Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެހެންދި އެވޯޑް

ޚިދުމަތަށް އަންހެނުން ނުކުތުމުން ނުރުހުންވާ ބަޔަކު އެބައުޅޭ، އެކަންކަން ޙައްލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން - ރައީސް

ސަރުކާރުގެ މަޤާމެއްގައި ނޫނަސް، މުޖުތަމަޢަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2021 | ހޯމަ 18:00
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯރޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯރޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތަށް އަންހެނުން ނުކުތުމުން ނުރުހުންވާ ބަޔަކު އެބައުޅޭ ކަމަށާއި، އެކަންކަން ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ މަޤާމުތައް ފުރުއްވާ، ވަރަށް ޚިދުމަތްތެރި ވަރަށް ޤާބިލް އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި ސަރުކާރުގެ މަޤާމެއްގައި ނޫނަސް، މުޖުތަމަޢަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށާއި، މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެކަން އެމަނިކުފާނަށް ޔަގީން ކަމަށެވެ.

ނަމަވެސް އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ ކަސިޔާރު ފިކުރުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދައުރުވާ ކަމަށާއި، އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ ކަމަށެވެ. އަދި މިއިން ކޮންމެ ކަމަކީ ޤާނޫނުން ޙައްލުކުރެވޭނެ ކަންކަމެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިފަދަ ކަންކަން ޙައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އުންމީދުކުރައްވަނީ، އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވައި، ވަޒީފާގެ މާޙައުލަށް އަންހެނުން ނުކުތުމަށް ބާރުއެޅުމަށް މިކުރާ މަސައްކަތްތަކަށް، ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވައި، މިހާރު ފަހިވެފައި ހުރި ފުރުޞަތުތަކުގެ ބޭނުން ހިއްޕަވަން ފަށްޓަވާނެ ކަމަށެވެ. އަދި އެ ހިތްވަރަކީ، ޤައުމުގެ ކުރިއެރުން ކަމުގައި ޤަބޫލުކުރައްވައި، ކުރިއަށް ފިޔަވަޅު އަޅުއްވަންވީ ވަގުތު މިއޮތީ ޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު، ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިޚްލާޞްތެރި ޚިދުމަތްތަކެއް ޤައުމަށް ލިބިފައި އެބަހުރި ކަމަށެވެ. އަދި ކެރޭ، ކުޅަދާނަ، ހީވާގި، މުރާލި، ހުނަރުވެރި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަން އެބަތިބި ކަމަށާއި، މިއަދުގެ ޙާލަތަށް ބަލާއިރު، ވަޒީފާގެ މައިދާނުގައާއި، އާމްދަނީ ހޯދުމުގެ ދާއިރާގައި، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ބުނެވިދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދިނުން ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިޞްލާޙުގެ ބަދަލުގެ ވާހަކަ ކަމަށާއި، އެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް ރަށެއް، އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެންދިޔުން ކަމަށެވެ. އަދި މި ދެންނެވި ބަދަލާއެކު، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޤާނޫނީ ހައިސިއްޔަތު ލިބިގެން، އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން، ރާއްޖޭގައި އިންތިޚާބުކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައްވެސް އުފެދިގެން އެދިޔައީ މި އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން، ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައާއި، ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީގޮތުން މިހާރު އިތުރުވެއްޖެ ކަމަށެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑުގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދަކީ، އަންހެނުން ކުރާ މަސައްކަތްތަކާއި، ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުމަށެވެ. އަދި މިންތީ ތަފާތުތައް ނައްތާލައި، ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީވެސް، ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެކެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު