Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ނަޝީދާއި ރައީސް ޞާލިޙު

އަނެއް ރައީސް ނަޝީދު...

ފިކުރީ ގޮތުން ރައީސް ޞާލިޙާއި، އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 08:08
އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

އެމްޑީޕީއަށް މަޖިލިސް އިންތިޚާބުގައި ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ދިރާސާ ކުރި ފަރާތަކާ އަޅުގަނޑާ ދިމާވިއެވެ. އޭނާ ބުނާ ގޮތުން ނަމަ، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެން ދިޔައީ "އަނެއް ރައީސް ނަޝީދު" އެވެ. އަޅުގަނޑު ވެސް ޝައުޤުވެރިކަމާއެކު އަނެއް ރައީސް ނަޝީދޭ ތިޔަ ބުނަނީ ކީއްވެތޯ އަހާލީމެވެ. އޭނާގެ ވާހަކަފެށީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ހިއްސާ ކުރެއްވި މެސެޖަކާއެކުއެވެ.

އެ މެސެޖުތަކުގައި ވަނީ ރައީސް ނަޝީދު ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި ވާހަކަތަކެކެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙާ ޒާތީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޞާލިޙަކީ އެމަނިކުފާނުގެ ދަރިންގެ "އިބޫ ދޮންބެ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފިކުރީ ގޮތުން ރައީސް ޞާލިޙާއި، އެމަނިކުފާނުގެ ވިސްނުންފުޅު ތަފާތުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ "ރައީސުލްޖުމްހޫރިއްޔާއާ އެކުގައި ސިޔާސީ ގޮތުން ހުރެވޭކަށް ނެތް" ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

އަނެއްކޮޅުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި އެ ހިިޔާލު ފާޅު ކުރައްވާފައި ވެސް ވެއެވެ. އަހަރެންގެ އެކުވެރިޔާ ދެއްކީ މި ވާހަކަތަކެވެ. ނަމަވެސް އޭރުވެސް އަނެއް ރައީސް ނަޝީދެއްގެ ވާހަކަ އަންނަ ގޮތެއް ސާފު ނުވާތީ އިތުރަށް އޮޅުން ފިލުވީމެވެ.

ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ދިޔައީ ރައީސް ޞާލިޙު ކޮވިޑް-19 މެނޭޖް ކުރައްވާ ގޮތަށް ތައުރީފު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ދެން ދެއްކެވީ އެމަނިކުފާނަށް އަމާޒުވި ބޮމުގެ ޙަމަލާގެ ތަހުގީގު އެންމެ ފުރިހަމައަށް ދާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ މައްޗަށް އޮތްކަމުގެ ވާހަކައެވެ. އެމަނިކުފާނު އަނބުރާ ރާއްޖެ ވަޑައިގަންނަވަން ރައީސް ޞާލިޙުގެ ސަރުކާރުން ބޭނުން ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަށް ވެސް ރައްދު ދެއްވީ ރައީސް ނަޝީދެވެ. އެގޮތުން ރައީސް ޞާލިޙު، އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ހާމަކުރައްވައި ރައީސް ނަޝީދު ވަނީ ދެބޭފުޅުންގެ ގާތް ގުޅުމުގެ ވާހަކަ ވެސް ދައްކަވާފައެވެ.

ޚުދު ރައީސް ޞާލިޙު ވެސް ބޭނުންފުޅުވާނީ ދެބޭފުޅުން އެކުގައި ބައްދަލުވެ، ހީސަމާސާކޮށް ސައިފޮދެއް ހިއްޕަވާލުމަށް ކަމަށް ވިދާޅުވިއިރު، މިއިން ޒަމާނެއްގައި ވެސް ނުފެންނަ ވަރުގެ ވަރުގަދަ ގުޅުމެއްގެ ގޮތުގައި ދެބޭފުޅުންގެ ގުޅުން ސިފަވެގެން ދިޔަކަމަށް އެކުވެރިޔާ ބުންޏެވެ.

ރައީސް ޞާލިޙުގެ ނަޒާހަތްތެރިިކަމަށް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު އަލިއަޅުވާލައްވާފައިވެއެވެ. ޚާއްސަ ގޮތެއްގައި ރައީސް ޞާލިޙު ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުއްވާކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވަނީ އެކަމުގައި ވެސް ރައީސް ޞާލިޙު ދިފާއު ކުރައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ޚާއްސަކޮށް ރައީސް ޞާލިޙު ފަނޑިޔާރަކަށް ގުޅުއްވާނެ ކަމަކަށް ދުވަހަކު ވެސް ޤަބޫލު ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ އެހެން ޕާޓީތަކުގެ ނިޒާމަކަށް ވެދާނެ ކަމަށާއި، ނަމަވެސް އެއީ އެމްޑީޕީގެ ނިޒާމެއް ނޫންކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކުވެރިޔާ ފާހަގަކުރާ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި މުޅިން ވެސް ފެނިގެން ދިޔައީ ރައީސް ޞާލިޙާ ދިމާއަށް އަމާޒުވި ކޮންމެ ތީރަކުން ދިފާއު ކޮށްދޭ އައްޑަނައެއްގެ ގޮތުގައިކަމަށް އޭނާ ބުންޏެވެ. މިއީ ފާއިތުވި ދުވަސްތަކުގައި މި ސަރުކާރާއި، ރައީސް ޞާލިޙުގެ ސިޔާސަތުތަކާމެދު ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްމަގު ހުރިގޮތާ މުޅިން ތަފާތު މަންޒަރުތަކެއްކަމަށް އޭނާ ބުންޏެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ފެނިގެން ދިޔަ ރައީސް ނަޝީދާއި، މި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނިގެން ދިޔަ ރައީސް ނަޝީދު މުޅިން ތަފާތުކަން ފާހަގަކޮށް ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނީ އެއީ އަނެއް ރައީސް ނަޝީދު ކަމަށެވެ.

ކޮންމެއަކަސް، ޤަބޫލު ކުރެވޭ އެއް ޙަޤީޤަތެއް އެބަ އޮތެވެ. އެއީ ދެ ރައީސުންގެ ހިޔާލު ތަފާތުވުމާއި، ކޯޅުމާއި، ހިތްހަމަނުޖެހުންތަކާއި ހިތްނުތަނަވަސްކަމުގެ އަސަރު މުޅި އެމްޑީޕީއަށް ވެސް ކުރާނެ ކަމެވެ. އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ދެ ރައީސުން "އެއްގަލަކަށް އަރަން" ޖެހޭކަމަށް ޤަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ދޭތެރެ ދޭތެރެއިން ދެ ރައީސުންގެ ގުޅުމުގައި ރެނދު ލާފައިވާކަމަށް ދެކެވުނަސް، ޙަޤީޤަތުގައި އެބޭފުޅުންގެ ގުޅުން އެކަތިގަނޑެއްހާ ވެސް ވަރުގަދައެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި ފެންނަމުން މިދަނީ ތޫފާނުގެ ކުރިން އޮންނަ މަޑުމައިތިރިކަމާއި އަމާންކަމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަން ބަދަލުވެގެންދާ ގޮތެއް ހަމަ ނޭނގޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު