Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެހެންދި އެވޯޑް ދިނުމުގެ ޙަފްލާ

ރެހެންދި އެވޯޑް 14 އަންހެނަކަށް ދީފި

މިއީ ޖެންޑަރ މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރު ދެމުންގެންދާ ޚާއްސަ އެވޯޑެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ސެޕްޓެމްބަރު 2021 | ހޯމަ 18:09
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތު

2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތު

ޤައުމީ ޚިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް 14 އަންހެނަކަށް ދީފިއެވެ.

ކޮވިޑްގެ ހާލަތާގުޅިގެން 2020 ވަނަ އަހަރު ރެހެންދި އެވޯޑް ޙަފްލާ ބާއްވާފައެއްނުވެއެވެ. އެހެންކަމުން މިއަހަރު ބޭއްވި ހަފްލާގައި ވަނީ 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލްކުރި އަންހެނުންނަށް އެވޯޑް ދީފައެވެ.

Advertisement - newsAdvertisement

2020 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިފައިވަނީ ފާޠިމަތު އިބްރާހީމް, މަރިޔަމް ޝުނާނާ, ޢާއިޝަތު ޙުސައިން މަނިކު, އަމީނާ ނަޢީމް, ޙައްވާ ލަޠީފް, މިންޙާ ފާއިޒު އަދި ޝިފްޒާ މުސްޠަފާއަށެވެ. 2021 ވަނަ އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުޠުފީ, އައިމިނަތު ޝާހާ ހާޝިމް, ޒީނިއާ އަޙުމަދު ޙަމީދު, ނާދިޔާ ޢަބްދުލްޣަފޫރު, ޙައްވާ ރާމިޒާ, ސަރޖަންޓް ފަސްޓް ކްލާސް ނަސްރީނާ ޙަސަން, ޝިޔާމާ އަޙުމަދު އަދި ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީއަށެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްސަ އެވޯޑެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ޤައުމީ ޚިދުމަތުގައާއި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުން ވެސް މި އެވޯޑު ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ އެވޯޑެކެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު