Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމީޑިއާނެޓުން އައު ޗެނަލް ތައާރަފުކުރުން

"ހިޓްސް" އަދި "ހިޓްސް މޫވީސް" މިހާރު މީޑިއާނެޓުން ބަލައިލެވޭނެ

8 ސެޕްޓެމްބަރު 2021 | ބުދަ 03:22

ކަސްޓަމަރުންނަށް ހޮލީވުޑް އަދި ބައިނަލްއަގުވާމީ މަޝްރަހުގައި މަގުބޫލުކަން ހޯދާފައިވާ ތަފާތު ފިލްމުތަކާއި ސީރީސްތައް ބަލައިލެވޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ސެޕްޓެމްބަރު 2021 | ބުދަ 03:22
މީޑިއާނެޓުން މިވަނީ އަނެއްކާވެސް އައު ދެ ޗެނަލް ތައާރަފުކޮށްފައި

މީޑިއާނެޓުން މިވަނީ އަނެއްކާވެސް އައު ދެ ޗެނަލް ތައާރަފުކޮށްފައި

"ހިޓްސް" އަދި "ހިޓްސް މޫވީސް" މިހާރު މީޑިއާނެޓުން ބަލައިލެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން ބުނީ މުނިފޫހިފިލުވުމުގެ އިތުރު ދެ ޗެނަލެއް މިހާރު ތައާރަފުކުރެވިފައިވާ ކަމަށާއި، "ހިޓްސް" އަދި "ހިޓްސް މޫވީސް" ޗެނަލުން ކަސްޓަމަރުންނަށް ހޮލީވުޑް އަދި ބައިނަލްއަގުވާމީ މަޝްރަހުގައި މަގުބޫލުކަން ހޯދާފައިވާ ތަފާތު ފިލްމުތަކާއި ސީރީސްތައް ބަލައިލެވޭނެ ކަމަށެވެ.

އެގޮތުން މީޑިއާނެޓްގެ ޗެނަލް 813ން "ހިޓްސް" ޗެނަލް ބަލައިލެވޭނެ ކަމަށާއި މި ޗެނަލުން ތަފާތު އެކި ޖޯންރާތަކުގެ ސީރީސް އަދި ފިލްމު ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ހިސްޓްސް ޗެނަލުން ގެނެސްދޭ މަޝްހޫރު ސީރީސްތަކުގެ ތެރޭގައި ޝަރލޮކް ހޯމްސް، ދަ ލޫސީ ޝޯ އަދި މައިންޑް ޔުއަރ ލޭންގުއޭޖް ފަދަ ސީރީޒްތައް ބަލައިލެވޭނެއެވެ.

އޭގެ އިތުރުން "ހިޓްސް މޫވީސް" މީޑިއާނެޓްގެ ޗެނަލް 808ން ބަލައިލެވޭނެއެވެ. ހިޓްސް މޫވީސް އިން 60ގެ އަހަރު ތަކުން ފެށިގެން 2000ގެ އަހަރުގެ ތަކާ ހަމައަށް ނެރެފައިވާ ތާފާތު މަޝްހޫރު ބްލޮކްބަސްޓަރ ފިލްމުތައް ގެނެސްދޭނެއެވެ. އޭގެ ތެރޭގައި ފްރީ ވިލީ، ސްކްރީމް އަދި ވައިޓް ޗިކްސް އަދި ސުޕަރމޭން 3 ފަދަ ފިލްމުތައް ހިމެނެއެވެ. ހިޓްސް މޫވީސް އިން ތަފާތު އެކި ޖޯންރާތަކުގެ ފިލްމުުތައް ބެލުންތެރިންނަށް ބަލައިލެވޭނެއެވެ.

މީޑިއާނެޓުން ބުނީ މި ދެ ޗެނަލް ތަޖުރިބާކުރުމުގެ ފުރުސަތު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ދިނުމުގެ ގޮތުން އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މީޑިއާނެޓް ޓީވީ ކަސްޓަމަރުންނަށް މި ދެ ޗެނަލަށް ހިލޭ ބެލޭނެކަމަށެވެ. އަދި އެމްއެސްޓީވީ މެދުވެރިކޮށް ވެސް މި ދެ ޗެނަލް ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ވަނީ ދާދިފަހުން އެކުންފުނީގެ ކަސްޓަމަރުންނަށް ދެކުނު ކޮރިއާގެ މަޝްހޫރު މުނިފޫހިފިލުމުގެ ޗެނަލެއް ކަމަށްވާ ޓީވީއެން ވެސް ތައާރަފުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2019

ސުމޭކީ ވަސީލަތްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކުން އުރީދޫގެ ހުރިހާ ޙިދުމަތެއް މިހާރު ލިބޭނެ!

23 ޖެނުއަރީ 2019
ސުމޭކީ ވަސީލަތްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކުން އުރީދޫގެ ހުރިހާ ޙިދުމަތެއް މިހާރު ލިބޭނެ!
03 ޖެނުއަރީ 2019

ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!

03 ޖެނުއަރީ 2019
ދިރާގު ޕޭ މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރެންސްއަށް މިހާރު ފައިސާދެއްކޭނެ!
25 ނޮވެމްބަރު 2018

ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް

25 ނޮވެމްބަރު 2018
ރާއްޖޭގައި މިހާރު ތަރައްގީ ކުރަމުންދަނީ 140 ރިސޯޓް
05 ސެޕްޓެމްބަރު 2018

ސާފް ޗެމްޕިއަންޝިޕް ދިރާގުން ވަގުތުން ބަލައިލެވޭނެ!

05 ސެޕްޓެމްބަރު 2018
ސާފް ޗެމްޕިއަންޝިޕް ދިރާގުން ވަގުތުން ބަލައިލެވޭނެ!
10 އޯގަސްޓު 2018

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް މިހާރު އޯޑަރު ކުރެވޭނެ!

10 އޯގަސްޓު 2018
އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސް ފުޅި އަށް މިހާރު އޯޑަރު ކުރެވޭނެ!
11 ޖުލައި 2018

ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް

11 ޖުލައި 2018
ދިރާގުގެ އާ ޕްރީޕެއިޑް: މިހާރު ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާ އެކު އިތުރު ފުރިހަމަކަމެއް
05 އެޕްރީލު 2018

އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް

05 އެޕްރީލު 2018
އުރީދޫ ނެކްސްޓު މިހާރު ވައިބަރ އަށް
31 އޮކްޓޯބަރު 2017

ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!

31 އޮކްޓޯބަރު 2017
ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!
16 ސެޕްޓެމްބަރު 2017

މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް

16 ސެޕްޓެމްބަރު 2017
މިހާރު މާ ސަޅި، އޯޑަރުކޮށްލުމުން ކޮކާކޯލާގެ އުފެއްދުންތައް ގެއަށް
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް