Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސުމޭކީ ވަސީލަތް

ސުމޭކީ ވަސީލަތްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކުން އުރީދޫގެ ހުރިހާ ޙިދުމަތެއް މިހާރު ލިބޭނެ!

ސުމޭކީ ވިއުގަ ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 ޖެނުއަރީ 2019 | ބުދަ 12:50
އުރީދޫގެ ހިދުމަތް ކަސްޓަމަރުންނަށް ދެނީ

އުރީދޫގެ ހިދުމަތް ކަސްޓަމަރުންނަށް ދެނީ

އުރީދޫގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، ކަސްޓަމަރުންނަށް އަވަސް އަދި ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުވެރިކޮށްދޭ ސުމޭކީ ވަސީލަތްތަކާއި ވިޔަފާރީގެ ބައިވެރިން ގުޅުވައިދީގެން، އެކުންފުނީގެ މައި ފިހާރަތަކުންނާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން ލިބޭ އެންމެހާ ޚިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ރަށަކުން ފޯރުކޮށްދިނުން މިހާރު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތައް ޚިޔާރުކުރުމުން، އުރީދޫގެ ބިލަށް ފައިސާ ދެއްކުން އަދި އެމް-ފައިސާގެ ޚިދުމަތްތައް ހޯދުން ވެސް ހިމެނެއެއެވެ.

ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްތަކުގައި، ސުޕަނެޓްގެ ޚިދުމަތްތައް ވެސް އުރީދޫގެ ޕާޓްނަރ ފިހާރަތަށް މެދުވެރިކޮށް ލިބޭނެ ކަމަށާއި ހުރިހާ ފިހާރަތަކުން ވެސް އުރީދޫގެ ޚިދުމަތްތަކާއި ބިލްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވި، ކަސްޓަމަރުންގެ ސުވާލުތަކަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ސުމޭކީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާ ހަމައަށް އެކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް، ކަސްޓަމަރުންނާ ކުރާ މުއާމަލާތްތަކާއި، ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށް ވެސް، ދަނީ ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން ކަމަށެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް، އުރީދޫގެ ކޮންމެ ޚިދުމަތެއް ޚިޔާރުކުރުމުގެ ފުރުސަތު މަގުފަހިކޮށް، ކަސްޓަމަރުންގެ ކޮންމެ ބޭނުމަކަށް ވެސް އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް. ޒަމާނީ ޓެކްނޮލޮޖީތަކާއި، އީޖާދީ ޚިދުމަތްތަކުގެ އެހީގައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އަޅުގަނޑުމެންނާއި އެކު ކަސްޓަމަރުން ކުރާ ކޮންމެ ތަޖުރިބާއެއް ވެސް އިތުރަށް ފުރިހަމަކޮށްދިނުމަށް،" އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ގައުމުގެ ސުމޭކީ ވިއުގަ އެތައް ގުނައަށް ވަރުގަދަ ކޮށްދިން ކަމީ އެންމެހާ ދިވެހިން ވެސް ހިމެނޭ ގޮތަށް، ބައިނަލްއަޤްވާމީ ސުމޭކީ ދުނިޔެއާ ގުޅުވާލަދިން ކަމެއް ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި މަގޭ ޕްލޭން ފަދަ ސުމޭކީ ޕްލެޓްފޯމްތައް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ތަނަކު ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް އުރީދޫގެ ޚިދުމަތް ހޯދޭނެއެވެ. ލިބިގެންދާ ފަސޭހަތަކާއި، އަވަސް ޚިދުމަތްތުގެ ސަބަބުން، 2018 ވަނަ އަހަރުގައި އުރީދޫގެ މި ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ ސުމޭކީ މުއާމަލާތްތައް ވަނީ ދެގުނަވެފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު