Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު

ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު: ށ. ފޯކައިދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ރައީސް ފާހަގަކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2021 | ބުދަ 03:28
ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީއާ ރައީސް ބައްދަލުކުރައްވަނީ

ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމެޓީއާ ރައީސް ބައްދަލުކުރައްވަނީ

ށ. ފޯކައިދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދަވާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފޯކައިދޫ ކައުންސިލަރުން ވިދާޅުވީ ފޯކައިދޫއަކީ ކުރިން ވަރަށްބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއްނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ.

އެ ގޮތުން މިހާރު ކުރިއަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި، ފެނާއި ނަރުދަމާ ޤާއިމުކުރުމާއި، އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވި މި ބައްދަލުވުން ކުރިޔަށްދިޔައީ ފޯކައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ށ. ފޯކައިދޫއަށް ވަޑައިގަތީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލުގެ ގޮތުގައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު