ ދަތި އުނދަގޫ ކަމަކަށްވެ، ނޮޅިވަރަމު ރައްޔިތުން މިވަނީ ކޮވިޑުގެ އާލަމީ ވަބާގައި ވަރަށް ވެސް ހިތްދަތި ކަންތައްތަކާ ކުރިމަތިލާންޖެހިފައި ކަމަށް ބުނެފައިވެއެވެ.

މި ކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެ ފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްހީމަރުކަޒަށް ހޯދައި ދިނުމަކީ ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށް ވެސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މިކަމުގައި ކުޅުދުއްފުށިން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށާއި، އަދި މި ހާލަތުން އަރައި ގަތުމަށް ރަށަށް ވީހާ ވެސް އަވަހަކަށް އެމްބިއުލާންސެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
23 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް