Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނު ހަދާ މަޖިލީސްތަކުގެ ބައްދަލުވުން

އުންމީދުގެ ރިޔާސަތުގައި އެންމެ އިސްކަންދޭ ފަސް ކަމުގެ އެންމެ ކުރީގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދޭކަން ކަށަވަރުކުރުން

7 ސެޕްޓެމްބަރު 2021 | އަންގާރަ 15:31

ޝާހިދު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ ގައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުކުރުމަށް ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 15:31
އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ.ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި ހުންނަވައި އިސްކަންދެއްވާނެ ފަސް ކަންތަކުގެ ތަފްސީލު އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

އާންމު މަޖިލީހުގެ ރިޔާސަތު ބައްޓަންކުރައްވާނެ ގޮތާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ޝާހިދު ބައްލަވާލައްވާފައި މިވަނީ ގާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ފަސް ވަނަ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ އުންމީދާއި ދޭދޭ ގައުމުތަކުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށްކަމަށެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ އިސްކަންދެއްވާނެ ކަމެއްގެ ގޮތުގައި ޝާހިދު ފާހަގަކުރެއްވީ ކޮވިޑް-19އާއެކު ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް ފެށުމެވެ. އެގޮތުން، ހުރިހާ ގައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޝާހިދު ވިދާޅުވީ ހަމަހަމަކަމާއި އެކު ވެކްސިން ފޯރުކޮށް ނުދެވިއްޖެނަމަ، މި ބަލިމަޑުކަން ދިގުދެމިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާ ގުޅޭގޮތުން ހައި ލެވެލް މީޓިންގއެއް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އިސްކަންދެއްވާނެ ދެވަނަ ކަމަކީ ދާއިމީ ގޮތަކަށް މި ޕެންޑެމިކުން އަރައިގަތުމެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ކޮވިޑުގެ ސަބަބުން އެތައް ބިލިއަން ބައެއްގެ ދިރިއުޅުމަށް ލިބުނު ގެއްލުމުން އަރައިގަނެ، ހާލަތު ރަނގަޅުކުރެވެން އޮތީ ދެމެހެއްޓެނިވި ގޮތަކަށެވެ. އަދި މިއީ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކުރައްވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންވެސް އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ކުރިޔަށް އޮތް އޮކްޓޯބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ސަމިޓްގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މަތީ ފެންވަރުގެ ބައްދަލުވުމެއް ބާއްވަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ތިމާވެއްޓާ ގުޅުންހުރި އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިޔަށް އޮތް އަހަރު ތެރޭގައި އެކިއެކި މަސައްކަތައް ކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ދެން ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ވެސް އިސްކަން ދެއްވާނެ ކަމަށާ އެގޮތުން މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ކުރިއެރުވުމަށް ބާރުއަޅުއްވާނެ ކަމަށެވެ. އަދި މި ހުރިހާ ކަމަކަށް ގާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން ބޭނުންވާކަން ވެސް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ އުންމީދުގެ ރިޔާސަތުގައި ހުންނަވައިގެން ބޭނުންފުޅުވަނީ ފަހި މުސްތަގުބަލެއްގެ އުއްމީދު އޮތްކަން ދުނިޔެއަށް ހާމަކޮށްދެއްވުމަށެވެ. އަދި މީގެކުރިން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައިގެން ލިބިވަޑައިގެންނެވި ތަޖުރިބާގެ ބޭނުން ހިއްޕަވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔެއަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ވާހަކަދައްކައިގެން ކަންކަން ހައްލުކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް